-
11 ޖުލައި 2026
ގެއެއްގެ ތިޖޫރީ ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށްނެގި ބައެއްގެ މައްޗަށް ދަޢުވާކުރުން
15 މާރިޗު 2026 ދުވަހުގެ ވަގުތެއްގައި މ. ނަލަހިޔާ ރެސިޑެންސްގޭގެ އެޕާޓްމަންޓެއްގައި ހުރި 2 (ދޭއް) ތިޖޫރީ ފަޅާލައި، އޭގައި ހުރި 3,992,000 (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށްނެގި މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 25 ޖޫން 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) ގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން:
1. މ. އޭސިޔާ، އަޙްމަދު ފާރިސް
2. ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު
3. ސ. މީދޫ، މޫންލައިޓްވިލާ، މުޙައްމަދު އަފްރާޙް
4. ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފް
5. ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު
މި ދަޢުވާ ކޮށްފައިވާނީ 15 މާރިޗު 2026 ދުވަހު 21:02 އެހައިކަށްހައިއިރު، މި މީހުން ބައިވެރިވެގެން މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ތިޖޫރީތަކަކަށް ގެއްލުންދީ އެ ތިޖޫރީތަކުގައި ހުރި 3,992,000 (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށް ނަގާފައިވާތީއެވެ.
އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން.
ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 230 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުން:
1. މ. އޭސިޔާ، އަޙްމަދު ފާރިސް
2. ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު
3. ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު
މި ދަޢުވާ ކޮށްފައިވަނީ 15 މާރިޗު 2026 ދުވަހު މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަށް އެ އެޕާޓްމެންޓްގެ ވެރިފަރާތުގެ ހުއްދަނެތި ވަދެފައިވާތީއެވެ.
އަސާސީ އަދަބު: 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން.
ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 220 ވަނަ މާއްދާގެ (ހ) ގެ ދަށުން، މުދަލަށް ގެއްލުން ދިނުން:
1. މ. އޭސިޔާ، އަޙްމަދު ފާރިސް
2. ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު
3. ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު
މި ދަޢުވާ ކޮށްފައިވަނީ 15 މާރިޗު 2026 ދުވަހު މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަށް ވަދެ، އެ އެޕާޓްމަންޓުގެ ކޮޓަރިތަކުގެ ދޮރުތަކަށާއި، ތިޖޫރީތަކަށް ގެއްލުންދީފައިވާތީއެވެ.
އަސާސީ އަދަބު: 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
ބަދަލުލިބޭ ފަރާތަށް ނަގާ މުދާ:
މި މައްސަލާގައި ދަޢުވާލިބޭ މީހުން އަތުން ވަގަށްނެގި ފައިސާ ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެއެވެ.
-
13 އެޕްރީލް 2026
އަޙްމަދު މޫސާ މުޙައްމަދުގެ މައްސަލަ އިސްތިއުނާފު ކުރުމާއި، ޕާސްޕޯޓް ހިފެހެއްޓުން
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޚިޔާނާތްތެރިވުމުގެ ކުށުގެ 42 (ސާޅީސް ދޭއް) ދަޢުވާ ސާބިތުނުވާކަމަށް 9 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، 11 އެޕްރީލް 2026 ދުވަހު ދިވެހިރާއްޖޭހެ ހައިކޯޓަށް ހުށަހަޅައިފީމެވެ.
މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.
މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، 13 އެޕްރީލް 2026 ދުވަހު އަޙްމަދު މުސާ މުޙައްމަދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ.
-
09 އެޕްރީލް 2026
ސީލައިފް ޚިޔާނާތާ ގުޅިގެން އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޤަޞްދުކުރުން
ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން، ހައުސިންގ ޔުނިޓުތައް އެޅުމަށް ދީފައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޚިޔާނާތްތެރިވުމުގެ ކުށުގެ 42 (ސާޅީސް ދޭއް) ދަޢުވާ 30 މޭ 2021 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.
މި މައްސަލައިގެ ޝަރީޢަތް ހިންގުމަށްފަހު، ދަޢުވާތައް ސާބިތުނުވާކަމަށް މިއަދު، 9 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.
ދަޢުވާތައް ސާބިތުނުވާކަމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، މި ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއްކަމަށާއި، އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތުމެވެ.
މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއްކަމަށް މި އޮފީހުން ދެކެމެވެ. މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމާ ނުލައި އަދި ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ދެކެމެވެ.
އެހެންކަމުން، މި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ޤަޞްދުކުރަމެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ނޫސްވެރިންނާ ބައްދަލުކުރައްވައިފި
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން 12 ފެބްރުވަރީ 2020 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވަނީ ބާއްވަވާފައެވެ.
މި ބައްދަވުމުގައި ނޫސްވެރިންނަށް މ...
12 ފެބުރުވަރީ 2020
މި އޮފީހުގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ފަރާތެއް ގޮތުގައި ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު ހަމަޖައްސަވައިފި
ޕްރޮސިކިއުޓަރ ޖެލެރަލްގެ އޮފީހުގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ފަރާތެއް ގޮތުގައި ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅުއްވައިފިއެވެ.
މިއާއެކު ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމުގެ މަސްޢޫލިއްޔަތ...
31 ޑިސެންބަރު 2019
ފުރަތަމަ ޕްރޮސިކިއުޓަރުންގެ މަހާސިންތާ ފަށައިފި
މި އޮފީހުން ބާއްވާ ޕްރޮސިކިއުޓަރުންގެ މަހާސިންތާ 2019 މިއަދު ވަނީ ފަށާފައެވެ. ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރޮސިކިއުޓަރުންގެ މަހާސިންތާއަކީ ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމާއި ދަޢުވާކުރުމުގައި ދިމާވާ މ...
15 ޖޫން 2019
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ތ. ގޮފި ހުޅުވައިފި
ތ. އަތޮޅުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕެއް 2018 ޑިސެންބަރު 27 ވަނަ ދުވަހު ހުޅުވައިފިއެވެ. ތ. އަތޮޅު ވޭމަންޑޫގައި ޤާއިމްކުރެވުނު މިގޮފި ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ...
27 ޑިސެންބަރު 2018
ދެ ޤައުމުގެ ޕްރޮސިކިއުޝަން ސަރވިސްގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި
ތުރުކީގެ ޖެނެރަލް ޕްރޮސިކިއުޝަން އޮފީސް އޮފް ދި ސްޕްރީމް ކޯޓް އޮފް އެޕީލްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގެ ދަށުން ޓެރަރިޒަމާއި، ކޮރަޕްޝަންގެ ކުށްތަކާއި، ބައިނަލްއަޤްވާމީ ޖިނާއީ ކުށްތަކާއި،...
17 ޖުލައި 2018
ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ތުރުކީއަށް ފުރާވަޑައިގެންފި
ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ތުރުކީއަށް ފުރާވަޑައިގެންފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މިދަތުރުފުޅުގައި ދެ ޤައުމުގެ ޕްރޮސިކިއުޝަން ސަރވިސްގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރައްވާނެއެވެ. އަދި މީގެ އިތުރުން، ތުރުކީގެ ޖަސްޓިސް މިނ...
17 ޖުލައި 2018
ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް މުވައްޒަފުން ޗައިނާއަށް ފުރައިފި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 20 މުވައްޒަފަކު ޗައިނާގެ ކުންމިންގ އަށް 2018 ޖޫން މަހުގެ 30 ވަނަ ދުވަހު ފުރައިފިއެވެ. މިމުވައްޒަފުން ކުންމިންގ އަށް ގޮސްފައިމިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ޗައިނާގެ ކުންމިންގގައި ކުރިއަށްދާ ...
02 ޖުލައި 2018
ޕީޖީ އޮފީހުގެ 9 ވަނަ އަހަރީ ދުވަސް، ކިޔަވާކުދިންނަށް ހުޅުވާލެވިފައި
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ 9 ވަނަ އަހަރީ ދުވަހާ ގުޅިގެން ބައެއް ސުކޫލްތަކާއި ކޮލެޖްތަކުގެ ދަރިވަރުންނަށް ހުޅުވާލެވިގެން ހިންގޭ ޚާއްޞަ ޙަރަކާތެއް މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ މައި އޮފީހާއި ހދ. ގޮފީގައި ފެށިއްޖެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީ...
11 އޮކްޓޫބަރު 2017
ސުޕްރީމްކޯޓުގެ އަހަރީ ޙަފްލާގައި ބައިވެރިވެއްޖެ
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 9 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދު 2017 ސެޕްޓެންބަރު 18 ވަނަ ދުވަހުގެރޭ ދެއްވި ޚާއްޞަ ރިސެޕްޝަނުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއު...
18 ސެޕްޓެންބަރު 2017