'އިންޑިއަން އޯޝަން ފޯރަމް އޮން މެރިޓައިމް ކްރައިމް' ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ފުރާވަޑައިގެންފި

21 މާރިޗު 2016

ޔޫއެންއޯޑީސީ ގެ ފަރާތުން އިންތިޒާމްކުރައްވައިގެން 2016 މާރިޗު 21-23 ގެ ނިޔަލަށް ސްރީލަންކާގެ ކޮޅުނބުގައި ކުރިއަށްދާ 'އިންޑިއަން އޯޝަން ފޯރަމް އޮން މެރިޓައިމް ކްރައިމް (ޕްރޮސިކިއުޓަރސް ނެޓްވަރކް)' ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް 2016 މާރިޗު 20 ވަނަ ދުވަހު ސްރީލަންކާ އަށް ފުރާވަޑައިގެންފިއެވެ.

 

'އިންޑިއަން އޯޝަން ފޯރަމް އޮން މެރިޓައިމް ކްރައިމް' އަކީ އިންޑިޔާ ކަނޑުގައިވާ ކޯސްޓަލް އަދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ކުރާ މެރިޓައިމް ކުށްތައް ހުއްޓުވުމާގުޅޭގޮތުން އެކުގައި މަސައްކަތްކުރުމަށް ޔޫއެންއޯޑީސީގެ ފަރާތުން އުފައްދަވާފައިވާ ގްރޫޕެކެވެ.

 

ތިންދުވަހުގެ މުއްދަތަށް ކުރިއަށްދާ މިފޯރަމްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ހެރޮއިން ޓްރެފިކްކުރުމާއި، ކަނޑުމަތީ ފޭރުމާ، ހުއްދަނުހޯދާ ކުރާ މަސްވެރިކަމާއި، ވަގުފާރީގެ ކުށް ހިމެނެއެވެ.

 

ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2016 މާރިޗު 24 ވަނަ ދުވަހު އެވެ.