ހަރުކަށި ފިކުރުގެ ސެލްއަކުން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވި މައްސަލަ
ތ.ތިމަރަފުށި/ކެނެރީގެ ޢަލީ މުނީޒު އާއި ތ.ތިމަރަފުށި/އަސުރުމާގެ މުޙައްމަދު އާޞިރު އާއި ތ.ތިމަރަފުށި/ފެހިވިދުވަރުގެ އަބްދުﷲ ޝަރީފް އާއި ތ.ތިމަރަފުށި/އަސްރަފީވިލާ އަޙްސަން މުޙައްމަދު އާއި ރ.މަޑުއްވަރި/ބީޗްހައުސް ޢަބްދުﷲ އިމާދު އާއި ތ.ތިމަރަފުށި/ސައިމާ ޝަމާޚު ޝަރީފް އާއި ނ.ކުޑަފަރި/ރޯޒްމީޑު ޢިބްރާހިމް ލޫޠު އާއި ރ.ކަނދޮޅުދޫ ޢަލީ އަރުހަމް މުޙައްމަދު ތ.ތިމަރަފުށީގައި ދީނުގެ ނަމުގައި އިސްވެތިބެ ޓެރަރިސްޓް ޖަމަޢަތަކަކަށް ތާޢީދުކޮށް ޓެރަރިޒަމްގެ ހިތްވަރުދީ ޓެރެރިސްޓް ޖަމާޢަތްތަކުގެ ޢަމަލުތަކާއި ސަބަބުވެރި ޢަމަލުތަކެއްކަމަށް ދައްކައި ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ އިރުސާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައްކުުރުމަށް ރާވައި އެކަމަށް ހިތްވަރުދީ ތ.ތިމަރަފުށީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން އޮޕަރޭޓްކުރާ ނަސާޙް 3 ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އައި.ޑީ) އެއް ތައްޔާރުކުރުމަށްފަހު އައި.އައި.ޑީ ގޮއްވާލާ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިޔުމާއި ދަތުރު ދިޔުމުގެ ނަމުގައި ފަޅުރަށްރަށަށްގޮސް ތަމްރީންތައް ހަދަމުންދިޔުމާއި ތ.ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން ރަށުގެ ބައެއްގޭގޭގައި ހަރުކަށި ފިކުރުތަކުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި ތ.ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް ޢަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކޮށް ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅުއްވާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރަމުން ދިޔުމާއި ހަރުކަށި ފިރުކުރުގެ ފަރާތްތަކާއި ގުޅުންއޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ތުޙުމަތުކުރެވޭ މައްސަލަ
ރައީސް ޔާމީންގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލަ - ވ. އާރަށް
މއ.ކަމިނީހުޅަގުގެ ޢަބުދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ/ހަނދުވަރީގެ ޔޫސުފް ނަޢީމް މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަރުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަަމަށް ތުޙުމަތުކުރެވޭ މައްސަލަ.
ރައީސް ޔާމީންއާއި އިތުރު ބައެއްގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލަ - ރ. ފުއްގިރި
މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާލަމާތުގެ ތެރެއިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1118000$ (އެއްމިލިއަން އެއްލައްކަ އަށާރަހާސް ޔޫއެސް ޑޮލަރު) ނަގައި އެފައިސާ އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ލޯންޑަރ ކޮށްފައިވާ މައްސަލަ.
ނ. މަނަދޫ އަންނާރުމާގޭ ނަޢީމާ މޫސާގެ މަރުގެ މައްސަލަ
07 އޭޕްރިލް 2023 ވަނަ ދުވަހުގެ 18:13 އެހައިކަށްހާއިރު ނ. މަނަދޫ، އަންނާރުމާގެ، ނަޢީމާ މޫސާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅެމުންދާ ނ. މަނަދޫ، އަންނާރުމާގެ، ކޮޓަރިތެރެ ބެލިއިރު، ތޫނު ހަތިޔާރު ބޭނުންކޮށްގެން ނަޢީމާ މޫސާއަށް ހަމަލާދީ އަނިޔާވެރި އަދި ރަހުމްކުޑަގޮތަކަށް އޭނާ މަރާލާފައި އޮއްވާ ފެނިފައިވާ މައްސަލަ
މުޙައްމަދު އަމީން، ޓެރަރިސްޓް ޙަރަކާތްތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަ
ޏ.ފުވައްމުލައް / މާދަޑު. ކަރިއްޔާވިލާ، މުޙައްމަދު އަމީން ގިނަދުވަސްތަކެއް ވަންދެން ފުޅާދާއިރާއެއްގައި މީނާ ގެންގުޅޭ ދީނީ ހަރުކަށި ފިކުރު ދިވެހިރާއްޖޭގައި ފެތުރުމަށް މަސައްކަތްކޮށް، ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވާ އެކަމަށް އެހީތެރިވެ ވާގިވެރިވާކަމަށް ތުހުމަތު ކުރެވޭތީ އާއި ، އަދި ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯރޓް ދިނުމާއިި، ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސްފަރާތްތަކާއި ވަރަށް ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމާޢަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ
މޭރީ ގްރޭސް އެޮނެޑް ޕިނެޑާ މަރާލިކަމަށް ތުހުމަތު ކުރެވޭ މައްސަލަ
ފިލިޕީންސް، މާރވިން އެސް.ވައި ވާރގަސް އާއި ޅ.ހިންނަވަރު މާފިނި ހަލީމަތު ލަމްޙާ އަބްދުއްރަހްމާނު 2021 އޮކްޓޯބަރު 19 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ދުރާލާ ރާވައިގެން މާރވިން އެސް ވައި ވާރގަސްގެ އަންހެނުން ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މޭރީ ގްރޭސް އެޮނެޑް ޕިނެޑާ އޭނާ ދިރިއުޅެމުން ގެންދިޔަ މއ.އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި އަނޔާވެރިކަމާއި އެކު ރަޙުމުކުޑަ ގޮަތަކަށް މަރާލާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލަ
ޙުސައިން މަވާޒު، މީހަކު މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލަ
ސ. މަރަދޫފޭދޫ، ބްލޫސްޓަރ، ޙުސައިން މަވާޒު، 2023 މެއި 31 ވަނަ ދުވަހުގެ 23:36 ހާއިރު ސ. މަރަދޫފޭދޫ، ބްލޫސްޓާރ، ޙުސައިން މަވާޒު (25އ) އޭނާގެ ބޭބެ ސ.މަރަދޫފޭދޫ ، ބްލޫސްޓާރ، އަޙްމަދު ޝުޢައިބު (27އ) އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޙަމްކޮށްލުމާއި ގުޅިގެން އޭނާއަށް ފަރުވާދެމުންދަނިކޮށް 2023 ޖޫން 01 ވަނަ ދުވަހުގެ 04:36 ހާއިރު ނިޔާވެފައިވާ މައްސަލަ
* މިއޮފީހުގެ އޮންލައިން ޚިދުމަތްތަކުގެ ތެރެއިން، މައްސަލައިގައި އަނިޔާ ލިބުނު މީހާ ނުވަތަ ދައުވާލިބޭ މީހާ ނުވަތަ ޢާންމުންނަށް ދޫކޮށްފައިވާ ބައިގައިވެސް، މައްސަލަ ހިނގަމުންދާގޮތާބެހޭ ގޮތުން ހާމަކޮށްފައިވާ މަޢުލޫމާތަކީ، މިއޮފީހުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރގައި، އެވަގުތަށް އަޅައިފައިވާ މަޢުލޫމާތެވެ. މައްސަލައިގައި ކޯޓުން ލިބޭ މަޢުލޫމާތުތަކާއި، އެނޫންވެސް މައްސަލައާ ގުޅޭ އެހެން ކަމެއްގެ ސަބަބުން، އެމަޢުލޫމާތަށް ކުދިކުދި ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެބަދަލުތައް އަންނަ ވަރަކުން، އޮންލައިންކޮށް ބައްލަވާ ބޭފުޅުންނަށް އަދާހަމަވެ، ފެނިވަޑައިގަންނަވާނީ ގެނެވޭ ބަދަލުތަކާ އެއްކޮށެވެ. ރަސްމީ ބޭނުމަށް ވަކި މަޢުލޫމާތެއް ބޭނުންފުޅުނަމަ، އެކަމަށް އެދި ލިޔުމެއް (ސިސްޓަމްގެ ތެރެއިން، ނުވަތަ އެނޫން ގޮތަކުންވިޔަސް) ފޮނުއްވައިފިނަމަ، އެލިޔުމަށް ރަސްމީ (ޕްރިންޓްކުރެވޭ) ޖަވާބެއް، އޮންލައިން ޕޯޓަލް މެދުވެރިކޮށް އަރުވާނަމެވެ.