ރ. އުނގޫފާރު، ބ. އޭދަފުށި އަދި ޅ. ނައިފަރުގެ މުއައްސާތަކާ ބައްދަލުކުރެއްވުން

07 ފެބުރުވަރީ 2016

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އުތުރުގެ ރައްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީދަތުރުފުޅުގައި ރ. އުނގޫފާރު، ބ. އޭދަފުށި އަދި ޅ. ނައިފަރަށް ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި މި ތިން އަތޮޅުގެ އަތޮޅު އަދި ރަށު ކައުންސިލްގެ މެންބަރުންނާއި، ފުލުހުންގެ އިދާރާގެ ބޭފުޅުންނާއި އަދި ކޯޓުގެ މެޖިސްޓްރޭޓުންނާއި ބައްދަލުކުރައްވައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހުރި ދަތިތަކާއި އެދަތިތައް ޙައްލުކުރުމަށް މި މުއައްސަސާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި މިއަދު ބ. އަތޮޅުގެ މުއައްސަސާތަކާއި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށްފަހު ހަވީރުގެ ވަގުތެއްގައި އެނބުރި މާލެ ވަޑައިގަންނަވާގޮތަށްވަނީ ހަމަޖެހިފައެވެ.