ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2016 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ތަފާސްހިސާބުގެ މައްޗަށް އެކުލަވާލާފައިވާ ކުއާޓަރލީ ރިޕޯޓު ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މިއަދު ނެރެދެއްވައިފިއެވެ. 2016 ވަނަ އަހަރުގެ އެޕްރީލް އިން ޖޫން މަހުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ މިރިޕޯޓުގައި، އެމުއްދަތުގެ ތަފާސްހިސާބުގެ އިތުރުން، ރާއްޖޭގެ އެކިއަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮފިތަކަށް ހުށަހެޅުނު މައްސަލަތަކާއި، އެމައްސަލަތަކާމެދު ފިޔަވަޅު އެޅުނުގޮތުގެ ތަފްޞީލްތައް ހިމަނައި، ފުރަތަމަ ކުއާޓަރ އާއި ދެވަނަ ކުއާޓަރގެ މަސައްކަތްތަކުގެ އަޅާކިޔުން ހިމަނާފައިވެއެވެ. ކުއާޓަރލީ ރިޕޯޓަކީ 2016 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޝާއިޢުކުރަންފެށި ރިޕޯޓެކެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2016 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ރިޕޯޓު ނެރެފި
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025
ޕީޖީ އޮފީހުގެ "ބަންދު ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފި
01 ފެބުރުވަރީ 2025
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަންކުރައްވައިފި
18 ސެޕްޓެންބަރު 2024