ޕީޖީ އޮފީހުގެ އަމާޒަކީ، ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. މިތަޞައްވަރު ޙާޞިލުކުރުމަށްޓަކައި، މަސައްކަތުގެ މާޙައުލަކީ ރައްކާތެރި، އެއްބާރުލުންލިބޭ، އުފާވެރި، ހިތްހަމަޖެހޭ މާޙައުލަކަށް ހަދަންޖެހެއެވެ. މަސައްކަތުގެ މާޙައުލު އެކުލެވިގެންވަނީ މުވައްޒަފުންގެ މައްޗަށެވެ. ވީމާ، މުވައްޒަފުންގެ އިޖްތިމާޢީ، އިޤްޠިޞާދީ، ރޫޙާނީ، ޖިސްމާނީ އަދި ޢާއިލީ ދުޅަހެޔޮކަން ރަނގަޅުވެގެން މެނުވީ، މަސައްކަތުގެ މާޙައުލު ރަނގަޅެއް ނުކުރެވޭނެއެވެ.
މަސައްކަތުގެ މާޙައުލު ފަހިކުރުމަށް ތަފާތު ސިޔާސަތުތަކެއް އެކުލަވާލާފައިވެއެވެ. އެގޮތުން، ކޮންމެ އަހަރަކު ދެ ފަހަރު، ހަފްތާއަކު 5 ދުވަހު މަސައްކަތްކުރުމުގެ ބަދަލުގައި، 4 ދުވަހު މަސައްކަތްކުރާ އިންތިޒާމެއް ތަޖުރިބާކުރަމުން އެބަ ގެންދަމެވެ. މީގެ ފުރަތަމަ ފިޔަވަހި، 23 މާރިޗު އިން 27 އޭޕްރީލް 2023 އަށް ކުރިއަށް ގެންދެވިފައިވެއެވެ. މިތަޖުރިބާ ވީ، ކުރިން ހީކުރި ވަރަށްވުރެވެސް ކާމިޔާބު ތަޖުރިބާއެކެވެ.
މިކަން އެނގެނީ، 23 މާރިޗު އިން 27 އޭޕްރިލްއާ ދެމެދު އޮތް 6 ހަފްތާއާއި، އޭގެ ކުރިން ދިޔަ 19 ފެބްރުވަރީ އިން 22 މާރިޗު 2023 އަށް އޮތް 6 ހަފްތާ އަޅައި ބެލުމުންނެވެ.
|
19 ފެބްރުވަރީ އިން
|
23 މާރިޗު އިން
|
ޕަސެންޓޭޖް |
ގަޑި ޖެހުނު މުވައްޒަފުންގެ ޢަދަދު |
72 (*61) |
48 |
-33.33% (-21.31%) |
ގަޑި ޖެހުނު ޖުމްލަ ޢަދަދު |
464 (*369) |
159 |
-65.73% (-56.91%) |
ސަލާމް ބުނި މުވައްޒަފުންގެ ޢަދަދު |
101 |
60 |
-40.59% |
ސަލާމް ބުނި ޢަދަދު |
171 |
125 |
-26.90% |
ޢާއިލީ ޒިންމާގެ ޗުއްޓީނެގި މުވައްޒަފުންގެ ޢަދަދު |
69 |
32 |
-53.62% |
ޢާއިލީ ޒިންމާގެ ޗުއްޓީނެގި ޢަދަދު |
73 |
45 |
-38.35% |
ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހެޅި ފިޔަވަޅު އެޅުނު ޢަދަދު |
220 |
280 |
27.27%+ |
ކޯޓަށް ހުށަހެޅުނު ދައުވާ ފޯމް |
157 |
177 |
+12.73% |
ކޯޓުގެ އަޑުއެހުންތައް |
4888 (ބޭއްވުނު 2853) |
2444 (ބޭއްވުނު 1460) |
- |
ސިޓީ/އެންޓްރީ ލިބި ޕްރޮސެސް ކުރެވުނު |
855 |
866 |
+1.28% |
*މުވައްޒަފުން ގަޑި ޖެހުނު ދުވަސްތައް ހިސާބުކުރުމަށް، 5 ދުވަހު މަސައްކަތް ކުރި ހަފްތާއިން އެއް ދުވަސް އުނިކޮށް، ދެ ކޮލަމް ހަމަހަމަކޮށް ހިސާބު ކުރުމުން އަންނަ ޢަދަދު – މާނައަކީ، ފުރަތަމަ މުއްދަތުން އެއް ދުވަސް އުނިކޮށްގެން ހިސާބު ޖެހުމުން ދައްކާ ޢަދަދު ބްރެކެޓްގައި.
މަސައްކަތުގެ ފެންވަރާއި ޢަދަދަށް ބަލާއިރު ބަލައިގަނެވުނު މައްސަލަތަކާއި، މަޝްވަރާ ކުރެވުނު ޢަދަދާއި، ކޯޓަށް ހުށަހެޅުނު ދައުވާތަކުގެ ޢަދަދު ދިޔައީ މައްޗަށެވެ. އެއްވެސް މަސައްކަތެއް މަޑުޖެހިފައެއް ނެތެވެ. މަދު ވަގުތު ތަކުގައި، ހިތްހަމަޖެހިގެން މަސައްކަތްކުރުމުގެ ނަތީޖާއަކަށްވީ، ކުރެވުނު މަސައްކަތް ގިނަވެ، ނަތީޖާ އާއި ފެންވަރު ރަނގަޅު ވުމެވެ. އެމުއްދަތުގައި، ކޯޓުގެ އެއްވެސް އަޑުއެހުމެއް، މިއޮފީހުން އެދިގެން ކެންސަލް ކޮށްފައެއް ނުވެއެވެ.
މިތަޖުރިބާގެ ސަބަބުން ޢާއިލީ ގުޅުންތައް ރަނގަޅުވެ، އިޖްތިމާޢީ އަދި ރޫޙާނީ ދުޅަހެޔޮކަން އިތުރުވެ، މަސައްކަތުގެ އަޚްލާޤާއި މަސައްކަތްކުރާ ހިތްވުން އިތުރުވެފައިވާކަމަށް މުވައްޒަފުން ރިޕޯޓްކޮށްފައިވެއެވެ. ފީޑްބެކް ފޯމް ފުރުއްވި ހުރިހާ މުވައްޒަފުންވެސް، މިއީ ދާއިމީ ކަމަކަށް ހެދުމަށް އެދިވަޑައިގަތެވެ.
ހަފްތާއަކު 4 ދުވަހު މަސައްކަތް ކުރިއަސްވެސް، އޮފީހުގެ ޚިދުމަތްތައް، ގަވާއިދުން ހަފްތާއަކު ހުރިހާ ދުވަހަކު ދެވެއެވެ. ކޮންމެ ދުވަހަކުވެސް ކައުންޓަރު ހުޅުވައެވެ. ޢާންމުންނާއި ފުލުހުން ގެންނަ މައްސަލަތައް ބަލައިގަނެ މަޝްވަރާ ކުރެވެއެވެ. ކޯޓަށް ޙާޟިރުވާންޖެހޭ ވަކީލުން ކޯޓަށް ޙާޟިރުވެއެވެ. އެއީ، ހަފްތާއަކު 4 ދުވަހު މަސައްކަތް ކުރުމަށްފަހު، ބާކީ އޮންނަ ދުވަހަކީ ވަރކްފްރޮމް ހޯމް ދުވަހެއްގެ ގޮތުގައި ހަމެޖެހިފައި އޮންނާތީއެވެ. ގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް، ކުރަންޖެހޭ މަސައްކަތްތައް އޮންނާނެއެވެ. އެކަންކަން މޮނިޓަރ ކުރެވޭނެ ނިޒާމުތައް ހުންނާނެއެވެ. އެދުވަހަކީ ޗުއްޓީ ދުވަހެއް ނޫނެވެ. ހަމައެކަނި އޮފީހަށް ވަޑައިގަންނަވަން ނުޖެހޭ ކަމެވެ. ނަމަވެސް، މުހިންމު ކަމެއް ދިމާވެއްޖެނަމަ، އޮފީހަށް ވަޑައިގަންނަވަންވެސް ޖެހިވަޑައިގަންނަވާނެއެވެ.
މިތަޖުރިބާ ފެށުމުގެ ކުރިން، ކޮންމެ ޔުނިޓަކުންވެސް، އެޔުނިޓުގެ ބޭފުޅުންގެ ތެރެއިން އޮފީހަށް ވަޑައިގެން މަސައްކަތް ކުރައްވާނެ ބޭފުޅުންނާއި ދުވަސްތައް ދުރާލާ އަންގަންޖެހެއެވެ. ޔުނިޓު ހެޑުންގެ ޒިންމާއަކީ، އެދުވަހަކު ތިއްބަވާނެކަން ދުރާލާ އެނގޭ މުވައްޒަފުންގެ ބޭނުން ކޮށްގެން ކޮންމެހެން އޮފީހުގައި ކުރަންޖެހޭ ކަންކަން އިންތިޒާމްކުރުމެވެ. މިކަން ކުރުމުގައި، ވޭތުވެދިޔަ އަހަރު ތަކުގައި، އެދުވަސްވަރެއްގައި މަސައްކަތް ހިނގަމުން އައި ގޮތުގެ ތަފާސް ހިސާބަށް ބަލާނެއެވެ. މައްސަލައިގެ ޢަދަދުތަކާއި ކޯޓު ޝެޑިއުލްތަކާވެސް ބަލައި ދިރާސާކުރާނެއެވެ. އެތަފާސް ހިސާބުތައްވެސް، ޔުނިޓު ހެޑުންނަށް ބެލޭނޭ އިންތިޒާމު ހަމަޖެހިފައި ހުރެއެވެ.
މިހިސާބުތަކަށް ބަލާއިރު، މިއީ ނުކޮށްނުވާ ވަރުގެ ކާމިޔާބު ކަމެކެވެ. މަސައްކަތް މޮނިޓަރ ކުރެވޭނެ ރަނގަޅު ނިޒާމުތަކެއް އެކުލަވާލެވިފައި އޮތް ނަމަ، ކޮންމެ އޮފީހެއްގައިވެސް، އެއޮފީހެއްގެ ނިސްބަތުން ކުރެވިދާނެ ކަމެކެވެ.