ފުވައްމުލަކު ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޕްރޮސިކިއުޓަރ ޖެނެރަލް ޒިޔާރަތްކުރައްވައިފި

30 މާރިޗު 2016

ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ފުވައްމުލަކުގައި ޤާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޒިޔާރަތް ކުރައްވައިފިއެވެ. މިދަތުރުފުޅުގައި އެސެންޓަރ ބައްލަވާލެއްވުމުގެ އިތުރުން، ސެންޓަރގެ އިސްބޭފުޅުންނާއި، ސެންޓަރ ގައި ފަރުވާ ހޯއްދަވަމުންގެންދަވާ ބޭފުޅުންނާއި ބައްދަލުކުރައްވާފައިވެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެސެންޓަރަށް ބޭނުންވާ މަޢުލޫމާތުތައް ހޯދައި ލިބިގަތުމުގައި ފަސޭހަ ނިޒާމެއް ޤާއިމްކުރުމާބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، އެސެންޓަރ ގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ސޮއިކުރެއްވިއެވެ.