ގއ އަދި ގދ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޕީޖީ ފުރާވަޑައިގެންފި

20 އޮގަސްޓް 2016

ގއ އަދި ގދ އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް، މިއަދު، 20 އޮގަސްޓް 2016 ވަނަ ދުވަހު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅަކީ އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ ޙަވާލުވެވަޑައިގެންފަހުން، އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮފިތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެކެވެ.

މިދަތުރުގައި ގއ އަދި ގދ ގައި ޤާއިމްކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ގއ. ވިލިނގިލި އަދި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި މި ދެ ރަށުގެ ޕޮލިސް ސްޓޭޝަންގެ އިތުރުން އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާނެއެވެ.

މިދަތުރުފުޅުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމްގެ އަރިހުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ މަރްޔަމް ނިޙާޔަތާއި، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ އާމިނަތު ވަޙީދާ އާއި، ޑިރެކްޓަރ، ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓް އަލްފާޟިލާ ޝިޔާނަތު ހާޝިމް އާއި، ޕަރސަނަލް އެސިސްޓެންޓް އަލްފާޟިލް މުޙައްމަދު ޝަމްހީލް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިދަތުރުފުޅު ނިންމަވާލައްވައި ޕްރޮސިކިއުޓަރ ޖެނެރަލް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓް 23 ވަނަ ދުވަހު އެވެ.