-
25 ޖަނަވަރީ 2026
ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ޓީޗަރެއްގެ މައްޗަށް ދަޢުވާކުރުން
މ. ކޮޅުފުށި، ސާދާގެ، ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ، އެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 21 ޖަނަވަރީ 2026 ދުވަހު މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފީމެވެ.
ދަޢުވާ ޤާނޫނީ މާއްދާ އަދަބު 1. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން 2. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން 3. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން 4. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން 5. ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އަސާސީ އަދަބު: 1 މަހާއި 6 ދުވަހަށް ޖަލަށްލުން މި ދަޢުވާތަކަކީ ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ 2 (ދޭއް) ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި، އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދަޢުވާތަކެކެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ، ޝުޢައިބު ޢަބްދުﷲ ގެ މައްޗަށް މަދުވެގެން 60 (ފަސްދޮޅަސް) އަހަރާއި 1 (އެކެއް) މަހާއި 6 (ހައެއް) ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
* މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
-
22 ޖަނަވަރީ 2026
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މައުމޫންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ 7 ދަޢުވާގެ ތެރެއިން 5 ދަޢުވާ ސާބިތުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޤަޞްދުކުރުން
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދަޢުވާގެ ތެރެއިން 5 ދަޢުވާ ސާބިތުނުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.
މި 5 ދަޢުވާ ސާބިތުނުވާކަމަށް ނިންމި ސަބަބުތަކަށް ބަލާއިރު މި ނިންމުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މި އޮފީހަށް ބެލެވެއެވެ.
އެހެންކަމުން، ސާބިތުނުވާކަމަށް ކަނޑައެޅުއްވި 5 ދަޢުވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.
ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މި އޮފީހަށް ލިބުމުންކަމަށްވާތީ، އެ ރިޕޯޓް މި އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނަމެވެ.
މި މައްސަލާގައި ޢަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 2 ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޢަބްދުالله މައުމޫން 12 (ބާރަ) އަހަރާއި، 9 (ނުވައެއް) މަހާއި، 18 (އަށާރަ) ދުވަހަށް ޖަލަށްލުމަށް 29 ސެޕްޓެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
-
06 ޖަނަވަރީ 2026
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ދަޢުވާއާ ގުޅޭ
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ހިމެނޭ މުޢާމަލާތާ ގުޅިގެން ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އެހެންކަމުން، ހަމަ މި މުޢާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މި އޮފީހަށް ބެލެވެއެވެ.އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މި އޮފީހަށް ލިބުމުންކަމަށްވާތީ، އެ ިރިޕޯޓް މި އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނަމެވެ.
ގއ އަދި ގދ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޕީޖީ ފުރާވަޑައިގެންފި
ގއ އަދި ގދ އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް، މިއަދު، 20 އޮގަސްޓް 2016 ވަނަ ދުވަހު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅަކީ އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ ޙަވާލުވެވ...
20 އޮގަސްޓް 2016
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2016 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ރިޕޯޓު ނެރެފި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2016 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ތަފާސްހިސާބުގެ މައްޗަށް އެކުލަވާލާފައިވާ ކުއާޓަރލީ ރިޕޯޓު ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މިއަދު ނެރެދެއްވައިފިއެވެ. 2016 ވަނަ އަހަރުގެ އެޕްރީލް އިން ޖޫން މަހުގ...
16 އޮގަސްޓް 2016
ފެމްބޯސާގެ 7 ވަނަ ބައްދަލުވުން ޕްރޮސިކިއުޓަރ ޖެނެރަލް ޝަރަފުވެރިކޮށްދެއްވައިފި
މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްދިޔަ، ފޯރަމް އޮފް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭޝިއާ (ފެމްބޯސާ) ގެ 7 ވަނަ ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތު ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޝަރަފުވެރިކޮށްދެއ...
02 އޮގަސްޓް 2016
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި
ޖިނާއީ މައްސަލަތަކާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހައްދަވާ އެސެސްމަންޓްތައް ހަރުދަނާކުރުމާ ބެހޭގޮތުން އެމިނިސްޓްރީގެ އިސްވެރިންނާ ޕްރޮސިކިއުޓަރ ޖެނެރަލް މިއަދު ބައްދަލުކުރައްވައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިއަދު ހެ...
02 އޮގަސްޓް 2016
ސްރީލަންކާގެ މިނިސްޓަރ އޮފް ޖަސްޓިސް އާއި ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ކޮޅުނބަށް ކުރައްވަމުންގެންދަވާ ދެދުވަހުގެ ރަސްމީ ދަތުރުފުޅުގައި 2016 ޖުލައި 21 ވަނަ ދުވަހު ސްރީލަންކާގެ މިނިސްޓަރ އޮފް ޖަސްޓިސް ހިޒް އެކްސަލެންސީ މރ. ވިޖެޔަދާސް ރާޖަޕަކްސަ އާއި ބައްދަލުކުރައްވައިފިއ...
21 ޖުލައި 2016
ސްރީލަންކާގެ އެޓަރނީ ޖެނެރަލާއި ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި
ސްރީލަންކާގެ އެޓަރނީ ޖެނެރަލް ހިޒް އެކްސަލެންސީ މރ. ޖަޔަންތާ ޗަންދްރަސިރީ ޖަޔާސޫރިޔާ އާއި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މިއަދު ބައްދަލުކުރައްވައިފިއެވެ. އެޓަރނީ ޖެނެރަލްސް ޑިޕާޓްމަންޓްގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ޕްރޮސިކ...
21 ޖުލައި 2016
ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ކޮޅުނބަށް ފުރާވަޑައިގެންފި
ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ރޭ ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރައްވަމުން ގެންދަވާ ޖިނާއީ ބައެއް ތަޙްޤީޤްތަކާ ގުޅިގެން ސްރީލަންކާ ސަރުކާރު މެ...
20 ޖުލައި 2016
ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އިޓަލީއަށް ފުރާވަޑައިގެންފި
އިޓަލީގެ ސިރަކޫސް ގައި މިހިނގާ ޖުލައި މަހުގެ 4 އިން 15 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 'އިންޓަރނޭޝަނަލް ކްރިމިނަލް ލޯ އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އިން ޕީނަލް މެޓަރސް' ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަ...
03 ޖުލައި 2016
2016 ޖޫން 15 ވަނަ ދުވަހުގެރޭ ސްޓެލްކޯ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ ޑިމޮކްރަސީ ހަފްތާގެ ޑީ-ބްރީފިންގ ސެޝަން ޕްރޮސިކިއުޓަރ ޖެނެރަލް ޝަރަފުވެރިކޮށްދެއްވައިފި
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިންތިޒާމްކުރައްވައިގެން 2016 ފެބުރުވަރީ 14 އިން 20 ގެ ނިޔަލަށް ހއ. ހޯރަފުށީގައި ކުރިއަށްގެންދެވި ޑިމޮކްރަސީ ހަފްތާގެ ޑީ-ބްރީފިންގ ސެޝަން ސްޓެލްކޯ އޮޑިޓޯރިއަމްގައި ރޭ ބޭއްވުނެވެ. މި ޑީ-ބްރީފިންގ ސެޝަންގެ ޝަރަފުވެރި މެ...
16 ޖޫން 2016