ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ރޭ ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރައްވަމުން ގެންދަވާ ޖިނާއީ ބައެއް ތަޙްޤީޤްތަކާ ގުޅިގެން ސްރީލަންކާ ސަރުކާރު މެދުވެރިކޮށް ހޯއްދެވުމަށް ބޭނުންފުޅުވާ ޤާނޫނީ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމުގެ މަތިން، ސްރީލަންކާގެ މިނިސްޓަރ އޮފް ޖަސްޓިސް ހިޒް އެކްސަލެންސީ މރ. ވިޖެޔަދާސް ރާޖަޕަކްސަ އަދި އެޤައުމުގެ އެޓަރނީ ޖެނެރަލް ހިޒް އެކްސަލެންސީ މރ. ޖަޔަންތާ ޗަންދްރަސިރީ ޖަޔާސޫރިޔާ އާއި ބައްދަލުކުރެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. ވަކި ވަކިން ކުރިއަށްދާނެ މި ދެބައްދަލުވުމުގެ ތެރެއިން ސްރީލަންކާގެ މިނިސްޓަރ އޮފް ޖަސްޓިސްއާއި ޕްރޮސިކިއުޓަރ ޖެނެރަލް މިއަދު ބައްދަލުކުރައްވާއިރު، އެޓަރނީ ޖެނެރަލާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާއެވެ. ދަތުރުފުޅު ނިންމަވާލައްވައި ޕްރޮސިކިއުޓަރ ޖެނެރަލް އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ، 2016 ޖުލައި 21 ވަނަ ދުވަހުގެ ރޭގައެވެ.

ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ކޮޅުނބަށް ފުރާވަޑައިގެންފި
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025
ޕީޖީ އޮފީހުގެ "ބަންދު ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފި
01 ފެބުރުވަރީ 2025
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަންކުރައްވައިފި
18 ސެޕްޓެންބަރު 2024