މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްދިޔަ، ފޯރަމް އޮފް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭޝިއާ (ފެމްބޯސާ) ގެ 7 ވަނަ ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތު ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޝަރަފުވެރިކޮށްދެއްވައިފިއެވެ. ފެމްބޯސާ އަކީ ސައުތު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ އިންތިޚާބާގުޅޭ އިދާރާތަކުގެ މެދުގައި އެކުލަވާލާފައިވާ ފޯރަމެކެވެ. މިއަދުގެ މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮސިކިއުޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ޑިމޮކްރަސީގައި މިނިވަން އިންތިޚާބުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދިވެހިރާއްޖޭ ފަދަ ޑިމޮކްރަސީ ބިނާކުރުމުގެ މަސައްކަތްކުރެވެމުންދާ ޤައުމަކަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާނޭކަމާއި، އެހެން ޤައުމުތަކުން ކަންކުރާގޮތް ބަލައި، އެކަންކަމުން އަޅުގަނޑުމެންގެ ކަންތައްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފައިވެއެވެ.

ފެމްބޯސާގެ 7 ވަނަ ބައްދަލުވުން ޕްރޮސިކިއުޓަރ ޖެނެރަލް ޝަރަފުވެރިކޮށްދެއްވައިފި
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025
ޕީޖީ އޮފީހުގެ "ބަންދު ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފި
01 ފެބުރުވަރީ 2025
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަންކުރައްވައިފި
18 ސެޕްޓެންބަރު 2024