ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 51 (ފަންސާސް އެކެއް) މީހުންނާ ގުޅިގެން އަންނަނިވި ދަޢުވާތައް ކުރުމަށް 12 ޑިސެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
1. މއ.އެރަލްސީ، ޙަސަން މަމްދޫހްގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 (ތިނެއް) ދަޢުވާ
2. މއ.އެރަލްސީ، ޙަސަން މަމްދޫހްގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 50 (ފަންސާސް) ދަޢުވާ
3. މއ.އެރަލްސީ، ޙަސަން މަމްދޫހްގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 313 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 50 (ފަންސާސް) ދަޢުވާ
4. މއ.އެރަލްސީ، ޙަސަން މަމްދޫހްގެ މައްޗަށް، ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނީ ލޯންޑްރިންގ ގެ ކުށުގެ 1 (އެކެއް) ދަޢުވާ
5. ރ.އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 (ތިނެއް) ދަޢުވާ
6. ރ.އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 20 (ވިހި) ދަޢުވާ
7. ރ.އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 (ހަތާވީސް) ދަޢުވާ
8. ރ.އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 313 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 47 (ސާޅީސް ހަތެއް) ދަޢުވާ
9. ޤާނޫނު ނަންބަރު: 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ނ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ 1 (އެކެއް) ދަޢުވާ
މި ދަޢުވާތަކުގެ ތެރެއިން މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ %95 ޙިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްޙަނޫން ސޮއި ކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާތީއެވެ.
އަދި ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާތައް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 (ސަތޭކަ ދިހައެއް) އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، މި ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާނުކޮށް، އާންމުންނަށް މި އެޕަރޓްމަންޓްތައް ވިއްކިއިރު، އެއް އެޕަރޓްމަންޓްއެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާ، އެމީހުންގެ އަތުން ފައިސާ ޓަކައިގަނެފައިވާތީއެވެ. އަދި އޮޅުވާލުމުގެ ދަޢުވާކޮށްފައިވަނީ އެއް އެޕަރޓްމަންޓްއެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކިއިރު އެކަން އެޕަރޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީއެވެ.
މައްސަލައާ ގުޅިގެން މަނީ ލޯންޑްރިންގ އާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކުގައި އެ އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކާނީ ނަގުދު ފައިސާއިން ނުވަތަ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި ބޭންކް އެކައުންޓަށްކަމަށް ބަޔާންކޮށް، ކޭ-ޕާކް ރެޒިޑެންސްގެ އެއް އެޕާޓްމަންޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން އެޕާޓްމަންޓަށާއި، ކާރު-ޕާކިންގއަށްކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ އަތުލައި، ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކާކަމަށް ބުނެ އެކި މީހުންނާއެކު އެއްބަސްވިގޮތަށް އެކަން ކޮށްނުދީ، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް އެކި ފަރާތްތަކުން އެޕާޓްމަންޓް ގަތުމަށް ފޮނުވާފައިވާ ފައިސާއާއި، ގޮތް ނޭނގޭ އެކި ގޮތްގޮތަށާއި، ނަގުދު ފައިސާ ޑިޕޮސިޓް ކޮށްގެން އެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާ އެއްކޮށްގެން އެ އެކައުންޓް ޙަސަން މަމްދޫޙު ބޭނުންކުރަމުން އައިސް، އެ އެކައުންޓްގައިވާ ފައިސާއިން ހުޅުމާލޭގައި އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިން ތަރައްޤީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ އެޕަރޓްމަންޓްއެއް ގަނެފައިވާތީއެވެ.
މިހާރު ހުށަހަޅާފައިމިވާ 201 (ދުއިސައްތަ އެކެއް) ދަޢުވާއާ ގުޅިގެން ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް މި ދަޢުވާތަކުގައި އެދިފައިވާނެއެވެ.
ދަޢުވާކޮށްފައިމިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ޖުމްލަ 23 (ތޭވީސް) އެޕަރޓްމަންޓްއެއް ވިއްކާފައިވާ މައްސަލަތަކާއި ގުޅޭ ދަޢުވާތަކެވެ. މި 23 (ތޭވީސް) އެޕަރޓްމަންޓް 50 (ފަންސާސް) މީހުންނަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވެއެވެ. މި އެޕަރޓްމަންޓްތައް ގަނެފައިވާ މީހުންގެ ތެރެއިން ތަޙުޤީޤު ނިމި ދަޢުވާކޮށްފައިވާ މީހުންގެ ތަފްސީލު ތިރީގައިވާ ތާވަލުގައި ބަޔާންކޮށްފައި އެވަނީއެވެ. މިގޮތުން ބައެއް އެޕަރޓްމަންޓް 6 (ހައެއް) މީހުންނަށްވެސް ވިއްކާފައި އެބަހުއްޓެވެ. އަދި މި ސްކީމްއާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަޙުޤީޤުކުރައްވަމުންނެވެ. އެ ބައިތަކުގެ ތަޙުޤީޤު ނިންމައި މި އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، މި މައްސަލައިގައި އިތުރު ދަޢުވާތައް ކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނަމެވެ.
މައްސަލައިގެ ހާލަތު |
އެޕަރޓްމަންޓް ގަނެފައިވާ ފަރާތްތައް |
އެޕާޓްމަންޓް ނަންބަރު |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP201 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP201 |
ތަޙުޤީޤު މަރުހަލާގައި |
ވިކްޓިމް 1 |
KP206 |
ތަޙުޤީޤު މަރުހަލާގައި |
ވިކްޓިމް 2 |
KP206 |
ދަޢުވާކޮށްފައި |
ވިކްޓިމް 3 |
KP206 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP302 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP302 |
ތަޙުޤީޤު މަރުހަލާގައި |
ވިކްޓިމް 3 |
KP302 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP304 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP304 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP405 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP405 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP406 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP406 |
ދަޢުވާކޮށްފައި |
ވިކްޓިމް 3 |
KP406 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP410 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP410 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP504 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP504 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP506 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP506 |
ދަޢުވާކޮށްފައި |
ވިކްޓިމް 3 |
KP506 |
ދަޢުވާކޮށްފައި |
ވިކްޓިމް 4 |
KP506 |
ތަޙުޤީޤު މަރުހަލާގައި |
ވިކްޓިމް 5 |
KP506 |
ތަޙުޤީޤު މަރުހަލާގައި |
ވިކްޓިމް 6 |
KP506 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP507 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP507 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP606 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP606 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP607 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP607 |
ތަޙުޤީޤު މަރުހަލާގައި |
ވިކްޓިމް 3 |
KP607 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP608 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP608 |
ތަޙުޤީޤު މަރުހަލާގައި |
ވިކްޓިމް 3 |
KP608 |
ތަޙުޤީޤު މަރުހަލާގައި |
ވިކްޓިމް 4 |
KP608 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP706 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP706 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP708 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP708 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP803 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP803 |
ދަޢުވާކޮށްފައި |
ވިކްޓިމް 3 |
KP803 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP902 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP902 |
ތަޙުޤީޤު މަރުހަލާގައި |
ވިކްޓިމް 3 |
KP902 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP903 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP903 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP906 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP906 |
ތަޙުޤީޤު މަރުހަލާގައި |
ވިކްޓިމް 3 |
KP906 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP908 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP908 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP1001 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP1001 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP1102 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP1102 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP1104 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP1104 |
ދަޢުވާކޮށްފައި |
ވިކްޓިމް 3 |
KP1104 |
ދަޢުވާކޮށްފައި |
ވިކްޓިމް 4 |
KP1104 |
ތަޙުޤީޤު މަރުހަލާގައި |
ވިކްޓިމް 5 |
KP1104 |
ތަޙުޤީޤު މަރުހަލާގައި |
ވިކްޓިމް 6 |
KP1104 |
ދަޢުވާކޮށްފައި |
ވިކްޓިމް 1 |
KP1108 |
ދަޢުވާކޮށްފައި |
ވިކްޓިމް 2 |
KP1108 |
ދަޢުވާކޮށްފައި |
ވިކްޓިމް 3 |
KP1108 |