-
25 ޖަނަވަރީ 2026
ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ޓީޗަރެއްގެ މައްޗަށް ދަޢުވާކުރުން
މ. ކޮޅުފުށި، ސާދާގެ، ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ، އެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 21 ޖަނަވަރީ 2026 ދުވަހު މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފީމެވެ.
ދަޢުވާ ޤާނޫނީ މާއްދާ އަދަބު 1. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން 2. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން 3. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން 4. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން 5. ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އަސާސީ އަދަބު: 1 މަހާއި 6 ދުވަހަށް ޖަލަށްލުން މި ދަޢުވާތަކަކީ ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ 2 (ދޭއް) ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި، އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދަޢުވާތަކެކެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ، ޝުޢައިބު ޢަބްދުﷲ ގެ މައްޗަށް މަދުވެގެން 60 (ފަސްދޮޅަސް) އަހަރާއި 1 (އެކެއް) މަހާއި 6 (ހައެއް) ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
* މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
-
22 ޖަނަވަރީ 2026
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މައުމޫންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ 7 ދަޢުވާގެ ތެރެއިން 5 ދަޢުވާ ސާބިތުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޤަޞްދުކުރުން
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދަޢުވާގެ ތެރެއިން 5 ދަޢުވާ ސާބިތުނުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.
މި 5 ދަޢުވާ ސާބިތުނުވާކަމަށް ނިންމި ސަބަބުތަކަށް ބަލާއިރު މި ނިންމުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މި އޮފީހަށް ބެލެވެއެވެ.
އެހެންކަމުން، ސާބިތުނުވާކަމަށް ކަނޑައެޅުއްވި 5 ދަޢުވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.
ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މި އޮފީހަށް ލިބުމުންކަމަށްވާތީ، އެ ރިޕޯޓް މި އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނަމެވެ.
މި މައްސަލާގައި ޢަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 2 ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޢަބްދުالله މައުމޫން 12 (ބާރަ) އަހަރާއި، 9 (ނުވައެއް) މަހާއި، 18 (އަށާރަ) ދުވަހަށް ޖަލަށްލުމަށް 29 ސެޕްޓެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
-
06 ޖަނަވަރީ 2026
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ދަޢުވާއާ ގުޅޭ
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ހިމެނޭ މުޢާމަލާތާ ގުޅިގެން ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އެހެންކަމުން، ހަމަ މި މުޢާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މި އޮފީހަށް ބެލެވެއެވެ.އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މި އޮފީހަށް ލިބުމުންކަމަށްވާތީ، އެ ިރިޕޯޓް މި އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނަމެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދިލެއްވުމުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިންތިޒާމްކޮށްދެއްވި މިބައްދަލ...
28 މާރިޗު 2016
'އިންޑިއަން އޯޝަން ފޯރަމް އޮން މެރިޓައިމް ކްރައިމް' ގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފި
ތިންދުވަހުގެ މުއްދަތަށް ޔޫއެންއޯޑީސީ ގެ ފަރާތުން އިންތިޒާމްކުރައްވައިގެން 2016 މާރިޗު 21-23 ގެ ނިޔަލަށް ސްރީލަންކާގެ ކޮޅުނބުގައި ކުރިއަށްދާ 'އިންޑިއަން އޯޝަން ފޯރަމް އޮން މެރިޓައިމް ކްރައިމް (ޕްރޮސިކިއުޓަރސް ނެޓްވަރކް)' ގައި ޕްރޮސިކިއުޓަރ ޖެނެރަލް އަ...
22 މާރިޗު 2016
'އިންޑިއަން އޯޝަން ފޯރަމް އޮން މެރިޓައިމް ކްރައިމް' ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ފުރާވަޑައިގެންފި
ޔޫއެންއޯޑީސީ ގެ ފަރާތުން އިންތިޒާމްކުރައްވައިގެން 2016 މާރިޗު 21-23 ގެ ނިޔަލަށް ސްރީލަންކާގެ ކޮޅުނބުގައި ކުރިއަށްދާ 'އިންޑިއަން އޯޝަން ފޯރަމް އޮން މެރިޓައިމް ކްރައިމް (ޕްރޮސިކިއުޓަރސް ނެޓްވަރކް)' ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޕްރޮސިކިއ...
21 މާރިޗު 2016
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 'ސްޓްރެޓީޖިކް ޕްލޭން 2016-2019' ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އިފްތިތާޙްކޮށްދެއްވައިފި
ކުރިއަށްއޮތް 4 އަހަރުދުވަހަށް އަމާޒުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރުމަށް ޤަޞްދުކޮށްފައިވާ ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 'ސްޓްރެޓީޖިކް ޕްލޭން 2016-2019' 2016 މާރިޗު 16 ވަނަ ދުވަހުގެ ރޭ އިފްތިތާޙްކޮށް...
16 މާރިޗު 2016
ރ. އުނގޫފާރު، ބ. އޭދަފުށި އަދި ޅ. ނައިފަރުގެ މުއައްސާތަކާ ބައްދަލުކުރެއްވުން
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އުތުރުގެ ރައްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީދަތުރުފުޅުގައި ރ. އުނގޫފާރު، ބ. އޭދަފުށި އަދި ޅ. ނައިފަރަށް ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި މި ތިން އަތޮޅުގެ އަތޮޅު އަދި ރަށު ކައުންސިލްގެ މެންބަރު...
07 ފެބުރުވަރީ 2016
ނ. އަތޮޅު މަނަދޫގައި މުއައްސަސާތަކާ ބައްދަލުކުރެއްވުން
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އުތުރުގެ 4 އަތޮޅަށް ކުރައްވަމުން މިހާރު ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ނ އަތޮޅު މަނަދޫއަށް ވަޑައިގެން މުއައްސަސާތަކާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކައުންސިލުތަކުގެ މެންބަރުންނާއި،...
06 ފެބުރުވަރީ 2016
އުތުރުގެ 4 އަތޮޅަކަށް ކުރައްވާ ދަތުުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ފުރާވަޑައިގެންފި
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް، އުތުރުގެ 4 އަތޮޅަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި މިލަދުންމަޑުލު ދެކުނުބުރި، މާޅޮސްމަޑުލު އުތުރުބުރި، މާޅޮސްމަޑުލު ދެކުނުބ...
04 ފެބުރުވަރީ 2016