ނ. އަތޮޅު މަނަދޫގައި މުއައްސަސާތަކާ ބައްދަލުކުރެއްވުން

06 ފެބުރުވަރީ 2016

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އުތުރުގެ 4 އަތޮޅަށް ކުރައްވަމުން މިހާރު ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ނ އަތޮޅު މަނަދޫއަށް ވަޑައިގެން މުއައްސަސާތަކާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކައުންސިލުތަކުގެ މެންބަރުންނާއި، ފުލުހުންގެ އިދާރާގެ ބޭފުޅުން އަދި ކޯޓުގެ މެޖިސްޓްރޭޓުންނާވެސް ބައްދަލުކުރެއްވިއެވެ.

އަދި މި ބައްދަލުވުމުގައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހުރި ގިނަ ގޮންޖެހުންތަކާއި މައްސަލަތަކާ ގުޅޭގޮތުންނާއި އަދި ވަކިން ޚާއްޞަކޮށް މަސްތުވާތަކެތީގެ މައްސަލަތަކަށް ޙައްލެއް ހޯދުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.  ޕްރޮސިކިއުޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ނ. އަތޮޅުގައި ހުންނަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕަށް ޒިޔާރާތްކޮށް، އެ ގޮފީގެ މަސައްކަތްތައްވެސް ބައްލަވާލެއްވިއެވެ.