• 03 އޮކްޓޫބަރު 2023

    ޕީޖީ ޙުސައިން ޝަމީމު, ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ މަހާސިންތާގައި ތަޤުރީރުކުރައްވައިފި

    އިންގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ އަހަރީ މަހާސިންތާގައި ޕްރޮސިކިއުޓަރ އަލްއުސްތާޛް ޙުސައިން ޝަމީމު ބައިވެރިވެވަޑައިގެންފިއެވެ.

    މި ސެޕްޓެންބަރު މަހުގެ 24 އިން 27 އަށް ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ ކޮންފަރެންސް އަދި ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު ވަނީ މި އޮފީހުން ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އަލަށް ފަށާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.

    އެގޮތުން މި އޮފީހުގެ ތަފާސް ހިސާބު ވަގުތުން ވަގުތަށް ބަލާލެވޭ ވެބްސައިޓް "އާމަހި" ގެ މަޢުލޫމާތާއި, މި އޮފީހުން އަލަށް ތަޢާރަފުކުރި މީޑިއާ ވެބްސައިޓްގެ މަޢުލޫމާތާއި އޭގައިހިމެނޭ ޚާއްޞަ ފީޗަރތަކުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. އެފަދަ ވެބްސައިޓްތައް އެހެން ޤައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ބޭނުންކުރެވިދާނެ ގޮތްތައް ބަޔާންކުރެއްވިއެވެ.

    މި އޮފީހުގެ "އާމަހި" ވެބްސައިޓްގެ ޚާއްޞަކަމަކީ ވަގުތުން ވަގުތަށް އަޕްޑޭޓް ވެފައިވާ ތަފާސްހިސާބު ލިބެންހުރުމެވެ. އެ ވެބްސައިޓަކީ މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމުން އޮޓަމެޓިކުން ޖެނެރޭޓް ކުރާ މަޢުލޫމާތުކަމަށްވާތީ, އޭގައި ހިމެނޭ މަޢުލޫމާތަށް އުނި އިތުރު ނުގެނެވުމެވެ. 

    މީޑިއާ ވެބްސައިޓުގެ ޚާއްޞަކަމަކީ ވައިބަރ ގުރޫޕާއި އެހެނިހެން މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ނޫސްވެރިންނާ ޙިއްޞާކުރާ މަޢޫލޫމާތު ޢާންމުންނަށްވެސް ފެންނަގޮތް ހެދުމެވެ. އެހެން ހެދުމުން މި އޮފީހުން ދޭ މަޢުލޫމާތަށް ބިނާކޮށް ނޫސްތަކުގައި ލިޔެ ޝާއިޢުކުރާ ޚަބަރުގެ ތެދު ދޮގު, އަދި މި އޮފީހުން އަސްލު ދިން މަޢުލޫމާތަކީ ކޮބާކަން ކޮންމެ މީހަކަށްވެސް ބަލާލެވުމެވެ. އަދި އަމިއްލަ އެކި ފަރާތްތަކުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރަސްމީ މަޢުލޫމާތު ޝާއިޢުކުރުމުން އެތަކެތި ބެލެހެއްޓި ރެކޯޑު ނުކުރެވޭނެތީ, އެކަން ކުރެވޭނެ ހަރުދަނާ ޕްލެޓްފޯމެއް ޤާއިމުކުރުމެވެ.

    މި ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ މި އޮފީހުން އޮންލައިންކޮށް ދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ބައިވެރިންނާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އޮންލައިންކޮށް ސިޓީ ފޮނުވުމާއި, ކުށުގެ ރެކޯޑަށް އެދުމާއި, އެމީހެއްގެ މައްސަލައިގެ މަޢުލޫމާތާއި މައްސަލަ އޮތް ހިސާބެއް އޮންލައިންކޮށް ބަލާލެވޭނެ ނިޒާމުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

    މީގެ އިތުރުން ޖިނާއީ މައްސަލަތަކުގައި ވިކްޓިމުންނަށްވާ މީހުންނަށް, އެމީހުންގެ މައްސަލައިގެ މަޢުލޫމާތު އޮންލައިންކޮށް ބަލާލެވޭގޮތަށް ތަޢާރަފުކޮށްފައިވާ ވިކްޓިމް ޕޯޓަލްގެ މަޢުލޫމާތުވެސް ޙިއްޞާކުރެއްވިއެވެ.

    ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު ވަނީ ހާމަކަމާއި ދެފުއްފެންނަ ގޮތަށް, ޢާންމުންނަށް ފަސޭހަކަމާއެކު މަޢުލޫމާތު ހޯދޭނެ ނިޒާމަކުން ޕްރޮސިކިއުޝަންގެ މަސައްކަތް ބައްޓަންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

    ލަންޑަންގައި ކުރިއަށްގެންދިޔަ "އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސް" ގެ އަހަރީ ކޮންފަރެންސާއި, ޢާންމު ބައްދަލުވުމުގެ މި އަހަރުގެ މަޢުޟޫއަކީ ކުށްކުރުމުގެ އާދަތަކަށް އަންނަ ބަދަލުތަކާއި އެކަމަށް ހުރި ޙައްލުތަކެވެ. ކުށްކުރުމުގެ އާދަތައް ބަދަލުކުރުމުގައި ހާމަކަންބޮޑު ސިޔާސަތެއް ގެންގުޅުމުގެ މުހިންމުކަމުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާހަކަފުޅުގައި އައި އަޅުއްވާލެއްވިއެވެ.

    މި ބައްދަލުވުމުގެ ހަވާސާގައި އެހެންޤައުމުތަކުގެ ޕްރޮސިކިއުޝަންގެ ވެރިންނާއެކު ކުރިއަށްގެންދިޔަ ބައްދަލުވުންތަކުގައި އެ ޤައުމުތަކުންވަނީ މި އޮފީހުން އަލަށް ތަޢާރަފުކުރި ޕްލެޓްފޯމްތަކަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި އެފަދަ މަސައްކަތްތަކުގައި މި އޮފީހުގެ ފަންނީ އެހީތެރިކަން ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ. 

     މި މަހާސިންތާގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމުގެ އަރިހުގައި ޕަބްލިކް ޕްރޮސިކިއުޓަރ ފާތިމަތު މީޝާއާއި, ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ ނިއުމާ މުޙައްމަދު ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.

  • 27 ސެޕްޓެންބަރު 2023

    ޕީޖީ އޮފީހުގެ ނިއުސްލެޓަރ، "ޢުންޞުރު" ގެ 4 ވަނަ ޢަދަދު ނެރުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތަކާބެހޭ މަޢުލޫމާތުތައް، މީޑިއާއަށާއި ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ކޮންމެ ހަތަރު މަހަކުން އެއްފަހަރު ނެރޭ ނިއުސްލެޓަރ "ޢުންޞުރު" ގެ 4 ވަނަ ޢަދަދު މިހަފްތާގައި ނެރެފީމެވެ. މިޢަދަދުގައި، ތަފާތު އެކި ކަންކަމާގުޅޭ ލިޔުންތައް ހިމެނޭނެއެވެ. އޭގެ ތެރޭގައި، އިންތިޚާބުތަކުގައި ވޯޓުދިނުމާބެހޭ ޝަރްޢީ ރައުޔާއި، ހައްޔަރުކުރުމާއި ބަންދުކުރުމުގެ ކަންކަން ހިނގާ ގޮތާއި، ޕީޖީ އޮފީހުގެ މީޑިއާ ވެބްސައިޓުގައި ހުރި ބައިތަކާބެހޭ މަޢުލޫމާތާއި، ދިވެހިރާއްޖެއަށް ސިއްރުން ރަން އެތެރެކުރާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި ހޯދިފައިވާ ކާމިޔާބީތައް ހިމެނޭ ލިޔުންތައް ހުންނާނެއެވެ. 

    މީގެ އިތުރުން، ޕީޖީ އޮފީހުގެ މަޝްހޫރު ފުޓްސަލް އަދި ބަހުސްޓީމުގެ ކާމިޔާބީތަކާބެހޭ ވާހަކަވެސް އޮންނާނެއެވެ.

    މިއޮފީހުގެ އަމާޒަކީ، މިއޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އާދަޔާ ޚިލާފަށް މޮޅަށް، ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމެވެ. އެކަން ކުރާ ގޮތް، ޢާންމުންނަށް ސާފުވާނޭހެން ކިޔައިދިނުމެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގެ އިތުބާރު އާލާކޮށް ދެމެހެއްޓޭނެ މިމަގަށް މަސައްކަތް ކޮށްގެންނެވެ. 

     

    https://media.pgoffice.gov.mv/newsletter/9

  • 24 ސެޕްޓެންބަރު 2023

    ޢަބްދުﷲ ޢަލީ މަނިކު ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށް ސާބިތުވުން

    6 މެއިގެ ހާދިސާގެ ވަށައިގެން ހިންގި ތަޙްޤީޤާ ގުޅިގެން، ޢަބްދުﷲ ޢަލިމަނިކާއި މުޙައްމަދު ތަސްލީމްގެ މައްޗަށް ދައުލަތުން ކުރި 'ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާގެ މައްސަލައިގައި މިއަދު ޙުކުމް ކުރައްވައިފިއެވެ. 

     

    ޢަބްދުﷲ ޢަލިމަނިކްގެ މައްޗަށް ކުރި ދައުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރެއްވިއެވެ.  މިގޮތަށް ޙުކުމް ކުރުމާއެކު، މިމައްސަލއިގައި މީނާ އެންމެ ފުރަތަމަ ހައްޔަރުކުރި ދުވަހުން ފެށިގެން މިހާތަނަށްވެސް ހުރީ ބަންދުގައި ކަމަށްވާތީ، އެމުއްދަތު ޙުކުމުން އުނިކުރުމުން ބާކީ ތަންފީޒުކުރަންޖެހޭ ޙުކުަކީ 2 އަހަރާއި 9 މަހާއި 29 ދުވަހެވެ. ހުކުމް ތަންފީޛުގެ ބާކީ މުއްދަތު (2 އަހަރާއި 9 މަހާއި 29 ދުވަސް)

     

    މުޙައްމަދު ތަސްލީމްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާކަމަށް ކަނޑައެޅުއްވިއެވެ. އެއީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 27-1 ވަނަ މާއްދާގައި ހެކީގެ ނިސްބަތަކީ މި ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ހަތަރު ބާވަތެއްގެ ހެކި ހުރުންކަމާއި، މިމައްސަލައިގައި މުޙައްމަދު ތަސްލީމްގެ މައްޗަށް މިމިންވަރަށް ހެކި ލިބިފައި ނެތްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެއްވިގެންނެވެ. 

     

    މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން، މުޙައްމަދު ތަސްލީމްގެ ބައި ހައިކޯޓުގައި އިސްތިއުނާފުކުރުމާމެދު ގޮތެއް ނިންމާނަމެވެ. 

  • 21 ސެޕްޓެންބަރު 2023

    މި އޮފީހުގެ އޮންލައިން ޚިދުމަތްތައް ކޯޓުތަކަށް ތަޢާރަފްކުރުން

    މި އޮފީހުން ތަޢާރަފްކޮށްފައިވާ އޮންލައިން ޚިދުމަތްތައް ކޯޓުތަކަށް ތަޢާރަފްކޮށް އެރުވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ހިންގަމުންގެންދާ ޕްރޮގްރާމް ކ. މާފުށީގައި ކުރިއަށްގެންގޮސްފީމެވެ. މީގެ ކުރިން މި ޕްރޮގްރާމް ޑްރަގް ކޯޓަށްވެސް ކުރިއަށްގެންގޮސްފައިވާނެއެވެ. އަދި ކުރިއަށްއޮތް ތަނުގައި މާލޭގައި ޤާއިމުވެފައިހުރި ކޯޓުތަކާއި, މެޖިސްޓްރޭޓް ކޯޓުތަކަށް މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވެއެވެ. 

    މި އޮފީހުން ތަޢާރަފްކުރި އޮންލައިން ޚިދުމަތްތަކުގެ މަޤްޞަދަކީ މި އޮފީހާއި މުއައްސަސާތަކާ ދެމެދު ސިޓީ ބިޓީ ބަދަލުކުރުމުގެ ބަދަލުގައި މިހާރަށްވުރެ މާ އަވަސް އަދި ފަސޭހަ އިންތިޒާމެއްގެ ދަށުން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

    އެގޮތުން  މުއައްސަސާތަކަށް އަދި ޢާންމުންނަށް މި އޮފީހުގެ އޮންލައިން ޚިދުމަތްތައް މިހާރު ހޯއްދެވޭނެއެވެ.

    އޮންލައިން ޚިދުމަތްތައް ހޯއްދެވުމަށް:

    online.pgo.mv

  • 21 ސެޕްޓެންބަރު 2023

    ހެއްކާބެހޭ ޤާނޫނުގެ ތަމްރީން ޕްރޮގްރާމް - މެދު ރާއްޖެތެރޭގެ ފަނޑިޔާރުންނާއި ފުލުހުންނަށް

    މެދުރާއްޖެތެރޭގައި މަސައްކަތްކުރައްވާ ފަނޑިޔާރުންނާއި، ކޯޓުތަކުގެ މުވައްޒަފުންނާއި ފުލުހުންނަށް އަމާޒުކޮށްގެން، 2 ދުވަހުގެ މުއްދަތަށް އދ. މަހިބަދޫގައި ބޭއްވި، ހެއްކާބެހޭ ޤާނޫނުގެ ތަމްރީން ޕްރޮގްރާމް، ކާމިޔާބު ކަމާއެކު އިއްޔެ ނިންމާލައިފިއެވެ. މިޕްރޮގްރާމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. މުދައްރިބުން ފޯރުކޮށްދެނީ ޕީޖީ އޮފީހުންނެވެ. 

    މިޕްރޮގްރާމުގައި އދ، އއ އަދި ވ އަތޮޅުގެ ކޯޓުތަކުގައި މަސައްކަތްކުރައްވާ ފަނޑިޔާރުންނާއި އިދާރީ މުވައްޒަފުންނާއި ފުލުހުންގެ އިންވެސްޓިގޭޓަރުން ބައިވެރިވިއެވެ. 

    ކާމިޔާބުކަމާއެކު މި ތަމްރީން ނިންމާލުމުގައި އދ މަހިބަދޫގައި މަސައްކަތް ކުރައްވާ ޝަރްޢީ ދާއިރާގެ މުވައްޒަފުންނާއި ފުލުހުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ލިބުނު އެއްބާރުލުން ޕީޖީ އޮފީހުން ފާހަގަ ކުރަމެވެ. ޝުކުރުވެރިވަމެވެ. 

  • 21 ސެޕްޓެންބަރު 2023

    ޕީޖީ އޮފީހުގެ އޮންލައިން ޚިދުމަތުގެ ތެރެއިން، ޑްރަގް ކޯޓުން ފޮނުވާ ހުރިހާ ލިޔުމެއް، އޮންލައިންކޮށް ފޮނުވަން ފަށައިފި!

    މިއޮފީހުން ދާދިފަހުން ތަޢާރަފުކުރި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އޮންލައިން ގަވަރމަންޓް ސަރވިސް ޕްލެޓްފޯމުގެ ތެރެއިން، އެންމެ ފުރަތަމަ ލިޔުންތައް ފޮނުއްވާ އިދާރާއަކަށް ޑްރަގް ކޯޓު ވެއްޖެއެވެ. ޑްރަގް ކޯޓުންމިއޮފީހަށް ފޮނުއްވާ ހުރިހާ ލިޔުމެއް، މިހާރު ފޮނުއްވަމުން ގެންދަވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް، ރައްކާތެރި، އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިންނެވެ. މިބަދަލާއެކު، ލިޔެކިޔުން ބަދަލުކުރުން ވަނީ ކުރިއަށްވުރެ މާބޮޑަށް އަވަސްވެ، ޚަރަދު ކުޑަވެފައެވެ. ކަރުދާހަށް ޕްރިންޓްކުރަން ނުޖެހޭތީ،  މިއީ ތިމާވެއްޓާވެސް ރަޙްމަތްތެރި ގޮތެކެވެ. 

     

    މިޚިދުމަތަކީ ރާއްޖޭގެ ހުރިހާ ކޯޓުތަކަކަށްވެސް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. އެކަމަށް ބޭނުންވާ ލޮގްއިން މިހާރު ވަނީ ކޯޓުތަކަށް ފޮނުވިފައެވެ. ކޯޓުތަކުން މިކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ރަސްމީ ވަގުތުގައި 3003295 އާ ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

  • 19 ސެޕްޓެންބަރު 2023

    ޝަރީޢަތް ނިމެންދެން ބަންދުކުރުމާއި ނުކުރުން

    ބައެއް މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން މީހުން ބަންދު ނުކޮށްވަނީ ކީއްވެތޯ ބައެއް ނޫސްވެރިން ސުވާލުކުރައްވައެވެ. ޝަރީޢަތް ނިމެންދެން މީހަކު ބަންދު ނުކޮށްވަނީ ކީއްވެކަން އެއީ ޖަވާބުދިނުން ދަތިވާ ސުވާލެކެވެ. އެހެނީ އަސްލަކީ ބަންދު ނުކުރުމެވެ. ޝަރީޢަން ނިމެންދެން ބަންދުކުރުމަކީ އިސްތިސްނާ ޙާލަތްތަކެއް ވުޖޫދުވެގެން ވަކި ޚާއްޞަ މިންގަނޑަކުން މިނެކިރުމަށްފަހު ނިންމާ ނިންމުމެކެވެ. 

    ޤާނޫނުއަސާސީ ތަޞައްވުރުކުރާ ގޮތުން މީހަކު ބަންދުކުރާންވާނީ ޙުކުމެއްކޮށް މައްސަލަ ސާބިތުވުމުންނެވެ. ނަމަވެސް ވަކި ޚާއްޞަ ޙާލަތްތަކެއްގައި ތަޙުޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައިވެސް މީހުން ބަންދުގައި ބެހެއްޓެއެވެ. އެއީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ 4 ޙާލަތެވެ.

    އެފަދަ ޙާލަތެއް ވުޖޫދުވެއްޖެކަން ފަނޑިޔާރަށް ޤަބޫލުކުރެވޭ މިންވަރަށް ހެކިތަކުން ސާބިތުވާން އޮންނަންޖެހެއެވެ. އެހެންކަމުން ކޮންމެ މައްސަލައެއްގައިވެސް ޝަރީޢަތް ނިމެންދެން މީހަކު ބަންދުކުރަންޖެހޭ ޙާލަތެއް އޮތްކަން ވަޒަންކުރަނީ އެ މައްސަލައެއްގެ ނިސްބަތުންނެވެ. މާނައަކީ ކޮންމެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރަންޖެހޭ ޙާލަތެއް އޮތްތޯ ވަޒަންކުރަން ޖެހޭނީ އެ މައްސަލައަކަށް ވަކިންނެވެ. ހެކި ޤަރީނާ ލިބިފައިވާ މިންވަރާއި، ތުހުމަތުކުރެވޭ މީހާ ކުޅަ ޢަމަލާއި، އޭނާގެ ކުށުގެ ރެކޯޑާއި، މުޖުތަމަޢުގައި އަދާކުރާ ދަޢުރާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތް މިންވަރަށް ބަލައި އެމީހެއްގެ ނިސްބަތުންނެވެ.

    ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ޙުކުމް ކުރުމުގެ ކުރިން މީހުން ބަންދުގައި ބެހެއްޓިދާނެ 2 ޙާލަތެއް ވެއެވެ. އެއީ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވުން ނުވަތަ މުޖުތަމަޢުގެ ކުޑަކުދިންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުޞަތު އޮތުމެވެ.

    ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި މީހުން ބަންދުކުރުމުގައި ޢަމަލުކުރަން ޤާނޫނުގައި އޮންނަ އިޖުރާޢަތަކީ އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަށްފަހު، އިސްވެ ދެންނެވުނު 2 ޙާލަތް ނުވަތަ އެއިން ޙާލަތެއް ވުޖޫދުވާކަމަށް ތަޙުޤީޤަށް ބެލެވޭނަމަ، އެކަން މި އޮފީހަށް ސިޓީއަކުން މަޢުލޫމާތު ދިނުމެވެ. އަދި ފުލުހުން މީހަކު ބަންދުކުރުމަށް އެދި ހުށަހަޅައިފިނަމަ އަދި މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް މި އޮފީހަށްވެސް ފެންނަމަ، އެކަން ކޯޓަށް ހުށަހަޅާނީއެވެ.

    ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭތީ ހަމައެކަނި އެ ސަބަބުގެ މައްޗަށް، މީހަކު ބަންދުގައި ބަހައްޓާކަށް ޤާނޫނު ހުއްދަ ނުކުރެއެވެ. ހުއްދަކުރަނީ އިސްވެ ދެންނެވުނު ސަބަބުތަކުން ކުރެ ސަބަބެއް އޮތްނަމައެވެ. އަދި އެކަން ސާބިތުކޮށްދެވޭނެނަމައެވެ.

    ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ރިޕޯޓް ކުރެވުމުން ވިކްޓިމައިޒްވާ ކުއްޖާއާއި ޢާއިލާގެ އިޖްތިމާއީ ޙާލަތާއި ކުއްޖާގެ ނަފްސާނީ ޙާލަތު ދެނެގަތުމަށް އެސެސްމަންޓް ރިޕޯޓްތައް ތައްޔާރުކުރެއެވެ. ވިކްޓިމާއި ވިކްޓިމްގެ ޢާއިލާއަށް ކުށުގެ ސަބަބުން އަސަރުކޮށްފައިވާ މިންވަރާއި، ތުހުމަތުކުރެވޭ ފަރާތުގެ ނުފޫޒު އޮތް މިންވަރު އެ އެސެސްމަންޓްތަކުން ދެނެގަނެވެއެވެ. އަދި އެންމެ ފުރަތަމަ ކަމަކަށް ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރެވެއެވެ.

    ކުޑަކުދިން ވިކްޓިމައިޒްވާ މައްސަލަތަކުގައި މިނިސްޓްރީ އޮފް ޖެންޑަރ، ޕޮލިސް އަދި މި އޮފީހު ވިކްޓިމް ސަޕޯޓް ޔުނިޓުގެ ފަރާތުން ކުދިންނާއި ޢާއިލާއާއެކު މަސައްކަތް ކުރަމެވެ. އަދި މުޖުތަމައުގެ ކުޑަކުދިންނަކީ ޖިންސީ ގޯނާއިން ރައްކާތެރިކަން ލިބިގެންވާ ކުދިންކަން ކަށަވަރުކުރުމަށް ޤާނޫނީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މިދަނީ އަޅަމުންނެވެ.

    ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަކީ އިސްވެ ދެންނެވުނު ފަދައިން ވަކި ޚާއްޞަ ޙާލަތްތަކެއްގައި ނިންމާ ނިންމުމެއްކަމަށްވާތީ، އެކަމުގައި މި އޮފީހުން މި ގެންދަނީ ލިޔެވިފައިވާ ޚާއްޞަ ހަމަތަކެއް ހިފަހައްޓަމުންނެވެ. މަޤްޞަދަކީ ޙުކުމެއް ކުރުމުގެ ކުރިން ކޮންމެހެން ބަންދުގައި ހުންނަން ނުޖެހޭ މީހަކު ބަންދުގައި ނުބެހެއްޓުމެވެ.

  • 17 ސެޕްޓެންބަރު 2023

    ލެތުން (ޖިނާއީ ޢަދުލުގެ ޤާނޫނީ ލިޔުންތަކުގެ ޑާޓާބޭސް) ލޮގްއިން ކުރެވޭ ބައި، އީފާސްގެ ތެރެއަށް އެއްފަސްކުރުން.

     މިއޮފީހުން އުފައްދައި، ޢާންމުކޮށްފައިވާ ޖިނާއީ ޢަދުލުގެ ލިޔުންތަކުގެ ޑާޓާބޭސް، ލެތުން ރަޖިސްޓަރކޮށްގެން ބޭނުންކުރެވެން އޮތް އޮތުން، މީގެ ކުރިން ވާނީ އުވާލާފައެވެ. ނަމަވެސް، ރަޖިސްޓަރ ކޮށްފައިވާ މީހުންނަށް ލިބޭ އިތުރު ޚިދުމަތްތަކެއް ހުރެއެވެ. އެއީ، ބުކްމާރކްކުރުމާއި، ނޯޓްސް ނެގުމާއި، އެމީހެއްގެ ނޯޓްސް، އަބަދުވެސް ފެންނާނޭހެން ހުރުމާއި މިބާވަތުގެ ކަންކަމެވެ. އެކަންކަމަށް ލޮގްއިން ވެފައި އޮތުން ބޭނުންތެރިވެއެވެ. 

     

    ރަޖިސްޓަރވެގެން ބޭނުންކުރެވޭ ބައިވެސް، ހަރުދަނާ އުޞޫލަކުން އެއްފަސްކުރެވޭނީ، އީފާސް ލޮގްއިން މެދުވެރިކޮށް ވަދެވޭގޮތަށް ބަދަލުކޮށްލައިގެން ކަމަށް ފެންނާތީ، އެބަދަލު މިހާރު ވަނީ ގެނެވިފައެވެ. ލެތުން ވެބްސައިޓުގައި ލޮގްއިން ކުރެއްވުމަށް މިހާރު ބޭނުންކުރައްވާނީ، ސަރުކާރުގެ ރަސްމީ ވެރިފިކޭޝަން ކަމުގައިވާ އީފާސް ވެރިފިކޭޝަނެވެ. 

     

    މިޚިދުމަތް، އީފާސް މޮބައިލް އެޕުންވެސް މިހާރު ލިބިވަޑައިގަންނަވާނެއެވެ. ތިރީގައިމިވާ ލިންކުންވެސް ވަދެވޭނެއެވެ. 

    https://lethun.pgo.mv/home

     

    • 28 އޮގަސްޓް 2023

      ލެތުން (ޖިނާއީ ޢަދުލުގެ ޤާނޫނީ ލިޔުންތަކުގެ ޑާޓާބޭސް) ލޮގިން ނުކޮށް ވަދެވޭގޮތް ހެދުން.

      މިއޮފީހުން އުފައްދާފައިވާ، ޖިނާއީ ޢަދުލުގެ ޤާނޫނީ ލިޔުންތަކުގެ ޑާޓާބޭސް، :ލެތުން" އަށް ލޮގްއިން ކޮށްގެން ވަންނަގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް، ޢާންމުކޮށް އެންމެންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލައިފީމެވެ. މިޚިދުމަތާބެހޭ ގޮތުން އެއްވެސް ކޮމެންޓެއް އޮތްނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

       

      މިބަދަލު ގެނަޔަސްވެސް، އަދިވެސް،  އަމިއްލަ ނޯޓްސް ނެގުމާއި ބުކްމާރކްކުރުމުގެ ޚިދުމަތް ބޭނުންކުރެއްވޭނީ ލޮގްއިން ވެގެން ވެންނެވީމައެވެ. ޖިނާއީ މައްސަލަތައް ތަޙްޤީޤު ކުރައްވާ އިންވެސްޓިގޭޓަރުންނަށް ޚާއްޞަ ބައިތައް ފެންނާނީ، އިންވެސްޓިގޭޓަރަށް ދީފައިވާ ލޮގްއިންއިން ވެންނެވީމައެވެ. 

       

      https://lethun.pgo.mv/

  • 13 ސެޕްޓެންބަރު 2023

    ސ. މަރަދޫފޭދޫ ، ބްލޫސްޓާރ، އަޙްމަދު ޝުޢައިބު މަރާލި މައްސަލަ ސާބިތުވާކަމަށް ކަނޑައެޅުން

    ސ. މަރަދޫފޭދޫ، ބްލޫސްޓަރ، ޙުސައިން މަވާޒު، 31 މޭ 2023 ދުވަހު އޭނާގެ ބޭބެ ސ.މަރަދޫފޭދޫ ، ބްލޫސްޓާރ، އަޙްމަދު ޝުޢައިބު (27އ) އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން އޭނާއަށް ފަރުވާދެމުންދަނިކޮށް 01 ޖޫން 2023 ވަނަ ދުވަހުގެ 04:36 ހާއިރު ނިޔާވެފައިވާ މައްސަލައިގައި، ޙުސައިން މަވާޒުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ މާއްދާގެ ދަށުން އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ 20 ޖުލައި 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.

    މި މައްސަލައިގައި ޙުސައިން މަވާޒު އިޢުތިރާފުވެފައިވާތީ ޙުސައިން މަވާޒާއި މި އޮފީހާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާނެއެވެ.

    މި މައްސަލައާ ގުޅިގެން 11 ސެޕްޓެންބަރު 2023 ގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ޙުސައިން މަވާޒުގެ މައްޗަށްކުރާ ދަޢުވާއަށް ޢިޢުތިރާފުވެ، ޝަރީޢަތުން އިޢުތިރާފުގެ ޞައްޙަކަން ކަށަވަރުކޮށް، މި ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވެއެވެ.

    އަދި 13 ސެޕްޓެންބަރު 2023 ގައި ބޭއްވުނު އަޑުއެހުމުގައި ޙުސައިން މަވާޒުގެ މައްޗަށް އަދަބު ކަނޑައަޅުއްވާފައިވެއެވެ. އަދަބު ކަނޑައަޅުއްވާފައިވަނީ، މި އޮފީހާއި ޙުސައިން މަވާޒާ ދެމެދު އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަނެ، އެ އެއްބަސްވުމުގައިވާގޮތަށެވެ.

    އަދަބު ކަނޑައެޅިގޮތް:

    އެނގިހުރެ މީހަކު މެރުމުގެ ކުށުގެ އަސާސީ އަދަބު: 10 އަހަރަށް ޖަލަށްލުން

    ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމުން ޤާނޫނުލްޢުޤޫބާތުގެ 1103 ވަނަ މާއްދާގެ ދަށުން އަސާސީ މިންގަނޑުން 1 ދަރަޖަ މަތިކުރުމުން: 12 އަހަރާއި 6 މަހަށް ޖަލަށްލުން

    ތަޙުޤީޤު އަދި ޝަރީޢަތް ނިމެންދެން ބަންދުގައި ހޭދަކުރި މުއްދަތު (74 ދުވަސް) އުނިކުރުމުން: 12 އަހަރާއި 3 މަހާއި 18 ދުވަހަށް ޖަލުގައި ބަންދުކުރުން

  • 12 ސެޕްޓެންބަރު 2023

    ވިކްޓިމްއަށް، އެމީހާގެ މައްސަލަ ހިނގާގޮތް، އޮންލައިންކޮށް ބަލައިލެވޭގޮތް ހަމަޖެއްސުން

    މިއޮފީހުގެ އޮންލައިން ޚިދުމަތްތަކުގެ ތެރޭގައި، "ވިކްޓިމް ސަޕޯޓް" ޓެބެއް ތަޢާރަފުކޮށް، އެމީހަކު ވިކްޓިމްއަކަށްވީ މައްސަލައެއް ހިނގަމުންދާގޮތް، އެމީހަކަށް އަމިއްލައަށް (އިތުރު މީހަކާ ގުޅަން ނުޖެހި) ބަލައިލެވޭގޮތް ހަމަޖައްސައިފީމެވެ. މިބަދަލާއެކު، ޖިނާއީ ޢަދުލުގެ ނިޒާމުގެ ހާމަކަން އިތުރުވެ، މީހުންގެ އިތުބާރާއި ޔަޤީންކަން މިނިޒާމަށް ލިބިގެންދާނެކަމަށް އުއްމީދުކުރަމެވެ. 

     

    ވިކްޓިމްގެ އިތުރުން، މައްސަލައެއްގައި ދައުވާލިބޭ މީހާއަށްވެސް އެމީހާގެ މައްސަލަ ހިނގަމުންދާގޮތް، މިނިޒާމުގެ ތެރެއިން ބަލައިލެވޭނެއެވެ. ވިކްޓިމްއަށާއި ދައުވާލިބޭ މީހާއަށް، އެމައްސަލައެއް އޮތް ކޯޓަކާއި އެމައްސަލަ ތާވަލުކުރި ދުވަސްދުވަހު ހިނގައިފައިވާ ކަންކަމާއި، ކުރިއަށް އޮތް ދުވަސްތަކުގައި ހިނގާނެކަންކަންވެސް ފެންނާނެއެވެ. 

     

    މިކަމާބެހޭ އިތުރު މަޢުލޫމާތު، ޕްރޮސިކިއުޓަރު ޖެނެރަލް ލިޔުއްވާފައިވެއެވެ. 

     

    https://hushameem.com/blogs/victim

  • 07 ސެޕްޓެންބަރު 2023

    އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތުގެ މައްސަލައިގައި ހ. އާހަމަ, ޢަބްދުالله ޒިޔާތުގެ މައްޗަށް އިތުރު 12 އަހަރުގެ އަދަބެއް ކަނޑައެޅުން

    2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި  ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ އެކި ކުންފުނިތަކުން މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) އަށް ފައިސާ ހޯދުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައާއި، ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭ ގޮތަށް އެމް.އެމް.ޕީ.އާރު.ސީ އިން އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި ފައިސާ ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި, ހ. އާހަމަ, ޢަބްދުالله ޒިޔާތުގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 04 ސެޕްޓެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.

     

    1. ޚިޔާނާތްތެރިވުން

    ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން

    ދަޢުވާކުރާ ސަބަބު: މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މީނާ ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ޑޮލަރު ހޯދައިދުނުމުގެ ނަމުގައި އެ ކުންފުނިން އެކި ފަހަރުމަތިން ދިވެހި ރުފިޔާ ހޯދައި، އެފައިސާތަކުގެ ތެރެއިން 203,784,546.30 (ދުއިސައްތަ ތިން މިލިއަން ހަތްސަތޭކަ އައްޑިހަ ހަތަރު ހާސް ފަސްސަތޭކެ ސާޅީސް ހަ ރުފިޔާ ތިރީސް ލާރި) އެކި ކުންފުނިތަކަށް ދޫކޮށް، އެ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާތީ.

    އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަސް 

    ކަނޑައެޅި އަދަބު: 4 އަހަރަށް ޖަލަށް ލުމަށް

     

    2. ޚިޔާނާތްތެރިވުން

    ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން.

    ދަޢުވާކުރާ ސަބަބު: މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މީނާ ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީގެ ޑޮލަރު އެކައުންޓުގައި ހުރި ފައިސާތައްކެއް އަމިއްލަ އެކި ކުންފުނިތަކަށް ލޯނުގެ ނަމުގައި ދޫކޮށް، އެ ކުންފުނީގެ USD 6,850,000 (ހަ މިލިއަން އަށް ލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރިވެފައިވާތީ.

    އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަސް 

    ކަނޑައެޅި އަދަބު: 4 އަހަރަށް ޖަލަށް ލުމަށް

     

    3. ޚިޔާނާތްތެރިވުން 

    ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން.

    ދަޢުވާކުރާ ސަބަބު: މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މީނާ ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޮމްޕެނީ (އެމްޓީޑީސީ) އިން އެމްއެމްޕީއާރސީއަށް ލޯނުގެ ގޮތުގައި USD 1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) ހޯދައި، އެ ފައިސާތައް އަމިއްލަ ކުންފުންޏަކަށް ދޫކޮށް، އެ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާތީ.

    އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަސް 

    ކަނޑައެޅި އަދަބު: 4 އަހަރަށް ޖަލަށް ލުމަށް

     

    މި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޢަބްދުالله ޒިޔާތާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާނެއެވެ. އެ އެއްބަސްވުމުގެ ދަށުން ޢަބްދުالله ޒިޔާތުގެ މައްޗަށް ކަނޑައަޅާ އަދަބު, އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 4 ދަރަޖަ މަތިކުރުމަށާއި, ޢަބްދުالله ޒިޔާތު ކުށަށް އިޢުތިރާފުވެފައިވާތީއާއި, މައްސަލައިގެ ތަޙުޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދީފައިވާތީ, އަދަބު ކަނޑައަޅުމުގެ މިންގަނޑުން 3 ދަރަޖަ ދަށްކުރުމަށް އެއްބަސްވެފައިވާނެއެވެ.

    އަދި އެމް.އެމް.ޕީއާރސީގެ ޚިޔާނާތުގައި ހިމެނޭ ފައިސާއެއް ނުވަތަ މުދަލެއް ދައުލަތަށް އަނބުރާ ނެގުމަށް، ހިންގޭ އިދާރީ ނުވަތަ މަދަނީ އެންމެހައި އިންތިޒާމުތަކާއި، ތަޙުޤީޤުތަކާކުގައި އެއްބާރުލުން ދިނުމަށާއި، އެ ފައިސާ ނުވަތަ މުދާ ދައުލަތަށް އަނބުރާ ޙަވާލުކުރުމަށް މި އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ޒިޔާތު އެއްބަސްވެފައިވެއެވެ.

    މި ތިން ދަޢުވާއަށް އެކު ޖުމްލަ 12 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅުމަށް ޢަބްދުالله ޒިޔާތާއި ދައުލަތާމެދު އެއްބަސްވެފައިވާނެއެވެ.

    މި މައްސަލައާ ގުޅިގެން 07 ސެޕްޓެންބަރު 2023 ގައި ބޭއްވުނު އަޑުއެހުމުގައި ޢަބްދުالله ޒިޔާތުގެ މައްޗަށްކުރި ޚިޔާނާތްތެރިވުމުގެ ކުށުގެ 3 ދަޢުވާއަށްވެސް އިޢުތިރާފުވެފައިވާތީ, އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަނެ އެއްބަސްވުމުގައިވާގޮތަށް އަދަބު ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.

     
  • 05 ސެޕްޓެންބަރު 2023

    !އޮންލައިން ޚިދުމަތް: ޕީޖީ އޮފީހުން ކުށުގެ ރެކޯޑު ސާފުކޮށްދިނުމަށް، ލުއިފަސޭހަ މަގެއް

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރަންޖެހޭ ކަންކަމުގައި ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ޕީޖީ އޮފީހުގެ އޮންލައިން ޚިދުމަތްތައް މެދުވެރިކޮށް، ކުށުގެ ރެކޯޑު ސާފުކުރެވޭ ގޮތަށް ހަމަޖައްސައިފީމެވެ.

     

    މިޚިދުމަތް  ހޯއްދެވުމަށްޓަކައި، ފޯނުން، އީފާސް މޯބައިލް އެޕް މެދުވެރިކޮށް، ނުވަތަ ތިރީގައިވާ ޕޯޓަލް  އިން އީފާސް މެދުވެރިކޮށް ވެންނެވުމަށްފަހު، ކުށުގެ ރެކޯޑު މެނޫއިން ކުށުގެ ރެކޯޑަށް އެދިވަޑައިގެންނެވޭނެއެވެ. ރެކޯޑަށް އެދިވަޑައިގަންނަވާތާ ގިނަވެގެން މަސައްކަތު އެއް ދުވަހުގެ ތެރޭގައި ޖަވާބު، އޮންލައިން ޕޯޓަލަށް އަޕްލޯޑު ކޮށްދޭނަމެވެ. އޭރުން ފޯނުންވެސް، އެ މަޢުލޫމާތު ވަގުތުން ފެނިވަޑައިގަންނަވާނެއެވެ. ބޭނުންފުޅުނަމަ، ޕްރިންޓްވެސް ކުރެއްވޭނެއެވެ. އެލިޔުމަކީ މިއޮފީހުން ދިން ލިޔުމެއްކަން އެނގޭނެ ވެރިފިކޭޝަން ކޯޑެއް އެލިޔުމުގައި އޮންނާނެއެވެ.

     

    https://online.pgo.mv/login 

     

    މީގެ އިތުރުން، އީމެއިލުން ކުށުގެ ރެކޯޑު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން [email protected] އަށް އީމެއިލް ކުރެއްވުމުން، މަސައްކަތް 2 (ދޭއް) ދުވަހުގެ ތެރޭގައި، ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު، ޖަވާބު އީމެއިލަށް ފޮނުވައިދޭނަމެވެ.

  • 29 އޮގަސްޓް 2023

    އިންޓަރޕޯލް ރެޑްނޯޓިސް: ޙުސައިން ޝިފާޢު، މ. ހަނީސަކްލް

    މަކަރާއި ޙީލަތް ހެދުމާއި މަނީ ލޯންޑަރިންގާއި އެނގިހުރެ ޞައްޙަނޫން ލިޔުން ދިނުމާއި، މިބާވަތުގެ ތަފާތު 23 ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލިފައިވާ، ޝަރީޢަތަށް ޙާޟިރުނުވެ، ޢަދުލްއިންޞާފަށް ފިލައިގެން އުޅޭ، މ. ހަނީސަކްލް ޙުސައިން ޝިފާޢު ހޯދުމަށް، އިންޓަރޕޯލް ރެޑްނޯޓިސް ނެރެފިއެވެ. 

     

    https://www.interpol.int/en/How-we-work/Notices/Red-Notices/View-Red-Notices#2023-50979

    • 26 އެޕްރީލް 2023

       

      މއ. ހަނީސަކްލް-1، ޙުސައިން ޝިފާޢު، އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއިޙީލަތް ހަދާފައިވާ މައްސަލައިގައި މއ. ހަނީސަކްލް-1، ޙުސައިން ޝިފާޢުގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 26 އެޕްރީލް 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

      1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 09 (ނުވައެއް) ދަޢުވާ.

      2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ 07 (ހަތެއް) ދަޢުވާ.

      3. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ 07 (ހަތެއް) ދަޢުވާ.

      އެކު ޖުމްލަ 23 (ތޭވީސް) ދަޢުވާ.

      މި ދަޢުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

      މީނާ މި ކުށުގެ ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން މީނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ. 

       

      މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އައްސަތޭކަ އައްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 (އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދޭއް) އެވެ.

      މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ހުށަހަޅާފައިވާނެއެވެ.

       

  • 28 އޮގަސްޓް 2023

    ލެތުން (ޖިނާއީ ޢަދުލުގެ ޤާނޫނީ ލިޔުންތަކުގެ ޑާޓާބޭސް) ލޮގިން ނުކޮށް ވަދެވޭގޮތް ހެދުން.

    މިއޮފީހުން އުފައްދާފައިވާ، ޖިނާއީ ޢަދުލުގެ ޤާނޫނީ ލިޔުންތަކުގެ ޑާޓާބޭސް، :ލެތުން" އަށް ލޮގްއިން ކޮށްގެން ވަންނަގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް، ޢާންމުކޮށް އެންމެންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލައިފީމެވެ. މިޚިދުމަތާބެހޭ ގޮތުން އެއްވެސް ކޮމެންޓެއް އޮތްނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

     

    މިބަދަލު ގެނަޔަސްވެސް، އަދިވެސް،  އަމިއްލަ ނޯޓްސް ނެގުމާއި ބުކްމާރކްކުރުމުގެ ޚިދުމަތް ބޭނުންކުރެއްވޭނީ ލޮގްއިން ވެގެން ވެންނެވީމައެވެ. ޖިނާއީ މައްސަލަތައް ތަޙްޤީޤު ކުރައްވާ އިންވެސްޓިގޭޓަރުންނަށް ޚާއްޞަ ބައިތައް ފެންނާނީ، އިންވެސްޓިގޭޓަރަށް ދީފައިވާ ލޮގްއިންއިން ވެންނެވީމައެވެ. 

     

    https://lethun.pgo.mv/

  • 24 އޮގަސްޓް 2023

    ޕީޖީ އޮފީހުގެ ޚިދުމަތްތައް އޮންލައިންކޮށް، އީފާސް މޯބައިލް އެޕް މެދުވެރިކޮށް ލިބޭނޭގޮތް ހެދުން

    ޕީޖީ އޮފީހުގެ އޮންލައިން ޚިދުމަތްތަކަށް، މިހާރު އީފާސް މޯބައިލް އެޕް މެދުވެރިކޮށް ވަދެވޭނޭގޮތް ހަމަޖެހިއްޖެއެވެ. އޮންލައިން ޚިދުމަތްތަކުގެ ތެރޭގައި އަންނަނިވި ޚިދުމަތްތައް ހިމެނެއެވެ.

    1. މައްސަލަތަކުގައި ފޮނުވަން ބޭނުންވާ ސިޓީބިޓީ ފޮނުވުމާއި ބަލައިގަތުން. މިހާރު ޕީޖީ އޮފީހުގެ ޢިމާރާތެއް ހޯދައިގެން އެތަނަށް ސިޓީ ލާން ދާކަށް ނުޖެހޭނެ

    2. މައްސަލަތަކުގައި ވަކީލު ޢައްޔަނުކުރުމާއި ވަކިކުރުން

    3. މައްސަލަތަކުގައި ފޮނުވަން ބޭނުންވާ ނަޞޭޙަތުގެ / އިޢުތިރާފުގެ އެއްބަސްވުން ވުމަށް އެދި ހުށަހަޅާ ފޯމު 

    4. މައްސަލައެއްގައި އަނިޔާ ލިބުނު މީހަކުނަމަ، އެމީހަކަށް އަނިޔާ ލިބުނު މައްސަލަ ކުރިއަށްދާ ގޮތާއި، އެމައްސަލަ އޮތް ކޯޓާއި، މައްސަލަ ބައްލަވާ ޤާޟީއާއި، މައްސަލައިގެ މިވަގުތުގެ ސްޓޭޓަސް

     

    މިޚިދުމަތާއެކު، ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ކުރިއަށްވުރެ ހަލުއިކޮށް، ލުއިފަސޭހަކޮށް ފޯރުކޮށްދެވެމުންދާނެއެވެ.

  • 23 އޮގަސްޓް 2023

    ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދުގެ މައްޗަށް ކުރި ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުއްވުން

    ގދ. ތިނަދޫ، ގާކުރެލި، އިބްރާހީމް ރަޝީދުގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ 13 އޮގަސްޓު 2017 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
     
    މި ދަޢުވާ ކޮށްފައިވާނީ 28 މޭ 2016 ދުވަހު 00:49 އެހައިކަށްހައިއިރު، މީނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ގދ. ތިނަދޫ ގޯލްޑްސްމިތް ދެކުނުގެ ހުންނަ ކަންމައްޗަށް ފުލުހުން ދިޔައިރު، މީނާ އެގޭ ކުރިމަތީގައި ހުރި ވޭވް ސައިކަލަކާ ދިމާލަށް ދަނިކޮށް ފުލުހުން މީނާ ހުއްޓުވި ވަގުތު، މީނާގެ ވައަތުން ނަގައި އެއްލާލި ރަބަރު ޕެކެޓުގައި 0.0123 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަހްލީލް ރިޕޯޓުން ދައްކާތީއެވެ.
     
    މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވައި، 23 އޮގަސްޓު 2023 ގައި ޙުކުމް ކުރައްވާފައެވެ. މިކުށުގެ އުޤޫބާތެއްގެ ގޮތުން އިބްރާހީމް ރަޝީދު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 25000 (ފަންސަވީސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށް މިފައިސާ މިއަދުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ޙުކުމްކުރައްވާފައިވެއެވެ.
     
    މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނުއިރު އިބްރާހީމް ރަޝީދު ހުރީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމުގައެވެ.
  • 23 އޮގަސްޓް 2023

    ޝިޢާޢު މުޙައްމަދު ސަޢީދު މަރާލި މައްސަލައިގެ ދަޢުވާތަކާއި އަޑުއެހުންތަކުގެ ފަހުގެ މަޢުލޫމާތު

    06 އޮގަސްޓު 2022 ދުވަހު ހ. ޝީރީންވިލާގޭގައި, ތޫނުއެއްޗަކުން ޙަމަލާދީ އަންހެނަކު މަރާލި މައްސަލައިގައި ފ. ނިލަންދޫ, ފިނިފެންމާގެ, ޢަލީ ސާހިލްގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 28 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ. 

     

    1.     ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ.

    2.     ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ.

    3.     މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

     

     އަދި އިތުރު 2 ދަޢުވާއާއެކު ޖުމްލަ 5 ދަޢުވާ ކޮށްފައިވާނެއެވެ. މި މައްސަލައިގެ ބައެއް ދަޢުވާތަކުގެ ތަފްޞީލު ޢާންމުކޮށްފައިނުވަނީ މަރުވި މީހާގެ އާއިލާގެ މަސްލަޙަތާއި, އިޙްސާސްތަކަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. 

     

    މައްސަލަ ކޯޓަށް ހުށަހެޅުނު ފަހުން މިހާތަނަށް 4 އަޑުއެހުމެއް ބޭއްވިފައިވެއެވެ. އަޑުއެހުންތަކުގެ ޚުލާޞާ ތިރީގައި އެވަނީއެވެ.

     

    22 ޖަނަވަރީ 2023

    މި ދުވަހުގެ އަޑުއެހުމުގައި, ދަޢުވާލިބޭ ފަރާތަށް ލިބޭ ޙައްޤުތައް ޝަރީޢަތުން ސާފުކޮށްދެއްވިއެވެ. އަދި ދަޢުވާލިބޭ ފަރާތުން ދައުލަތުގެ ވަކީލަކު ޢައްޔަންކުރުމުގެ ފުރުޞަތަށް އެދުމުން އެ ފުރުޞަތު ދެއްވިއެވެ.

     

    29 މާރިޗު 2023 

    މި ދުވަހުގެ އަޑުއެހުމާ ހަމައަށް އެޓާރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް އެއިޑްގެ ދަށުން ޢަލީ ސާހިލަށް ވަކީލަކު އައްޔަންކޮށްދެއްވާފައިވެއެވެ. އެހެންކަމުން ދެން އަޑުއެހުންތައް ކުރިއަށްގެންދެވިފައިވަނީ ދިފާޢީ ވަކީލަކާއެކުއެވެ. މި އަޑުއެހުމުގައި ޢަލީ ސާހިލްގެ މައްޗަށް ކޮށްފައިވާ 5 ދަޢުވާގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި, ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި, އިތުރު ދަޢުވާއެއް އޭނާއަށް ސާފުކޮށްދެވުނެވެ. 

     

    25 މޭ 2023

    މި ދުވަހުގެ އަޑުއެހުމުގައި, މައްސަލައިގެ ލިޔުންތައް ދިރާސާކުރުމަށް އިތުރު ފުރުޞަތަކަށް ޢަލީ ސާހިލްގެ ފަރާތުން އެދިފައިވެއެވެ. އަދި މައްސަލައިގެ ލިޔުންތަކާ ގުޅިގެން މަޝްވަރާކުރެވުނެއެވެ. 

     

    10 އޮގަސްޓް 2023

    3 މަހުގެ މެދުކެނޑުމަކަށްފަހު މައްސަލައިގެ އަޑުއެހުމެއް ބޭއްވުނެވެ. އަޑުއެހުމެއް ނުބޭއްވި ލަސްވެފައިވަނީ ކްރިމިނަލް ކޯޓުގެ އިމާރާތް ބައުވެ ބޭނުން ނުކުރެވޭ ގޮތް ވުމުގެ ސަބަބުން ކޯޓުގައި ޖާގައިގެ ދަތިކަން ވަރަށްބޮޑަށް ދިމާވެފައިވާތީކަމަށް މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވެފައިވެއެވެ.

    ޢަލީ ސާހިލަށް ދައުލަތުން އައްޔަންކޮށްދެއްވި ދިފާޢީ ވަކީލު މައްސަލައިން ތަނާޒުލުވެފައިވާތީ, ވަކީލަކު އައްޔަންކުރުމަށް އިތުރު ވަގުތު ދެއްވައި މި ދުވަހުގެ އަޑުއެހުން ނިންމަވާލެއްވީއެވެ.

     

    މައްސަލައިގެ އިތުރު އަޑުއެހުމެއް 03 ސެޕްޓެންބަރު 2023 އަށް ތާވަލުކުރަށްވާފައިވެއެވެ. 

  • 23 އޮގަސްޓް 2023

    ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ފަސްކުރުމާ ގުޅޭ

    ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި, ޔޫސުފް ނަޢީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ރިޝްވަތު ހިފުމާއި, މަނީ ލޯންޑަރ ކުރުމާއި, ރިޝްވަތު ދިނުމުގެ ކުށުގެ މައްސަލަތަކުގެ އަޑުއެހުމެއް 23 އޮގަސްޓު 2023 ދުވަހުގެ 13:45 އަށް ތާވަލުކުރައްވާފައިވެއެވެ.

    އެ މައްސަލައިގައި މި އޮފީސް ތަމްސީލުކުރައްވާ ވަކީލުންގެ ތެރެއިން ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛު އަޙްމަދު ޝަފީޢުއާއި, ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ޢީނާ މޫސާ ރޯގާގެ އާލާސްކަންފުޅާ އުޅުއްވާތީ, ކޯޓަށް ވަޑައިގެން ވަކާލާތުކުރެއްވުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެހެންކަމުން, މިއަދަށް ތާވަލުކުރެވިފައިވާ އަޑުއެހުން ފަސްކޮށްދެއްވުމަށް މި އޮފީހުން ކޯޓުގައި އެދިފައިވާނެއެވެ.

    އަދި ވަކީލުންގެ ޑަކްޓަރީ ލިޔުންތައް ކޯޓަށް ހުށަހަޅާފައިވާނެއެވެ. ކޯޓުން ވަނީ މިއަދަށް ތާވަލުކުރެވިފައިވާ އަޑުއެހުން ފަސްކޮށްދެއްވާފައެވެ.

  • 23 އޮގަސްޓް 2023

    ހަފްތާއަކު 4 ދުވަހު މަސައްކަތްކުރުމުގެ ތަޖުރިބާގެ ނަތީޖާ: ނަންބަރުތަކުން

    ޕީޖީ އޮފީހުގެ އަމާޒަކީ، ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. މި ތަޞައްވުރު ޙާޞިލުކުރުމަށްޓަކައި، މަސައްކަތުގެ މަސައްކަތުގެ މާޙައުލަކީ ރައްކާތެރި، އެއްބާރުލުންލިބޭ، އުފާވެރި، ހިތްހަމަޖެހޭ ޟާޙައުލަކަށް ހަދަންޖެހެއެވެ. މަސައްކަތުގެ މާޙައުލު ފަހިކުރުމަށް ތަފާތު ސިޔާސަތުތަކެއް އެކުލަވާލާފައިވެއެވެ. އެގޮތުން، ކޮންމެ އަހަރަކު ދެފަހަރު، ހަފްތާއަކު 5 ދުވަހު މަސައްކަތްކުރުމުގެ ބަދަލުގައި، 4 ދުވަހު މަސައްކަތްކުރާ އިންތިޒާމެއް ތަޖުރިބާކުރަމުން އެބަގެންދަމެވެ. މިތަޖުރިބާގެ ސަބަބުން ޢާއިލީ ގުޅުންތައް ރަނގަޅުވެ، އިޖްތިމާޢީ އަދި ރޫޙާނީ ދުޅަހެޔޮކަން އިތުރުވެ، މަސއްކަތުގެ އަޚްލާޤާއި މަސައްކަތްކުރާ ހިތްވުން އިތުރުވެފައިވާކަމަށް މުވައްޒަފުން ރިޕޯޓްކޮށްފައިވެއެވެ. މެނޭޖްމަންޓުގެ ފަޅިން ބެލިއިރު، މަސައްކަތުގެ ފެންވަރާއި މަސައްކަތުގެ އިސްޕީޑުވެސް އޮތީ ހަލުވިވެފައެވެ. އެކަން، ނަންބަރުތަކުން ފެންނާން އެބައޮތެވެ. އިތުރަށް ވިދާޅުވުމަށް، ތިރީގައި އޮތް "ޢުންޞުރު" ނިއުސްލެޓަރގެ ލިޔުން ބައްލަވާށެވެ.

    https://media.pgoffice.gov.mv/newsletter/8/article/27

  • 22 އޮގަސްޓް 2023

    ކްލަބް މޯލްޑިވްސް ކްލެސިކް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން، ޓީމް ޑީޖޭއޭއަށް މަރްޙަބާ

    ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި، ޕީޖީ އޮފީހުގެ ކްލަބް220 ބަލިކޮށް، ކްލަބް މޯލްޑިވްސް ކްލެސިކް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމް ޑީޖޭއޭގެ ހުރިހާ ކުޅުންތެރިންނަށާއި މެޖޭންޖަމްޓަށާއި، މުޅި ޖުޑީޝަރީއަށް, ޚާއްޞަކޮށް، ރަސްދޫ ކޯޓު، ހައިކޯޓު، ޑްރަގް ކޯޓު، ކްރިމިނަލް ކޯޓު، ފަމިލީ ކޯޓު، ސިވިލް ކޯޓު، ސުޕްރީމް ކޯޓު އަދި ޑީޖޭއޭއަށް މަރްޙަބާއާއި މުބާރިކްބާދީ ދަންނަވަން. ރޭގައި ޓީމް ޑީޖޭއޭއިން ދެއްކީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް. ޕީޖީ އޮފީހުގެ ޓީމަށް ކުޅެލާނެ ފުރުޞަތެއް ނުދީ، ދެގޯލު ޖެހީ، ފަސޭހަކަމާއި، ހުނަރުވެރިކަމާއެކު. އޭގެ ފަހުން ފުލުފުލުގައި ގޯލުތައް ޖަހަމުން ދިޔައީ، އެޓީމުން ބޭނުންވީމާ ގޯލް ޖަހައޭ ހީވާހާ މޮޅަށް. ޑީޖޭއޭގެ ޓީމު މާމޮޅީ! 

     

    ދެޓީމުގެ ސަޕޯޓަރުން ފޯރިއާއެކު ދެމުން ދިޔަ ތަރުޙީބު ނެތްނަމަ، މުބާރާތް މުބާރާތަކަށް ނުވީސް. އެކަމަށްޓަކައި، ކްލަބް220 އާއި ޑީޖޭއޭގެ ސަޕޯޓަރުންނަށް ޝުކުރު ދަންނަވަން. ބަހުގެ ހޫނު ޙަމަލާތަކާއި، ބްލޮގްތަކާއި، ޝަރީޢަތްތަކުގެ މެދުންވެސް، އެހާމެ ފޯރިއާއި ޖޯޝާއި އިޙްތިރާމާއެކު، އެބައެއްގެ ޓީމަށް ސަޕޯޓްކޮށްގެން ތިޔަ ދެއްކެވީ. ސަޕޯޓްކުރުމުގެ ދާއިރާއިން ދިވެހި ކުޅިވަރަށްވެސް ނަމޫނާއެއް. 

    މުބާރާތުގެ ފެއަރޕްލޭ ޓީމް (އެންމެ އިންޞާފުވެރިކޮށް، ކުޅިވަރުގެ ރޫޙާ އެއްގޮތަށް، ލޯތްބާއި އިޙްތިރާމާއެކު ކުޅުނު ޓީމު) ގެ އިނާމު، (ޢާންމު ގޮތެއްގައި ހޯދާ ގޮތަށް) މިފަހަރުވެސް ހޯދީ ކުލަބް220 ގެ ޓީމު. އެއީ މިޓީމުން ވަރަށް ފަޚުރުވެރިވާކަމެއް. . އެހެން ބަޔަކަށް ނުހޯދޭ ކާމިޔާބެއް.

    މިފަހަރު މި ލިބުނު ތަޖުރިބާތަކުގެ އަލީގައި، އިތުރަށް ހިތްވަރުކޮށްގެން، މާތްﷲ އަމުރާ އިރާދަފުޅުގައި ހުރީވިއްޔާ، މިއަންނަ އަހަރު އަނެއްކާވެސް މުބާރާތުގެ ތަށި ލިބޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން. 

    • 21 އޮގަސްޓް 2023

      Club Maldives Classic Cup Futsal Competition Final! We are ready!

      Club220 of PG Office is ready for tonight's showdown with Team DJA (Judiciary) at Club Maldives Classic Futsal Competition. Our team is a strategic team. we have a strategy and we will implement it to the dot! Let's go!!!!

  • 21 އޮގަސްޓް 2023

    ކުލަބް މޯލްޑިވްސް ކަޕްގެ ފައިނަލްގައި މި އޮފީހުގެ ކްލަބް 220 ކުޅޭ މެޗް މިރޭ 20:15 ގައި

    ކުލަބް މޯލްޑިވްސް ކަޕް - ކްލެސިކްގެ ފައިނަލްގައި މި އޮފީހުގެ ކުލަބް 220 އާއި ޑީޖޭއޭ ބައްދަލުކުރާ މެޗް މިރޭ އޮންނާނެއެވެ.

    މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައި ރެހެންދި ޓާރފް 1 ގައެވެ.

     

    މި އޮފީހުގެ ކުލަބަށް ކުލަބް 220 ގެ ނަމުން ނަންދެވިފައިވަނީ،  ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު އުފެދުނީ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ ދަށުން ކަމަށްވާތީއެވެ. ޢާންމުގޮތެއްގައި މުއައްސަސާތައް ނުވަތަ އިދާރާތަކުގެ ކުލަބް ތަކުގެ ނަންތައް ދެވިފައި ހުންނަނީ އެ މުއައްސަސާގެ ނަން ތަމްސީލުވާ ގޮތަށެވެ. "ކުލަބް 220" އަކީވެސް މި އޮފީހުގެ ނަމާއި މަސްޢޫލިއްޔަތުތައް ފުރިހަމައަށް ރަމްޒުކޮށްދޭ ނަމެކެވެ.

    • 16 އޮގަސްޓް 2023

      ކްލަބް މޯލްޑިވްސް ކްލެސިކް ފުޓްސަލް މުބާރާތުގެ ފައިނަލަށް ކްލަބް220 ދަތުރުކުރުން

      ކްލަބަ މޯލްޑިވްސް ކްލެސިކް ފުޓްސަލް މުބާރާތުގެ ފައިނަލަށް، ޕީޖީ އޮފީހުގެ ކްލަބް 220 ދަތުރުކޮށްފިއެވެ. ރޭ އޮތް ސެމީފައިނަލް  މެޗު ކުލަބް220 އިން ކާމިޔާބުކުރީ ފޮރިން މިނިސްޓްރީގެ ޚާރިޖީ ކުލަބާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެންނެވެ. ފައިނަލުގައި ކުލަބް220 އާ ބައްދަލުކުރާނީ، ފުޓްސަލްގެ ދާއިރާގައި (އަދި އެނޫން ދާއިރާތަކުގައިވެސް) ކުލަބް220 އާ އެކުވެރި، ގާތް، ރަޙްމަތެރި، ވާދަވެރި، ހުރިހާ ކޯޓުތަކެއްގެ މުވައްޒަފުން އެއްކޮށް ހިމެނޭގޮތަށް އެކުލަވާލާފައިވާ ޑީޖޭއޭއާއެވެ. . މީގެ ކުރިން، ދެފަހަރެއްގައި ފުޓްސަލް މުބާރާތްތަކުގެ ފައިނަލުގައި ޕީޖީ އޮފީހުން ޑީޖޭއޭ އަތުން ބަލިވެފައިވެއެވެ. މިއީ، "ތަރޑް ޓައިމް" ލަކީއެވެ! 

  • 21 އޮގަސްޓް 2023

    Club Maldives Classic Cup Futsal Competition Final! We are ready!

    Club220 of PG Office is ready for tonight's showdown with Team DJA (Judiciary) at Club Maldives Classic Futsal Competition. Our team is a strategic team. we have a strategy and we will implement it to the dot! Let's go!!!!

    • 21 އޮގަސްޓް 2023

      ކުލަބް މޯލްޑިވްސް ކަޕްގެ ފައިނަލްގައި މި އޮފީހުގެ ކްލަބް 220 ކުޅޭ މެޗް މިރޭ 20:15 ގައި

      ކުލަބް މޯލްޑިވްސް ކަޕް - ކްލެސިކްގެ ފައިނަލްގައި މި އޮފީހުގެ ކުލަބް 220 އާއި ޑީޖޭއޭ ބައްދަލުކުރާ މެޗް މިރޭ އޮންނާނެއެވެ.

      މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައި ރެހެންދި ޓާރފް 1 ގައެވެ.

       

      މި އޮފީހުގެ ކުލަބަށް ކުލަބް 220 ގެ ނަމުން ނަންދެވިފައިވަނީ،  ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު އުފެދުނީ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ ދަށުން ކަމަށްވާތީއެވެ. ޢާންމުގޮތެއްގައި މުއައްސަސާތައް ނުވަތަ އިދާރާތަކުގެ ކުލަބް ތަކުގެ ނަންތައް ދެވިފައި ހުންނަނީ އެ މުއައްސަސާގެ ނަން ތަމްސީލުވާ ގޮތަށެވެ. "ކުލަބް 220" އަކީވެސް މި އޮފީހުގެ ނަމާއި މަސްޢޫލިއްޔަތުތައް ފުރިހަމައަށް ރަމްޒުކޮށްދޭ ނަމެކެވެ.

  • 18 އޮގަސްޓް 2023

    މޭރީ ގްރޭސް އޮނޮޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ލިޔުންތައް ވަކީލުންނާ ޙަވާލުކުރެވިފައިވާކަމަށް ފަނޑިޔާރު ނިންމެވުން

    އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގައި މަސައްކަތްކުރަމުންދިޔަ ފިލިޕިންސްގެ ރައްޔިތެއްކަމުގައިވާ މޭރީ ގްރޭސް އޮނޮޑް ޕިނެޑާ، 19 އޮކްޓޫބަރު 2021 ދުވަހު މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ ލިބޭ، ހަލީމަތު ލަމްހާ ޢަބްދުއްރަޙްމާން އާއި މާރވިން އެސް.ވައި ވަރގަސްގެ މައްޗަށް ހުށަހެޅި ދަޢުވާތަކާ ގުޅިގެން ހެކިބަސް ނެގުމުގެ އަޑުއެހުމެއް 15 އޮގަސްޓް 2023 ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކުރެވުނެވެ. މި އަޑުއެހުމުގައި ދައުލަތުން ކުޅަ ދަޢުވާއަށް ބަދަލު ގެނެސްފައިވާކަން އެއްވެސް މިންވަރަކަށް ދަޢުވާ ލިބޭ ފަރާތްތަކަށް އަންގާފައިނުވާކަމަށް ބުނެ، ދިފާޢީ ވަކީލުން ހެކިބަސް ނެގުމަށް އިއުތިރާޒްކޮށްފައިވެއެވެ. މިކަން އެ ފަރާތްތަކުގެ ނޯޓިސްއަށް އައިސްފައިނުވާކަމަށާއި، ޝަރީޢަތުގެ މަޖިލީހުގައި މިކަމުގެ އެއްވެސް ވާހަކައެއް ދައްކާފައިނުވާތީ، އެކަމުގެ ކަންބޮޑުވުން ހާމަކޮށް، މި ފަދަ ބޭއިންސާފުވެރި ގޮތަކަށް ދައުލަތުން އަމަލު ކުޅަ ކަމުގެ މައްޗަށް ވާހަކަ ދައްކާފައިވެއެވެ. އެއާއެކު، މައްސަލާގައި ހެކިބަސް ނެގުން ފަސްކޮށް، މިކަން ވެފައިވާގޮތަށް ސާފުކުރުމަށް ޝަރީޢަތުން ނިންމެވިއެވެ. އެމައްސަލައިގެ ޓައިމްލައިން ތިރީގައި މިދަންނަވަނީއެވެ. 

     

    4 ޖަނަވަރީ 2022 - ހަލީމަތު ލަމްހާ ޢަބްދުއްރަޙްމާން އާއި މާރވިން އެސް.ވައި ވަރގަސްގެ މައްޗަށް ދައުލަތުން ދަޢުވާކުރުން

    19 ޖަނަވަރީ 2022 - ދަޢުވާ އިޞްލާޙުކޮށް، އިޞްލާޙު ކުރެވުނު ދަޢުވާ ފޯމާއި އިތުރު ލިޔުންތައް، ދައުވާލިބޭ މީހުންނާށް ފޯރުކޮށްދިނުމަށްޓަކައި ކޯޓަށް ފޮނުވުން. ކޯޓުން އެ ލިޔުންތައް އެމީހުންނަށް ދޫކޮށްފައިވޭ.

    15 މާރިޗް 2022 - މައްސަލައިގެ އިބްތިދާއީ އަޑުއެހުން 

    މާރިޗު - ސެޕްޓެމްބަރ 2022 - އިބްތިދާއީ މަރްޙަލާގެ އަޑުއެހުންތައް ކުރިއަށް ގެންދެވުން

    ސެޕްޓެމްބަރ 2022 - ޝަރީޢަތް ފަށައި، ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ފެށުން

    16 އޮގަސްޓް 2023 - މިމައްސަލައިގައި ހިމެނޭ ލިޔުންތައް ދިފާޢީ ވަކީލުންނަށް ކޯޓުން ދޫކުރައްވާފައިވާކަމަށާއި، އެ ލިޔުންތަކާބެހޭ ގޮތުން މައްސަލައިގައި ހިމެނޭ ހުރިހާ ޚަޞްމުން ވާހަކަ ދައްކާފައިވާކަން، މަޙްޟަރު ބަޔާންތަކުން ފެންނަން އޮތްކަމަށް ފަނޑިޔާރު ވިދާޅުވުން. 

  • 16 އޮގަސްޓް 2023

    ކްލަބް މޯލްޑިވްސް ކްލެސިކް ފުޓްސަލް މުބާރާތުގެ ފައިނަލަށް ކްލަބް220 ދަތުރުކުރުން

    ކްލަބަ މޯލްޑިވްސް ކްލެސިކް ފުޓްސަލް މުބާރާތުގެ ފައިނަލަށް، ޕީޖީ އޮފީހުގެ ކްލަބް 220 ދަތުރުކޮށްފިއެވެ. ރޭ އޮތް ސެމީފައިނަލް  މެޗު ކުލަބް220 އިން ކާމިޔާބުކުރީ ފޮރިން މިނިސްޓްރީގެ ޚާރިޖީ ކުލަބާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެންނެވެ. ފައިނަލުގައި ކުލަބް220 އާ ބައްދަލުކުރާނީ، ފުޓްސަލްގެ ދާއިރާގައި (އަދި އެނޫން ދާއިރާތަކުގައިވެސް) ކުލަބް220 އާ އެކުވެރި، ގާތް، ރަޙްމަތެރި، ވާދަވެރި، ހުރިހާ ކޯޓުތަކެއްގެ މުވައްޒަފުން އެއްކޮށް ހިމެނޭގޮތަށް އެކުލަވާލާފައިވާ ޑީޖޭއޭއާއެވެ. . މީގެ ކުރިން، ދެފަހަރެއްގައި ފުޓްސަލް މުބާރާތްތަކުގެ ފައިނަލުގައި ޕީޖީ އޮފީހުން ޑީޖޭއޭ އަތުން ބަލިވެފައިވެއެވެ. މިއީ، "ތަރޑް ޓައިމް" ލަކީއެވެ! 

  • 14 އޮގަސްޓް 2023

    ރައީސް ޔާމީންގެ ޖޫރިމަނާ އަދަބު ތަންފީޛްކުރުން ފަސްކުރި އަމުރާ ގުޅޭ

    ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަރު ހިފުމާއި މަނީ ލޯންޑްރިނގްގެ ކުށް ސާބިތުވެ, މއ. ކާމިނީހުޅަނގުގެ, ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން  ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޚުކުމް ކުރައްވާފައިވަނިކޮށް އެ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރަށް އެދި 07 އޮގަސްޓް 2023 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.

    އެ އަމުރާ ގުޅިގެން މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތުކޮށްފައިވާނީ ޖިނާއީ ޙުކުމެއްގެ އަދަބާމެދު ޢަމަލުކުރުމަށް ޤާނޫނު ދަންނަނީ އެއް އުޞޫލުތަކަކަށް ކަމަށްވާތީ, ޖަލު އަދަބުވެސް ޖޫރިމަނާ އަދަބުވެސް ތަންފީޛްކުރުން ފަސްކުރާނެ ތަނެއް ނެތް ކަމަށެވެ.

    ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވަނީ ޖަލު އަދަބު ތަންފީޛްކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. ނަމަވެސް ޖޫރިމަނާ އަދަބު ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ.

    ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ އަމުރަކީ ވަގުތީ އަމުރެއްކަމަށްވެފައި, ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް 16 އޮގަސްޓް 2023 އަށް ތާވަލުކުރެވިފައިވާތީ, އިސްިތިއުނާފީ މައްސަލައާމެދު ގޮތެއް ނިމުމުން ވަގުތީ އަމުރުވެސް ނިމުމަކަށް އަންނާނެތީ, ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރު އިސްތިއުނާފު ނުކުރުމަށް ނިންމައިފީމެވެ.

  • 13 އޮގަސްޓް 2023

    "ޚަބަރު ފީތާ" އާއެކު އައު މީޑިއާ ވެބްސައިޓެއް ތަޢާރަފްކުރުން

    https://hushameem.com/blogs/feetha

    ޕީޖީ އޮފީހަށް 15 އަހަރުވީ އަހަރީ ދުވަހުގެ މުނާސަބަތުގައި، ޕީޖީ އޮފީހުގެ މީޑިއާ ވެބްސައިޓެއް، އޮފީހުގެ އަމިއްލަ "ޓްވިޓަރ" ފީޗަރާއެކު އުފައްދައިފީމެވެ. އަޅުގަނޑުމެން އެއަށް ކިޔީ "ޚަބަރުފީތާ" އެވެ. ޕީޖީ އޮފީހުން ޢާންމުންނަށާއި ނޫސްވެރިންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތުތައް، މިވެބްސައިޓުގެ "ޚަބަރުފީތާ" ތަކުގައި ދާނީ "ފީތާ" ކުރަމުންނެވެ. ކުރީގެ ފީތާތަކާ ގުޅުވައިގެންވެސް އައު ފީތާ ލިޔެވޭނެއެވެ. ޓެގް ކޮށްފައި ހުންނަ ފީތާތައް އެއް ތަނަކުން ފެންނަ ގޮތްވެސް ހުންނާނެއެވެ. ނޫސްވެރިންނަށް ކުރީގެ ޚަބަރުތަކާއި ފަސްފަހަތް ހޯދަން އިންތިހާއަށް ފަސޭހަވާނެއެވެ.

  • 09 އޮގަސްޓް 2023

    އިންތިޚާބާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް ލެތުން ވެބްސައިޓަށް އެޅުން

    އިންތިޚާބުތަކުތަކާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް، ޕީޖީ އޮފީހުގެ ލެތުން ވެބްސައިޓުން ފެންނަ ގޮތަށް ހަމަޖައްސައިފިއެވެ. މިއީ، އިލެކްޝަންސް ކޮމިޝަންގެ އެދިވަޑައިގަތުމަކަށް ކުރެވުނު މަސައްކަތެކެވެ. މިއާއެކު، އިންތިޚާބާބެހޭ ހުރިހާ ޤާނޫނަކާއި ގަވާއިދެއްގެ އެންމެ ފަހުގެ އަދާހަމަ ކުރެވިފައި އޮތް ގޮތް، ބަހަކުން، ނުވަތަ ނަންބަރަކުން ނުވަތަ ޢިބާރާތަކުން ވިޔަސް ހޯދައިލެވޭނެއެވެ. ދިރާސާ ކުރާ މީހަކަށް، ނޯޓްސްއާއި ބުކްމާރކްވެސް ކުރެއްވޭނެއެވެ.

    ވެބްސައިޓު ބައްލަވައި ލެއްވުމަށް، ތިރީގައިމިވާ ލިންކަށް ފިއްތަވައިލައްވާށެވެ.

    https://lethun.pgo.mv 

  • 31 ޖުލައި 2023

    https://hushameem.com/blogs/kushugerecord

    ބައެއް ކަހަލަ ވަޒީފާތައް، ކުށުގެ ވެށިން ނުކުންނަން މަސައްކަތްކުރާ މީހަކަށް ނުދެވުނަސް، އެފަދަ މީހުންނަށް ދެވޭނެ ވަޒީފާތަކެއް ބަލައި، އެ ވަޒީފާތައް އެމީހުންނަށް ދިނުމަކީ، މުޖްތަމަޢުގެ ޙައްޤުގައިވެސް ކުރަންޖެހޭ ކަމެކެވެ. އޭގެ ތެރެއިން ބައެއް މީހުން އެފުރުޞަތުގެ ބޭނުން ހިފާނެއެވެ. އަނެއް ބަޔަކު 'ރިލެޕްސް' ވާނެއެވެ. ނަމަވެސް، ބަޔަކު 'ރިލެޕްސް ވެ' ކުށަށް އަނބުރާ ހިނގައިދާނެއަތީ، އެފުރުޞަތު ހުރިހާ މީހުންނަށް ބަންދުކުރުމަކީ ބުއްދިވެރިން ޢަމަލުކުރާނެ ގޮތެއް ނޫނެވެ.

  • 12 ޖުލައި 2023

    އިތުރަށް ސާފުކޮށްދިނުމަށްޓަކައި ދަންނަވަން:

    1. އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ގެންނައުމަށް އެދިފައިވާނީ އަޙްމަދު ކުރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އެކަނި.

    2. އަޅުގަނޑުމެން އެދިފައިވާނީ އަލުން ހުށަހަޅާ ގޮތަށް އަނބުރާ ގެނައުމުގެ ހުއްދައަކަށް, މި މަރުޙަލާގައި އޮތް ދަޢުވާއެއް މިފަދައިން އަނބުރާ ގެނެވޭނީ ކޯޓުން ހުއްދަ ދެއްވައިފިނަމަ.

    3. ކުރިކް ރިޟާގެ ބައި އަނބުރާ ގެންނަނީ މިވަގުތަށް މަޑުޖައްސާލުމަށްޓަކައި, ޙާލަތު ބަދަލުވުމުން އަދި ސާފުކުރަންޖެހޭ ކަންކަން ސާފުވުމުން އަލުން ދަޢުވާ ކުރިއަށް ގެންދާނެ.

    • 12 ޖުލައި 2023

      2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީ މެދުވެރިކޮށް ރ. ފުއްގިރި ޓޫރިޒަމް ބޭނުމަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ހިފައި މަނީ ލޯންޑަރކުރި މައްސަލައިގައި ދަޢުވާލިބޭ, މއ.ކުރިކީލަހހިޔާ, އަޙްމަދު ކުރިކް ރިޟާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވެއެވެ.

      އަދި އަޙްމަދު ކުރިކް ރިޟާގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިތަކެއްގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ގެންދަނީ އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުންނެވެ.

      އަޙްމަދު ކުރިކް ރިޟާގެ ބައިގައި ދިމާވި މި ޙާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ޤާނޫނީ ގޮތުން އޮތީ ބަންދުވެފައެވެ. 

      އެހެންކަމުން މި މައްސައަކީ ޢާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދަޢުވާލިބޭ އެކެއްގެ ބައިގައި ދިމާވި ޙާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ ޢާންމު މަސްލަޙަތު އޮތް ގޮތް ކަމަށް ނުފެންނާތީއާއި, އަޙްމަދު ކުރިކް ރިޟާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, އަޙްމަދު ކުރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި, އެ ދަޢުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައިދެއްވުމަށް ވާނީ ދަންނަވާފައެވެ.

  • 12 ޖުލައި 2023

    2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީ މެދުވެރިކޮށް ރ. ފުއްގިރި ޓޫރިޒަމް ބޭނުމަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ހިފައި މަނީ ލޯންޑަރކުރި މައްސަލައިގައި ދަޢުވާލިބޭ, މއ.ކުރިކީލަހހިޔާ, އަޙްމަދު ކުރިކް ރިޟާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވެއެވެ.

    އަދި އަޙްމަދު ކުރިކް ރިޟާގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިތަކެއްގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ގެންދަނީ އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުންނެވެ.

    އަޙްމަދު ކުރިކް ރިޟާގެ ބައިގައި ދިމާވި މި ޙާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ޤާނޫނީ ގޮތުން އޮތީ ބަންދުވެފައެވެ. 

    އެހެންކަމުން މި މައްސައަކީ ޢާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދަޢުވާލިބޭ އެކެއްގެ ބައިގައި ދިމާވި ޙާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ ޢާންމު މަސްލަޙަތު އޮތް ގޮތް ކަމަށް ނުފެންނާތީއާއި, އަޙްމަދު ކުރިކް ރިޟާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, އަޙްމަދު ކުރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި, އެ ދަޢުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައިދެއްވުމަށް ވާނީ ދަންނަވާފައެވެ.

  • 11 ޖުލައި 2023

    ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހަތިޔާރަކުން ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުގައި ހުއްޓައި 6 ޖުލައި 2023 ގައި އިބްރާހިމް އަބްދުﷲ ކިޔާ މީހަކު ބަންދުން ދޫކޮށްލި މައްސަލަ 9 ޖުލައި 2023 ގައި ދިވެހިރާޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިން

  • 22 ޖޫން 2023

    ރ. ދުވާފަރު ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކާ ޚިލާފަށް ކައުންސިލްގެ މެންބަރުންގެ ޕާސަނަލް އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނަށާއި، މުވައްޒަފުންނަށް ގިނަ ޢަދަދެއްގެ ފައިސާ ޙަވާލުކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، ދަޢުވާކުރުމުގެ ބަދަލުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފީމެވެ.

    ތުހުމަތުކުރެވޭ މީހުން:

    1. ރ. ކަނދޮޅުދޫ، ދޯރެންސީވިލާ، ޙަސަން ޙަކީމް

    2. ރ. ދުވާފަރު، ޒަމާނީގެ، އިޒްމީލް އަޙްމަދު

    3. ރ. ކަނދޮޅުދޫ، ނިޔާމަ، ޒުހުދާ އާދަމް

    4. ރ. ކަނދޮޅުދޫ، ދިލްސާދުގެ، އާމިނަތު ޞަލާޙު

    5. ރ. ދުވާފަރު، ވިލެޖް، މުޙައްމަދު ޝާމް

    6. ރ. ކަނދޮޅުދޫ، ހުސްނުހީނާގެ، މުޙައްމަދު ނާޞިޙް

    7. ރ. ކަނދޮޅުދޫ، ރިހިތަޅާގެ، މުޙައްމަދު ޢަލީފުޅު

    މި މީހުން ތަޙުޤީޤުގައި އިޢުތިރާފުވެ، މި އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވެއެވެ. މިކަމުގައި މި އޮފީހުން ރިޢާޔަތްކުރި ކަންކަމުގެ ތެރޭގައި ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑާއި، މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި، ކުށުގެ ޢަމަލުގައި ބައިވެރިވުން އޮތް މިންވަރާއި، ތުހުމަތުކުރެވޭ ފަރާތްތަކުން އަދާކުރަމުންދާ ޒިންމާތަކާއި، ދައުލަތަށް ޚިދުމަތް ކޮށްދީފައިވާ މުއްދަތާއި، ދައުލަތަށް ބަދަލު ލިބިފައިވުމާއި، މައްސަލާގައި ދަޢުވާއެއްކޮށް ކުރިއަށް ގެންގޮސްފިނަމަ ކަނޑައެޅިދާނެ އަދަބަށް ރިޢާޔަތްކޮށްފައިވާނެއެވެ.

    މި އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދަޢުވާ އުފުލޭނެކަން މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެއެވެ.

  • 22 ޖޫން 2023

    https://online.pgo.mv

    މި އޮފީހުން ޢާންމުންނާއި އިދާރާތަކަށް ދެމުންގެންދާ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންގޮސް, އަވަސްކަމާއި ފަސޭހަކަމާއެކު ޚިދުމަތް ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން އައު ވެބްސައިޓެއް ތަޢާރަފްކޮށްފީމެވެ. މި ވެބްސައިޓު ފަރުމާކޮށްފައިވާނީ ސިޓީބިޓީ ބަދަލުކުރުން, ކުށުގެ ރެކޯޑު ފޯމު ހިމެނޭގޮތުން އެކި ފޯމުތައް މި އޮފީހަށް ހުށަހެޅުމުގެ ކަންކަން މާ ފަސޭހަވާނެގޮތަށެވެ.

    http://pgoffice.gov.mv/newsletter/8/article/30

    މި ވެބްސައިޓާގުޅޭ އިތުރު މަޢޫލޫމާތު މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

  • 22 ޖޫން 2023

     

    https://express.adobe.com/page/zKDYMwISqcltW/

    މި އޮފީހުގެ ނިއުސްލެޓަރ - ޢުންޞުރު ގެ ތިންވަނަ ޢަދަދު މިއަދު ނެރެފީމެވެ.

    މި ނިއުސްލެޓަރގައި ހިމެނޭ ބައިތައް.

    - ޕްރޮސިކިއުޓަރ ޖެނެރަލްގެ ގަލަމުން - ޕީޖީ އޮފީސް ލާމަރުކަޒީކުރުން

    - ހަތަރު ދުވަހުގެ މަސައްކަތު ހަފްތާގެ ކާމިޔާބީ

    - ޖަމާޢަތް ހަދައިގެން މީހަކު މެރުން

    - ޑިއުޓީ ޕްރޮސިކިއުޝަނާ ގުޅޭ މަޢުލޫމާތު

    - ޝަރީޢަތަށް ހުށަހަޅާ ހެކިންނަކީ އެންމެ ފުރިހަމަ ބަޔަކަށް ވާންޖެހޭތަ؟

    - ތަފާސްހިސާބަށް ބަރޯސާވެ ނިންމުންތައް ނިންމުން

    - އިންތިޚާބީ ކުށްތައް

     

  • 14 ޖޫން 2023

    http://pgoffice.gov.mv/storage/app/media/Ali Waheed press release 14.06.2023.pdf

    Hdh. Kulhudhuffushi, Bandharu, Ali Waheed ge mahchah kuri dhauvaa thakaa gulhey

  • 04 ޖޫން 2023

    ޕީޖީ އޮފީހުގެ މުވައްޒަފުން މަޖާކުރުމަށް ދައުލަތުގެ ހަރަދުގައި ޕެރެޑައިސް ރިސޯޓަށް ދަނީ

    ދިޔަރެސް އެވެ. ކިޔުނު ނޫހެއްގައި މި އޮފީހާ ގުޅޭގޮތުން ލިޔެފައިވާ އިސްވެ ދެންނެވުނު ސުރުޚީއާއި، އެސުރުޚީގެ ދަށުން ލިޔެފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ތަޞައްވުރެއް އުފެދޭގޮތަށް ލިޔެފައިވާ ވާހަކަތަކެއް ކަމާއި، ދައުލަތުގެ ޚަރަދުގައި ޕީޖީ އޮފީހުގެ މުވައްޒަފުން ތަކެއް ނުވަތަ އެއްވެސް މުވައްޒަފަކު ރިސޯޓަށް ދިއުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

  • 03 ޖޫން 2023

    20 މާރިޗު 2023 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގު، ޗީބޯ ކެފޭ ކައިރިން ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރައްވަމުން ގެންދެވި މޮޓޯކޭޑް އަށް ހުރަސްއަޅައި، އަޑުގަދަކޮށް ޢާއްމު މަޞްލަޙަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި،

    ހުޅުމާލެ. 11328 ގޯތި، މުޙައްމަދު ޢައްބާސްއާއި، ދަފްތަރު. ނަންބަރު ރސ 9151، އަޙްމަދު ރަޝީދުއާއި، ހުޅުމާލެ. ފްލެޓް 06-2-154، އަޙްމަދު ޢަޒީލްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ 31 މޭ 2023 ދުވަހު އަދި،

    ގއ. ދެއްވަދޫ، އެސްޓަންވިލާ، އަޙްމަދު ސިނާންއާއި، ށ. ބިލެތްފަހި، ސޭޑީކޯނަރ، މަރްޔަމް މާޝާގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު 615 މާއްދާގެ ދަށުން ޢާންމު މަސްލަޙަތަށް ގެއްލުންހުރި ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއާއި، އެ ޤާނޫނުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ، 16 މޭ 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

  • 30 މޭ 2023

    14 ޖަނަވަރީ 2023 ދުވަހުގެ 00:35 ހާއިރު އިއްޒުއްދީން މަގުގައި ހުންނަ ކެފޭ ޑި ޕަބްލިކް ތެރޭގައި ބަޔަކު މާރާމާރީ ހިންގައި، އެތަނުގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައިގެ ތުހުމަތުކުރެވޭ މީހެއްކަމަށްވާ ސ.މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު ކޯޓު އަމުރެއްގެ ހައްޔަރުކުރުމަށްޓަކައި އޭނާ ހޯދާ ނުފެނިގެން، 15 ފެބްރުވަރީ 2023 ދުވަހު މީޑިއާ މެދުވެރިކޮށް ފުލުހުން އިއުލާންކޮށްފައިވަނިކޮށް ބަޔަކު އިބްރާހީމް ފައިޙް ނިޡާމު ހައްޔަރުކުރިއަނުދިނުމަށްޓަކައި ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 30 މޭ 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    ލ. ގަން، ތުނޑި، ނެވަރކޯން، ޢަބްދުﷲ ޖުނައިދުއާއި، ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުޙައްމަދު ޝަބީބްގެ މައްޗަށް

    ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 536 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުށެއް ކޮށްފައިވާ މީހަކު ހައްޔަރުކުރިއަނުދިނުމަށްޓަކައި، ކުށްކޮށްފައިވާ މީހާ ތަނެއްގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ.

    14 ޖަނަވަރީ 2023 ދުވަހު ކެފޭ ޑި ޕަބްލިކްގައި ހިންގި މާރާމާރީގެ މައްސަލައިގައި 21 މާރިޗު 2023 ދުވަހު އިބްރާހީމް ފައިޙް ނިޡާމު ހައްޔަރުކޮށް، އޭނާގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 19 އެޕްރީލް 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ. 

    ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން

    ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން ގައިގާ އަތްލުން

    ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތައް ޤަޞްދުގައި ހުރަސްއެޅުން

     އަދި ހަމަ އެ މާރާމާރީއާ ގުޅިގެން ހ. ދިއްގާމާގެ، ޢަލީ ފާރިޟްއާއި، މއ. އާދިއްޕަރު، މާއިން މުޙައްމަދު ޢަޒީމްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ ކުރުމަށް 30 މާރިޗު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.

  • 17 މޭ 2023

    ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައި ލެވަލް ކޮންފަރެންސް ބޭއްވުން

    ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ އިސްވެރިންގެ ހިމެނޭ ގޮތަށް "ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައި ލެވަލް ކޮންފަރެންސް" ބާއްވައިފިއެވެ.

    މިއީ މި އޮފީހާއި ޔުނިސެފް ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ "ކްރިމިނަލް ޖަސްޓިސް ޑޭޓާ މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ބޭއްވި ކޮންފަރެންސްއެކެވެ.

    މި ކޮންފަރެންސްގެ މަޤްޞަދަކީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި ޑޭޓާ ބަދަލުކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އެއްގޮތް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް, މި ނިޒާމުގައި ހިމެނޭ މުއައްސަސާތަކުން ނިންމާ ނިންމުންތަކަކީ ތަފާސްހިސާބާއި މަޢުލޫމާތުގެ އަލީގައި ނިންމާ, އެއްގޮތް ނިންމުންތަކެއްކަމަށް ހެދުމެވެ.

    މި ކޮންފަރެންސްގައި ބައިވެރިވި މުއައްސަސާތައް:

    1.      ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

    2.      ދިވެހި ފުލުހުންގެ ޚިދުމަތް

    3.      މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

    4.      އެޓާރނީ ޖެނެރަލްގެ އޮފީސް

    5.      ހިއުމަން ރައިޓްސް ކޮމިޝަން

    6.      އެންޓި-ކޮރަޕްޝަން ކޮމިޝަން

    7.      ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން

    8.      ޗިލްޑްރަންސް އޮމްބޮޑްސްޕާރސަންގެ އޮފީސް

    9.      ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

    10.  ޖުޑީޝަލް ސަރވިސް ކޮމިޝަން

    11.  މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

    12.  މޯލްޑިވްސް ކަސްޓަމްސް ސަރވިސް

    13.  ޔުނިސެފް

    14.  އޮސްޓްރޭލިއާ ހައިކޮމިޝަން

    ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވި އެއް ދުވަހުގެ މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ 17 މޭ 2023 ދުވަހު ހޮޓެލް ޖެންގައެވެ.

    "އެވިޑެންސް ބޭސްޑް މެނޭޖްމަންޓް އެންޑް ޑިސިޝަން މޭކިން އިން ކްރިމިނަލް ޖަސްޓިސް ސެކްޓަރ" ގެ ނަމުގައި، މި އޮފީހުން އޮސްޓްރޭލިޔާ ސަރުކާރުގެ އެހީގައި، ޔުނިސެފާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަންނީ އެހީތެރިކަމާއެކު ހިންގާ ޑޭޓާ މެނޭޖްމަންޓް ޕްރޮޖެކްޓުގައި ހިމެނެނީ މުހިންމު ތިން ބައެކެވެ.

    1.      ޑޭޓާ ޕްލޭނެއް ހެދުމާއި، ޑޭޓާ ބޭނުންކޮށްގެން، ސިޔާސަތު ބައްޓަންކުރާނެ ގޮތާބެހޭ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ހިންގުން.

    2.      ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތައް ހިމެނޭ އިންޓަގްރޭޓެޑް ޑޭޓާބޭސްއެއް އުފެއްދުން.

    3.      ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުން ކުރާ މަސައްކަތްތައް ޢާންމުންނަށް ފެންނާނެ ޕަބްލިކް ސްޓެޓިސްޓިކްސް ޕޯޓަލެއް ހެދުން.

    މި މަސައްކަތްތަކުގެ ތެރެއިން ޑޭޓާ ޕްލޭނެއް ހެދުމާއި، ޑޭޓާ ބޭނުންކޮށްގެން، ސިޔާސަތު ބައްޓަންކުރާނެ ގޮތާބެހޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމް 20 ފެބްރުވަރީ 2023 އިން ފެށިގެން 23 ފެބްރުވަރީ 2023 ގެ ނިޔަލަށް ކުރިއަށްގެންގޮސްފައެވެ.

    މި ކޮންފަރެންސްގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތަކުގެ މެދުގައި ޑޭޓާ ޙިއްސާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ކްރިމިނަލް ޖަސްޓިސް ޑޭޓާބޭސް" ލޯންޗްކޮށްފައިވެއެވެ. މި ޑޭޓާބޭސް ލޯންޗްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމެވެ.

    މި ކޮންފަރެންސްގައި, މިއަދު މި އިފްތިތާހު ކުރި "ކްރިމިނަލް ޖަސްޓިސް ޑޭޓާބޭސް" ގެ ތެރެއިން މި އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު މައުލޫމާތާއި ތަފާސްހިސާބު ބަދަލުކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ.

  • 14 މޭ 2023

    ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގުމުގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް 07 މޭ 2023 ދުވަހު ހުށަހަޅައިފީމެވެ.

    މީގެ ތެރޭގައި ހިމެނެނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ލޯންޑަރކުރިކަމަށް ސާބިތުވެފައިވާ 1 މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ އެވެ.

    ފަސްފަހަތް:

    މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު އިސްވެ ދެންނެވުނު ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރެއް ނެރެދެއްވުމަށް އެދިފައިވާނެއެވެ. ނަމަވެސް މައްސަލަ ސާބިތުވާކަމަށް ނިންމަވައި ޙުކުމްކުރެއްވިއިރު މި ފައިސާއާމެދު ކްރިމިނަލް ކޯޓުން ވަކި ގޮތެއް ނިންމަވާފައިނުވެއެވެ. އެހެންކަމުން އެކަން ސިޓީއަކުން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސް، ދެން ކުރިއަށްދާންވީގޮތް ސާފުކޮށްދެއްވުމަށް އެދުމުން، "ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" ގެ އަމުރެއް އެކޯޓުން ނެރުއްވާފައިވެއެވެ. އަދި އިސްވެ ދެންނެވި އަމުރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފުކުރުމުން އެ އަމުރު ބާޠިލުކަމަށް ކަނޑައަޅުއްވާފައިވެއެވެ.

    މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާނީ ހައިކޯޓުގެ އިސްވެ ދެންނެވުނު ޤަޟިއްޔާއިން އިސްވެ ދެންނެވުނު ކޯޓު އަމުރު ބާޠިލުކުރެއްވުމާ ގުޅިގެންނެވެ.

  • 08 މޭ 2023

    ފުވައްމުލައް ސިޓީގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް މި އޮފީހުގެ ފުވައްމުލައް ގޮފިން ބަލައިގަންނަން ފަށައިފީމެވެ.

    މީގެ ކުރިން ފުވައްމުލަކުގައި ތަޙުޤީޤުކުރާ ޖިނާއީ މައްސަލަތައް ބަލައިގަންނަމުން ދިޔައީ މި އޮފީހުގެ އައްޑޫ ގޮފިންނެވެ. ފުވައްމުލަކަށް ސިޓީއަކަށް ބަދަލުވުމާއެކު މި އޮފީހުގެ އަމާޒަކަށްވީ ފުވައްމުލަކުގައި ޤާއިމުވެތިބި ތަޙުޤީޤީ އިދާރާތަކާ ގާތުން މަސައްކަތް ކުރުމެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން މި އޮފީހުގެ ޕްރޮސިކިއުޓަރަކު ފުވައްމުލަކުގައި ދަނީ މަސައްކަތްކުރަމުންނެވެ. މިހާރު އިދާރީ މުވައްޒަފުންނާއެކު މައްސަލަ ބަލައިގަތުމުގެ އިންތިޒާމުވެސް ވާނީ ހަމަޖައްސާފައެވެ.

    މީގެ ސަބަބުން ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަަލަތައް އިތުރަށް އަވަސްވެގެންދާނެއެވެ.

    އަމާޒަކީ މި އޮފީހުގެ ފުވައްމުލަކު ގޮފިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ތަޙުޤީޤީ އިދާރާތަކަށް ފޯރުކޮށްދިނުމެވެ. އަދި ފުވައްމުލަކުގައި އަމަން އަމާންކަން ޤާއިމުކުރުމަށް ފުލުހުންނާއި ސިޓީކައުންސިލް އަދި މުއައްސަސާތަކުން ކުރައްވާ މަސައްކަތަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.

  • 26 އެޕްރީލް 2023

     

    މއ. ހަނީސަކްލް-1، ޙުސައިން ޝިފާޢު، އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއިޙީލަތް ހަދާފައިވާ މައްސަލައިގައި މއ. ހަނީސަކްލް-1، ޙުސައިން ޝިފާޢުގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 26 އެޕްރީލް 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 09 (ނުވައެއް) ދަޢުވާ.

    2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ 07 (ހަތެއް) ދަޢުވާ.

    3. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ 07 (ހަތެއް) ދަޢުވާ.

    އެކު ޖުމްލަ 23 (ތޭވީސް) ދަޢުވާ.

    މި ދަޢުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

    މީނާ މި ކުށުގެ ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން މީނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ. 

     

    މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އައްސަތޭކަ އައްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 (އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދޭއް) އެވެ.

    މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ހުށަހަޅާފައިވާނެއެވެ.

     

  • 17 އެޕްރީލް 2023

    ދިޔަރެސް ނޫހުގައި، "ނުފޫޒު ނެތްނަމަ ޔާމީން މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަދެއްކެވި" ކަމަށް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވި ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ.

    މިއަދުގެ ބައްދަލުވުމަކީ، ރައީސް ޔާމީންގެ ޝަރީޢަތުގެ ކަންކަން ހިނގަމުންދާގޮތާބެހޭގޮތުން މަޝްވަރާ ކުރުމަށް، ޕީޕީއެމް/ޕީއެންސީއިން އެދިވަޑައިގެން ބޭއްވި ބައްދަލުވުމެކެވެ.

    މިއަދުގެ ބައްދަލުވުމުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލަ އަވަހަށް ނިމުމަކީ ޕީޖީ އޮފީހުންވެސް އެދޭ ގޮތްކަމަށް ޕީޖީ ވިދާޅުވިއެވެ. ނަމަވެސް، މިމައްސަލަ މިހާރުވެސް ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ނުކުތާތައް ލިޔުއްވައި، ހުށަހެޅުއްވުންވެސް ލަސްވެފައި އޮތުމުން ކަމަށާއި، ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ގެންގޮސް، މައްސަލައިގައި އަވަހަށް ޙުކުމެއް ކުރުމަށް، ޕީޖީ އޮފީހުން އެއްބާރުލުން ދޭންޖެހޭ ހަމަ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެކަމަށް ދެންނެވިއެވެ.

    ސަރުކާރުގެ ނުފޫޒާބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކީ، ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އަމިއްލަފުޅަށް ފައުޅުކުރެއްވި ޝުޢޫރެކެވެ. އެކަމަކީ މިއޮފީހުގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމަކަށް ނުވާތީ، އެ ޝަކުވާއާ ގުޅިގެން މިއޮފީހުން ކޮށްދެވޭނެ ކަމެއް ނެތްކަމަށް ދެންނެވިއެވެ.

    ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޝަރީޢަތުން އޮތީ ޙުކުމެއް ކޮށްފައެވެ. އެ ޙުކުމް، މަތީ މަރްޙަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، އެ ޙުކުމަކީ ޞައްޙަ، ޤާނޫނީ ބާރު ލިބިގެންވާ، ޙުކުމެކެވެ. މިޙާލަތުގައި ރައީސް ޔާމީނަކީ ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީއެކެވެ. ޤައިދީންގެ ޝަކުވާތައް ބަލާ އިދާރާއަކީ ކަރެކްޝަންސް ސަރވިސްކަމަށްވާތީ، ރައީސް ޔާމީންގެ ބަންދުގެ ޙާލަތާ ގުޅޭގޮތުން ހުރި ޝަކުވާތައް، ކަމާބެހޭ އިދާރާތަކަށް ހުށަހެޅުއްވުމަށް ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ.

  • 22 މާރިޗު 2023

    https://bit.ly/UNSURU-March_2023

    PGO quarterly newsletter “Unsuru” March 2023 issue is out now.

    This issue contains information on:

    - Conditional cautioning and plea agreements

    - ‘Aamahi’ website - information on day-to-work of PGO

    - Highlights on Evidence Act

    - Training programmes of PGO

  • 03 މާރިޗު 2023

    28 ޑިސެންބަރު 2022 ދުވަހުގެ ވަގުތެއްގައި ފިއުލް ޕަވަރ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރާ ބަނގަލަދޭޝް ރައްޔިތެއްކަމަށްވާ މޮހައްމަދު ލިޓޮން އަދި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމް "ހެދޭކުރި" ދޯނީގައި ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު، އޭގެ ފަހުން މޮހައްމަދު ލިޓޮންއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމްގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 02 މާރިޗު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    1. ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، ޤަޞްދުގައި މީހަކުމެރުމުގެ ކުށުގެ ދަޢުވާ.

    އަސާސީ އަދަބު: 10 އަހަރަށް ޖަލަށްލުން / ޤިޞާޞްއާއި ދިޔަ

    2. ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ވައްކަންކުރުމުގެ ކުށުގެ ދަޢުވާ.

    އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން.

    3. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 107 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ.

    އަދަބު: 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 (ފަންސަވީސްހާސް) ރުފިޔާއިން ފެށިގެން 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.

     

    މުހައްމަދު ނިޡާމް، މުޙައްމަދު ލިޓޮން މަރާލާފައިވަނީ މުޙައްމަދު ލިޓޮން އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ހޯދިފައިވޭ. މުޙައްމަދު ލިޓޮން މަރާލާފައިވަނީ މުހައްމަދު ލިޓޮންއަށް ނޭނގި ހުއްޓައި، ކ.ގަލުފަޅު ކިޔާ ސަރަޙައްދު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެން. މިކަން ހިނގާފައިވަނީ 28 ޑިސެންބަރު 2022 ދުވަހުގެ 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައި. ހެދޭކުރި ދޯނީގައި ހުރި މުޙައްމަދު ލިޓޮންގެ 51000 (ފަންސާސް އެއްހާސް ރުފިޔާ) އަށް ވުރެ ގިނަ ފައިސާ، މުޙައްމަދު ނިޡާމް ވަގަށް ނަގާފައިވޭ. މަސްތުވާތަކެތިން މުޢާމަލާތުކުރުމުގެ ދަޢުވާ ކޮށްފައިވާނީ މި މައްސަލައިގެ ތުހުމަތުގައި މުޙައްމަދު ނިޡާމް ކުއްޔަށް ހިފައިގެން އުޅޭ މއ.ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީ. މުޙައްމަދު ނިޡާމް މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށްނެގި ފައިސާއިންކަމަށް ތުހުމަތުކުރެވޭ.

  • 28 ފެބުރުވަރީ 2023

    ކޮންޓްރެކްޓް އުސޫލުން ތަކެތި ހޯދުމަށް ފެނަކަ ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން އެއްބަސްވެފައިވާ މުއްދަތަށް ތަކެތި ފޯރުކޮށް ނުދެވުމުގެ ސަބަބުން ލިކްއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ކަނޑަންޖެހޭ 2.54 މިލިއަން ރުފިޔާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 28 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހެޅެހިފައެވެ.

    މ. ކޮކާހަނދުވަރު، މުޙައްމަދު ނިމާލްއާއި،

    ދަފްތަރު ނަންބަރު ރސ 13520، މިންހާޖު ވަޙީދުގެ މައްޗަށް؛

    ޤާނޫނު ނަންބަރު: 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުން.

    ދަޢުވާކުރާ ސަބަބު:

    2013 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް މުޙައްމަދު ނިމާލް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމުގައިހުރެ، އަދި މިންހާޖު ވަޙީދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރ ގެ މަޤާމުގައިހުރެ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ، ޕްލާންކްޓަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާ, ނިއުމެޓިކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު މުދާ ގަތުމަށް ވެފައިވާ އެއްބަސްވުންތަކުގައި އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް ޕޮލިސީގައި، މުދާ ޑެލިވަރކުރުމަށް ކަނޑައަޅާ މުއްދަތު ފާއިތުވާ ފަހުން މުދާ ޑެލިވަރކޮށްފިނަމަ، ލަސްވި ދުވަސްތަކަށް ލިކުއިޑޭޓެޑް ޑެމޭޖަސް އުނިކުރަންވާނެކަމަށް ބަޔާންކޮށްފައިވަނިކޮށް،  ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި، ޕްލާންކްޓަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، އަދި ނިއުމެޓިކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ކޮށްފައިވާ މުޢާމަލާތްތަކެއްގެ ތެރެއިން އެއްބަސްވި މުއްދަތުގައި ދައުލަތަށް މުދާ ލިބިފައިނުވާއިރު، އޭގެ ބަދަލުގައި ދައުލަތަށް ލިބެންޖެހޭ ލިކުއިޑޭޓް ޑެމޭޖެސް ދައުލަތަށް ލިބިފައިނުވަނީ މި ދެމީހުންގެ ޢަމަލުތަކުގެ ސަބަބުންކަމުގައިވާތީ.

    މި މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށް ތުހުމަތުކުރެވުނު ނަމަވެސް، އެ ދެމީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީއާއި, ދަޢުވާކުރުމުގެ މަސްލަޙަތު އޮތްކަމަށް ނުފެންނާތީ އެ ދެމީހުންގެ ބައި އަނބުރާ ފޮނުވާލާފައިވާނެއެވެ.

  • 19 ފެބުރުވަރީ 2023

    ޢައްބާސް ޢާދިލް ރިޟާގެ މައްޗަށް ދަޢުވާކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން.

    ދަޢުވާ: ފަނާކޮށްފާނެކަމުގެ ބިރުދެއްކުން

    ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން.

    ދަޢުވާކުރާ ސަބަބު: 22 ޑިސެންބަރު 2022 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި ޢައްބާސް ޢާދިލް ރިޟާ ވާހަކަ ދައްކަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއާއި، 23 ޑިސެންބަރު 2022 ދުވަހު ޢައްބާސް ޢާދިލް ރިޟާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާތީ.

    ކުށުގެ އަދަބު: 1އ 7މ 6ދ

  • 13 ފެބުރުވަރީ 2023

    29 ސެޕްޓެންބަރު 2017 ދުވަހުގެ 21:56 އެހައިކަށްހައިއިރު، ހުޅުމާލެ ހާފްވޭ ހައުސް ކައިރީގައި ގއ. ދާންދޫ، ގޯލްޑްލީފް، ހާރިސް ޢަބްދުލްޣަފޫރުއަށް ތޫނުއެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން މަރުވި މައްސަލައިގައި، ޏ. ފުވައްމުލައް، ހޯދަޑު، ހިލްޓަން ޔާމީން ރަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 29 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކުރެއްވުމާ ގުޅިގެން، އެ މައްސަލަ 12 ފެބްރުވަރީ 2023 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

  • 24 ޖަނަވަރީ 2023

  • 19 ޖަނަވަރީ 2023

    ލ. ކަލައިދޫ، މާކަރީލައިޓް، މުޙައްމަދު ޝަޒްލީފްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރޭޕްކުރުމުގެ ކުށުގެ ދަޢުވާއާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް 18 ޖަނަވަރީ 2023 ދުވަހު ކްރިމިނަލް ކޯޓުން ކަނޑައަޅުއްވައިފިއެވެ.

    ޙާދިސާ ހިނގި ތާރީޚް: 06 ޖަނަވަރީ 2018 ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައި

    ޙާދިސާ ހިނގި ތަން: ލ. ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެ

    ދަޢުވާގެ ކުރު ޚުލާޞާ: އަނިޔާލިބުނު ޢުމުރުން 17 އަހަރުގެ ކުއްޖާ ޙާދިސާ ހިނގި ތަނަށް ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ނަގާފައިވާތީ.

    ކޯޓަށް ހުށަހެޅުނު ދުވަސް: 05 ފެބްރުވަރީ 2018

    އަދަބު ކަނޑައެޅިގޮތް:

    ރޭޕްގެ ކުށް ސާބިތުވެފައިވާތީ ޖިންސީ ކުށުގެ ޤާނޫނު ގެ 14 ވަނަ މާއްދާގެ (ނ) ގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް.

    ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައިވާތީ، ކުޑަކުދިންނަށް ޖީންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް،

    އެކު ޖުމްލަ 40 (ސާޅީސް) އަހަރަށް ޖަލަށްލުމަށް، އަދި އެ މުއްދަތުން ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު ކަމުގައިވާ 2 އަހަރާއި 1 މަހާއި 14 ދުވަސް އުނިކޮށް.

  • 29 ޑިސެންބަރު 2022

    މިއަދަކީ އަހަރުގެ އެންމެ ފަހު މަސައްކަތު ދުވަހެވެ. އަޅުގަނޑުމެންގެ މަސައްކަތްތައް ރިޕޯޓް ކުރެއްވުމުގައި ތިބޭފުޅުން ދެއްވި ސަމާލުކަމާއި, އަދި ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ މަސައްކަތްތަކާ ގުޅޭގޮތުން ޞައްޙަ ތެދު ޚަބަރު ގެނެސްދެއްވުމަށް ތިބޭފުޅުން ދެއްވި އިސްކަމަށްޓަކައި ޝުކުރު ދަންނަވަމެވެ.

    އަޅުގަނޑުމެން އަހަރު މި ނިންމާލަނީ 2162 މައްސަލައިގެ ޑިއުޓީ ޕްރޮސިކިއުޝަން ނިންމާފައެވެ. 1920 ދަޢުވާ ކޯޓަށް ހުށަހަޅާފައެވެ. އަދި 1234 މައްސަލަ ކޯޓުގައި ކާމިޔާބުކޮށްފައެވެ.

    މިހާރު 2022 ވަނަ އަހަރުގެ އެންމެހައި ތަފާސްހިސާބުތައް “އާމަހި” ވެބްސައިޓުން ފެނިވަޑައިގަންނަވާނެއެވެ. މި ތަފާސްހިސާބުތަކުން މި ނިޒާމު ހިނގަމުންދާގޮތުގެ ތަޞައްވުރެއް ސިކުނޑިއަށް ގެނެވޭނެއެވެ.

    އަޅުގަނޑުމެންގެ ސިޔާސަތަކީ ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި މަޢުލޫމާތު ހާމަކުރުމެވެ. މިކަމަށް ފަހިވާނެ އިތުރު ދޮރުތަށް 2023 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ހުޅުވާނަމެވެ.

    ތިބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ މިންވަރަށް މަޢުލޫމާތު ހާމަކުރެވޭކަމަށް އުންމީދު ކުރަމެވެ. އަދި އެކިއެކި ސަބަބުތަކަށްޓަކައި ބައެއް މަޢުލޫމާތު ހާމަނުކުރެވޭކަމަށްޓަކައި, އަދި ބައެއް ބޭފުޅުންގެ ސުވާލުތަކަށް ވަކި ޖަވާބެއް ނުދެވި ވެދާނެކަމަށްޓަކައި މަޢާފަށް އެދެމެވެ.

    އެންމެ ބޭފުޅުންނަށް ބާއްޖަވެރި 2023 އަކަށް އެދެމެވެ. 

  • 28 ޑިސެންބަރު 2022

    06 އޮގަސްޓު 2022 ދުވަހު ހ. ޝީރީންވިލާގޭގައި، ތޫނުއެއްޗަކުން ޙަމަލާދީ އަންހެނަކު މަރާލި މައްސަލައިގައި ފ. ނިލަންދޫ، ފިނިފެންމާގެ، ޢަލީ ސާހިލްގެ މައްޗަށް:

    ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން އިތުރު 2 ދަޢުވާ، އެކު ޖުމްލަ 5 ދަޢުވާ ކުރުމަށް 28 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

  • 20 ޑިސެންބަރު 2022

  • 20 ޑިސެންބަރު 2022

     

     

    https://aamahi.pgo.mv/

    I think this website will be especially helpful to u. Now you dont have to request for statistics. It is now readily available. This website is automatically synced with our case management system every 6 hours. So u have access to real-time data now.

     

     

  • 08 ޑިސެންބަރު 2022

  • 01 ޑިސެންބަރު 2022

    ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ގެ 30 ވަނަ މާއްދާގެ (ހ) ގައި، ޙުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި މިއޮފީހުން ކޯޓަށް އެކަން އަންގަން ވާނެކަމަށް ބަޔާންކޮށްފައިވާތީ, ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މަޢުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ހޯދައި, ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ މަޢުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މި އޮފީހުން މިދަނީ ކުރަމުންނެވެ.

    މި އޮފީހުން ހޯދި މަޢުލޫމާތަށް ބަލާއިރު ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ، ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ވަނީ ފާހަގަވެފައެވެ.

    އެފަދަ މީހުންގެ މައްޗަށް އަލުން ޖަލު އަދަބު ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް އެ ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރަށް ކަނޑައެޅޭނެއެވެ.

  • 29 ނޮވެންބަރު 2022

    119 ކިލޯ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައިގައި, ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކޮށްފައިވާ ގދ. ހޯނޑެއްދޫ, އަލޯރާ އަޙްމަދު މުޖާހިދު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނީކޮށް, 23 ނޮވެންބަރު 2022 ދުވަހު ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވާހަކަ ދަންނަވަން.

  • 20 އޮކްޓޫބަރު 2022

    https://hushameem.com/blogs/diversiongavaid

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރަމުންދާ ދެގަވާއިދަކަށް އިޞްލާހެއް ގެނެސް، އެކަން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ. މިދެގަވާއިދަށް ބަދަލު ގެންނަން ޖެހުނީ،ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުށުގެ ޢަމަލުގައި ހިމެނޭ ކުޑަކުދިންގެ މައްޗަށް ޑައިވަރޝަން ޕްރޮގްރާމް ހިންގުމަށް ދިމާވަމުން ދިޔަ ބައެއް ގޮންޖެހުންތައް ޙައްލުކޮށް، މާނަހުރި ގޮތެއްގައި، އެޤާނޫނުގައި ބުނާ ޕްރޮގްރާމްތައް ހިންގޭނެ ޤާނޫނީ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކުރުމަށެވެ.

  • 15 އޮކްޓޫބަރު 2022

    ޑިއުޓީ ޕްރޮސިކިއުޝަނަށް މައްސަލަތަކެއް ހުށަހެޅުނު ވާހަކަ ދާދިފަހުން މީޑިއާގައި ތިލަވެފައިވެއެވެ. އެއާއެކު، މިއީ ކިހިނެތް ހިނގާ ކަމެއްކަމާމެދު މީހުން އަޅުގަނޑާ ސުވާލުކުރާތީ، ޑިއުޓީ ޕްރޮސިކިއުޝަންގެ ތާރީޚާއި، މިހާރު ހިނގާ ގޮތާއި ކުރިއަށް އޮތް ތަނުގައި ހިނގަން އަޅުގަނޑު ތަޞައްވަރު ކުރާގޮތް ލިޔަން ޤަޞްދުކުރީއެވެ. ޑިއުޓީ ޕްރޮސިކިއުޝަން އެންމެ ފުރަތަމަ ފެށުނީ 26 ނޮވެމްބަރ 2013 ވީ އަންގާރަ ދުވަހުއެވެ. އޭގެފަހުން، މިއަދާ ހަމައަށް ބޮޑެތި ބަދަލުތަކެއް އެނިޒާމަށް އައިސްފައިވެއެވެ.

    https://hushameem.com/blogs/dutyprosecution

  • 13 އޮކްޓޫބަރު 2022

    ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށް، ބަންދުކޮށްގެން ކޯޓަށް ހާޟިރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށް، 12 އޮކްޓޫބަރު 2022 ދުވަހުގެ 19:45 އަށް އަރުޝަދު ޚާލިދު އެ ކޯޓަށް ޙާޟިރުކޮށްފައިވަނީ ހައްޔަރުން ދޫކޮށްލައި، އެކަމާ ގުޅޭ ލިޔުމެއް އޭނާއަށް ރައްދުކުރުމަށްފަހުގައެވެ. 

    މި ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކޮށްފައިވާގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފެވެ.

    އަރުޝަދު ޚާލިދު ހައްޔަރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރުމާއެކު، މި އޮފީހުން ގެންދިޔައީ މިކަމުގައި ޢަމަލުކުރަންވީގޮތުގެ އިރުޝާދު ދިވެހި ފުލުހުންގެ ޚިދުމަތަށް ދެމުންނެވެ. އަރުޝަދު ޚާލިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް މި އޮފީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާނެއެވެ. އަދި އޭނާ ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުން މި އޮފީހުގެ ލަފަޔަކަށް އެދިފައިވެސް ނުވެއެވެ. އަދި މިކަން ހިނގާފައިވަނީ މައްސަލަ ތަޙުޤީޤުކުރާ ފަރާތާއި، ތަޙުޤީޤުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތިކަމަށް މި އޮފީހަށް މަޢުލޫމާތު ލިބިފައިވެއެވެ.

    އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި އޮފީހުން ވާނީ އަންގާފައެވެ. އަދި މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފައެވެ.

    މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންތަކެއް ގޯސްތަކެއް ހަދާފައިވީނަމަވެސް، މިމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނަމެވެ.

  • 11 އޮކްޓޫބަރު 2022

  • 09 އޮކްޓޫބަރު 2022

    02 ޖޫން 2022 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާއަށް ތޫނުއެއްޗަކުން ޙަމަލާދީ މަރާލި މައްސަލާގައި ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ، އަދި ޢުމުރުން 18 އަހަރު ނުފުރޭ އިތުރު 03 (ތިނެއް) ކުދިންގެ މައްޗަށް ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ބ) ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާ 06 އޮކްޓޫބަރު 2022 ދުވަހު ޖުވެނައިލް ކޯޓަށް ހުށަހަޅައިފީމެވެ.

    މި މައްސަލައިގައި  ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާލިބޭ 03 (ތިނެއް) ކުދިންގެ ތެރެއިން 02 (ދޭއް) ކުދިން ކުށަށް އިޢުތިރާފުވެ، ޑައިވާރޝަން ފުރުޞަތަށް އެދިފައިވާތީ ޤާނޫނު ނަންބަރު: 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ ދަށުން ޑައިވާރޝަން އެގްރީމެންޓް ހެދިފައިވެއެވެ.

    އަދި މިމައްސަލައިގައި ތުހުމަތުކުރެވޭ ޢުމުރުން 18 އަހަރުން މަތީގެ 05 (ފަހެއް) މީހެއްގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ. ތަޙުޤީޤުގައި ކުރަންހުރި މަސައްކަތްތަކަށް ބަލައި، މައްސަލަ ތަޙުޤީޤުކުރުމުގެ މުއްދަތު ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން މި އޮފީހުން މިގެންދަނީ އިތުރުކޮށްދެމުންނެވެ.

    މައްސަލައިގައި ދަޢުވާލިބޭ 04 (ހަތަރެއް) ކުދިންނާއި، ތުހުމަތުކުރެވޭ 05 (ފަހެއް) މީހުން ތިބީ ބަންދުގައެވެ.

  • 03 އޮކްޓޫބަރު 2022

    YOGA dhuvahuge hamanujehumuge massalaiga dhauvaa kurun

    http://www.pgoffice.gov.mv/pdf-preview-dhv?press=42

  • 18 ސެޕްޓެންބަރު 2022

    ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރްގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 (ސާޅީސް) ދަޢުވާ 17 ސެޕްޓެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން.

  • 14 ސެޕްޓެންބަރު 2022

    ފެބްރުވަރީ 2021 ދުވަހު ގއ. މާމެންދޫގައި ހިނގި މާރާމާރީގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށް ޢުމުރުން 17 އަހަރުގެ ކުއްޖަކު މަރުވި މައްސަލައިގައި، ޢުމުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓަށް ހުށަހެޅި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް މިއަދު (14 ސެޕްޓެންބަރު 2022) ޖުވެނައިލް ކޯޓުން ކަނޑައަޅުއްވައިފިއެވެ.

    ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަަށް ކުރިއަށް ގެންދާނެއެވެ.

    މި މައްސަލައިގައި އަޙްމަދު ޝަމީމްއާއި، ޝަރަފު ރަޝީދާއި، މުޙައްމަދު މާޒިންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެއެވެ. މި ތިން މީހުންގެ ބައި އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައެވެ.

  • 12 ސެޕްޓެންބަރު 2022

  • 22 އޮގަސްޓް 2022

    ބަނގްލަދޭޝް ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 04 (ހަތަރެއް) މީހެއްގެ މައްޗަށް، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ 18 އޮގަސްޓު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    އެއީ އެމްޑީ އަލަމްގިރް، އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު، މުޙައްމަދު ނަޝީދު، ޢަބްދުއްރަޙްމާނު ރަފީޢުއެވެ.

  • 04 ޖުލައި 2022

    ށ. ފޭދޫ ރެޑިއަމްގެ، އާދަމް، 02 ޖޫން 2022 ދުވަހު 21:18 ހާއިރު ށ. ފޭދޫ ރެޑިއަމް ގޭގައި މީނާގެ އަނބިމީހާއަށް އަނިޔާކޮށް ތޫނު ވަޅިއަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލައިގައި، އާދަމްގެ މައްޗަށް ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ 30 ޖޫން 2022 ދުވަހު ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިން.

  • 03 ޖުލައި 2022

    31 ޖުލައި 2020 ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑޫސިޓީ ހިތަދޫގައި ނަފްސާނީ ގޮތުން ނުކުޅުދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާމެދު ގަދަކަމުން ބަދުއަޙްލާޤީ ޢަމަލު ހިންގި މައްސަލާގައި،

    ކ. މާލެ، ދަފްތަރު ނަންބަރު 963، މަޚްތޫމް މޫސާ ދީދީއާއި، ސ. ހިތަދޫ، ޒަހާމަންޒިލް، ޢަލީ ޝިމާޢު ޒުބައިރުގެ މައްޗަށް،

    ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި، ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެކަމަށް ކަނޑައަޅައި،

    ޖިންސީ ކުށުގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގެ ދަށުން، މި ދެމީހުން 15 (ފަނަރަ) އަހަރަށް ޖަލަށްލުމަށް 30 ޖޫން 2022 ގައި ޙުކުމްކޮށްފި.

  • 13 ޖޫން 2022

    ޕާކިސްތާނު ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދު، 16 އެޕްރީލް 2022 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅިގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި މުޙައްމަދު އާބިދުގެ މައްޗަށް، ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ 15 ޖޫން 2022 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން.

  • 02 ޖޫން 2022

    24 މާރިޗު 2022 ދުވަހު މ. ލަވްނެސްޓް ގޭގައި ބަރުދަނުގައި ގައިގަނޑަކަށް 42 (ސާޅީސް ދޭއް) ކިލޯ ހުންނަ ވަރުގެ މަސްތުވާތަކެތި (ޑައިމޯފިން) ރައްކާކޮށްފައި ހުއްޓާ ފެނިގެން ފުލުހުން ތަޙުޤީޤުކޮށް މި އޮފީހަށް ހުށަހެޅި މައްސަލައިގައި ދަޢުވާ ނުކުރުމަށް މި އޮފީހުން ނިންމައިފީމެވެ.

    މި އޮފީހުގެ ނިންމުން ބިނާވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.

    1. މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުޞަތު ލިބިމެ، އެގެ ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވުމާއި، ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ، މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ. ލަވްނެސްޓަށް ފުލުހުން ވަދެ ބަލައިފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވުން.

    2. މި މައްސަލައިގެ ސީންގައި ކަންވީގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން  ފާހަގަވެފައިވުން.

    3. މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަޙުޤީގަށް ނަގައި، ތަޙުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތަތީއާއި، މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ޤަރީނާ ހޯދިފައި ނުވުން.

  • 01 ޖޫން 2022

    ކ. މާލެ، ގ. ޗެރީހައުސް، ޢަލީ ޙަސަން 02 މޭ 2022 ދުވަހުގެ 04:30 ހާއިރު، ގއ. ވިލިނގިލި، ޝާދީވިލާ ގެއަށް ހުއްދަނުހޯދައި ވަދެ، އެގޭގައި ތިބި ބަޔަކާމެދު މާރާމާރީ ހިންގައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި، ޢަލީ ޙަސަންގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 06 ޖޫން 2022 ގައި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިން.

    1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 230 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ.

    އަސާސީ އަދަބު: 4 މަހާއި 24 ދުވަސް

    2. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ.

    އަސާސީ އަދަބު: 1 މަހާއި 6 ދުވަސް

    3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ i ގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ 02 (ދޭއް) ދަޢުވާ.

    އަސާސީ އަދަބު: ކޮންމެ ދަޢުވާއަކަށް 1 އަހަރާއި 7 މަހާއި 6 ދުވަސް

    4. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ.

    އަސާސީ އަދަބު: 2 މަހާއި 12 ދުވަސް

    5. މީނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްދެއްވުން އެދި 07 ޖޫން 2022 ގައި ފޯމް ހުށަހަޅާފައިވީނަމަވެސް، ބަނދާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގެ އަޑުއެހުމެއް މިމަހުގެ 13 ވަނަ ދުވަހަށް ކޯޓުން ތާވަލުކޮށްދެއްވައިފި.

  • 30 މޭ 2022

     

    ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތައް އެއްތަނަކުން ފެންނަން ހުންނާނެގޮތަށް ޕީޖީ އޮފީހުން އެކުލަވާލާފައިވާ "ލެތުން" ޑޭޓާބޭސް އިފްތިތާޙްކޮށްފިއެވެ.

    މިކަމަށްޓަކައި ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި "ލެތުން" ޑޭޓާބޭސް ލޯންޗްކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއް ސުޢޫދެވެ.

    "ލެތުން" ޑޭޓާބޭސްއަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުޞޫލުތަކާއި، އެހެން ޤާނޫނީ ވަޞީލަތްތައް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ފަރުމާކޮށްފައިވާނީ އެ ޤާނޫނުތަކާއި ގަވާއިދުތަކަށް އެކި ފަހަރުމަތިން ގެނެސްފައިވާ އިޞްލާޙްތައް ޤާނޫނާ އެއްކޮށް، ކޮންސޮލިޑޭޓްކޮށްގެންނެވެ. އަދި ވަކި ވަކި ކަމަކާ ގުޅޭގޮތުން ހޯދުމެއް ހޯދާނަމަ ވެބްސައިޓް މެދުވެރިކޮށް ސާރޗްކުރެވޭނެއެވެ. ވަކި މަޢުޟޫޢަކާ ގުޅޭގޮތުން ހޯދާނަމަ "ޓެގްސް" ސާރޗްކޮށްގެން އެ މަޢުޟޫޢަކާ ގުޅޭގޮތުން ހުރި ކޮންޓެންޓް ފެންނަން ހުންނާނެއެވެ. އަދި ފަހުން ބެލުމަށްޓަކައި މާއްދާތައް ބުކްމާރކްވެސް ކުރެވޭނެއެވެ.

    މި ޑޭޓާބޭސް ލޯންޗްކުރުމަށްޓަކައި ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ވިދާޅުވީ މި މަސައްކަތުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ކަންކަމުގައި ދިރާސާކުރާ މީހުންނަށްކަމަށެވެ. އެގޮތުން އެއް މަޢުޟޫޢަކާ ގުޅުންހުރި މަޢުލޫމާތު އެކި މުއައްސަސާތަކުގެ ވެބްސައިޓްތަކުން އެއްކުރުމުގެ ބަދަލުގައި މިހާރު "ލެތުން" މެދުވެރިކޮށް ހުރިހާ އެއްޗެއް ބެލޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިމަސައްކަތް ފެއްޓެވުމުގެ ޚިޔާލު އުފަންވެގެން އައީވެސް، ކަމެއް ދިރާސާކުރުމަށް މަޢުލޫމާތު އެއްކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ. މި މަސައްކަތް ކާމިޔާބު ކުރުމުގައި އެކި ގޮތްތޮތުން އެހީތެރިކަން ދެއްވި ފަރާތްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި ޕީޖީ އޮފީހުގެ މުވައްޒަފުން މިކަމުގައި އަދާކުރެއްވި ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

    މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއް ސުޢޫދު ވަނީ ކަންކަން ޙައްލުކުރުމުގައި ތަފާސްހިސާބު ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން "ލެތުން" އަކީ ޤާނޫނީ އެކި ދިރާސާތައް ކުރުމުގައި ބޭނުންކުރެވޭނެ މުހިންމު ވަސީލަތަކަށް ވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

    މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ޔޫއެންޑީޕީ ގުޅިގެން ހަދާފައިވާ އޯޑިއޯ ވީޑިއޯ ފޮތްތަކެއް ނެރުންވެސް ކުރިއަށްދިޔައެވެ. މިއީ ޖިނާއީ މައްސަލަތަކުގައި އަނިޔާލިބޭ މީހުންނާއި، ހެކިބަސްދޭ މީހުންނަށް މި ނިޒާމު ހިނގާގޮތް ދަސްކޮށްދިނުމުގެ ބޭނުމުގައި އެކުލަވާލާފައިވާ ފޮތްތަކެކެވެ. މި ފޮތްތައްވެސް "ލެތުން" އިން ފެންނަން ހުންނާނެއެވެ.

    މި ރަސްމިއްޔާތުގައި ބަންޑާރަނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތާއި، ޤާނޫނީ ފަންނުގެ އިސްވެރިންނާއި، ޤާނޫނީ ވަކީލުން ބައިވެރިވެވަޑައިގެންނެވިއެވެ.

    https://lethun.pgo.mv/

     

  • 23 މޭ 2022

    މއ. އުދުހޭކޮކާ ޙުނައިން ބިން ޢަލީއާއި، ލ.މާވަށް، ރެޑިއަމްގެ ހުނޭސާ އާދަމް ނަސީރާއި، ގއ.ދާންދޫ، ޕެލަސްހައުސް، މުހައްމަދު އާދަމް 28 މާރިޗު 2022 ދުވަހު މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކަތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 18 މޭ 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން.

    ގއ.ދާންދޫ، ޕެލަސްހައުސް، މުޙައްމަދު އާދަމްގެ މައްޗަށް:

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

     

    މއ. އުދުހޭކޮކާ ޙުނައިން ބިން ޢަލީގެ މައްޗަށް:

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

     

    ލ.މާވަށް، ރެޑިޔަމްގެ، ހުނޭސާ އާދަމް ނަސީރުގެ މައްޗަށް:

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

    ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.

     

    މި މައްސަލައިގައި ކޮށްފައިވާ ދަޢުވާތަކުގައި ހިމެނެނީ ގައިގަނޑަކަށް 353 ގްރާމް ޑައިމޯފިންއާއި، 18 ގްރާމް މެތްއާއި، 139 ގްރާމް ކެނެބިސްއެވެ.

  • 19 މޭ 2022

    ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ކަވްސަރު އަލަމްއާއި ނ. ވެލިދޫ، މަރިޔާޒް، މުޙައްމަދު ޢަބްދުއްލަޠީފްއާއި، އިންޑިޔާ ރައްޔިތެއްކަމަށްވާ ސުމޭޝް ކޭއޭ ކްރިޝްނަން ކުޓީއާއި ގ. ޕާކަރހައުސް ހުސައިން ޞަބާހް 14 މާރިޗު 2022ވަނަ ދުވަހު ދިވެހިރާއްޖެއަށް ބަރުދަނުގައި 12 (ބާރަ) ކިލޯ ހުންނަ ވަރުގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރާކަމަށާއި، މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް މި އޮފީހުން ނިންމައިފިން.

    އިންޑިޔާ ރައްޔިތެއްކަމަށްވާ ސުމޭޝް ކޭއޭ ކްރިޝްނަން ކުޓީގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 19 މޭ 2022 ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައި:

    1. ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އާއި 138 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ އެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ. 

    2. ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 116 ވަނަ މާއްދާގެ (ހ) އާއި، 148 ވަނަ މާއްދާއާ ޙަވާލާދީ، އެ ޤާނޫނުގެ 116 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

    ނ.ވެލިދޫ، މަރިޔާޒް، މުޙައްމަދު ޢަބްދުއްލަޠީފްގެ މައްޗަށް ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 114 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، 114 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ 19 މޭ 2022 ދުވަހު ޑްރަގް ކޯޓަށް ހުށަހެޅިފައި.

     ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ކަވްސަރު އަލަމްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށް ނުފެންނާތީ، އޭނާގެ ބައި އަނބުރާ ފޮނުވާލައި، އޭނާ ދިވެހިރާއްޖެ ނާދެވޭގޮތަށް ޑީޕޯޓްކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަންގައި ދެންނެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައި.

    ގ. ޕާކަރހައުސް ހުސައިން ޞަބާހްގެ ބައި އިތުރަށް ތަޙްޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައި.

  • 12 މޭ 2022

  • 10 މޭ 2022

    http://pgoffice.gov.mv/storage/app/media/press_release_08_may.pdf

    Press release regarding attack on President Nasheed

  • 08 މޭ 2022

    ނ. މިލަދޫ، ފަތަގުމާގެ، ޢަބްދުﷲ ޝުހާދު އަޙްމަދު 18 ފެބުރުވަރީ 2022 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މިލަދޫ، މާގަސްދޮށުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައިގައި ޢަބްދުﷲ ޝުހާދު އަޙްމަދުގެ މައްޗަށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 220 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ އެމާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން، މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދަޢުވާ 06 އެޕްރީލް 2022 ދުވަހު ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިން.

  • 19 އެޕްރީލް 2022

     

    ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރު، ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތައް ތާޢީދުކޮށް، އެ ޖަމާޢަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަރނެޓް މެދުވެރިކޮށް ފަތުރައި ޝާއިޢުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި، ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 18 އެޕްރީލް 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތަފްޞީލް:

    1. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 08 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާ.

     ސަބަބު: މީނާގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާދިނުމަށާއި، މީހުން މެރުމަށާއި، ތަންތަނަށް ގެއްލުންދީ ޢުދުވާނީ ހަމަލާތައް ދިނުމަށް ގޮވާލައި، އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ޖަމާއަތުން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކި އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯ އިސްލާމިކް ސްޓޭޓް ޖަމާޢަތާ ގުޅުންހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ޙިއްޞާކޮށް، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދީފައިވާތީ.

    އަދަބު: 10 އަހަރާއި 15 އަހަރާ ދެމެދު

    2. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 09 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިއުންތައް ފެތުރުން.

    ސަބަބު: އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމަށް ހިތްވަރުދީ އެ ޖަމާޢަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަރނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާފައިވާތީ.

    އަދަބު: 10 އަހަރާއި 15 އަހަރާ ދެމެދު

    3. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން، ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން.

     ސަބަބު: މީނާ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާތީ.

    އަދަބު: 10 އަހަރާއި 15 އަހަރާ ދެމެދު

    4. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 1-16 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރުން.

     ސަބަބު: މީނާ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ތާއީދުކޮށްފައިވާތީ.

    އަދަބު: 03 އަހަރާއި 05 އަހަރާ ދެމެދު

    5. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 1-16 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން.

     

    ސަބަބު: މީނާ މީނާ އިސްލާމިކް ސްޓޭޓް ޖަމާޢަތާއި، އެ ޖަމާޢަތުގެ އެކި ވިލާޔަތްތަކަށް ތާއީދުކުރާކަން ދޭހަވާފަދަ ލިޔުންތަކާއި، ފޮޓޯއާއި، ވީޑިއޯ ގެންގުޅެފައިވާތީ.

    އަދަބު: 01 އަހަރާއި 03 އަހަރާ ދެމެދު

     

    ހޫދު މުޙައްމަދު ޒާހިރުއާ ގުޅޭ މަޢުލޫމާތު ދިވެހިރާއްޖެއާ ޙިއްޞާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުންނެވެ. މި މައްސަލައިގެ ތަޙުޤީޤަށް ބޭރުގެ އެކި ޤައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަޙުޤީޤީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވެއެވެ.

     

  • 17 އެޕްރީލް 2022

    ޔާމީން ރަޝީދު މަރާލި މައްސަލައިގައި ގދ. ގައްދޫ, ސިންދުބާދުގެ، މުޙައްމަދު ދިފްރާންއާއި، ކ. މާލެ, މ. ޠާއިފް، އިސްމާޢީލް ރަޝީދުގެ މައްޗަށް ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން ކްރިމިނަލް ކޯޓަށް ހުށަހެޅި, ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ނިންމެވި ނިންމެވުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފީމެވެ.

    މިމައްސަލައިގައި ދަޢުވާކުރި ހ. އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ. އިރާސްމިކް، އަޙްމަދު ޒިހާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، އަޙްމަދު ޒިހާން އުމުރަށް ޖަލަށްލުމާއެކު، ޔާމީންގެ ރަޝީދުގެ މަރުގެ ދިޔައިގެ ގޮތުގައި -/1،333،333 (އެއްމިލިއަން ތިންސަތޭކަ ތިރީސް ތިން ހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ) ޔާމީން ރަޝީދުގެ ޢާއިލާއަށް ދިނުމަށް އަންގަވައި 11

    ޖަނަވަރީ 2022 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވާފައިވެއެވެ.

  • 12 އެޕްރީލް 2022

  • 13 މާރިޗު 2022

    އިންޑިއާ ރައްޔިތެއްކަމަށްވާ ސްރިނިވަސަން ސުބްރަމަނި، 02 ފެބްރުވަރީ 2022 ދުވަހު، މާލޭ ގެއެއްގެ ތެރޭގައި، އޭނާގެ އަނބިމީހާއަށް ވަޅިން ހަމަލާދިން މައްސަލައިގައި ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް، ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ކުރުމަށް 10 މާރިޗު 2022 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން.

    މީނާ ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުގައި. 10 މާރިޗު 2022 ދުވަހު ބޭއްވުނު ބަންދު އަޑުއެހުމުގައި ދައުލަތުން އެދުނީ މީނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްދޭން. ނަމަވެސް ކޯޓުން ބަންދަށް ދެއްވީ 10 ދުވަސް. އަދި އޭގެ ފަހުން މީނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު މައްސަލަ ބައްލަވާ ޤާޟީ ގޮތެއް ނިންމަވާނެ.