މި އޮފީހުގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ފަރާތެއް ގޮތުގައި ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު ހަމަޖައްސަވައިފި

31 ޑިސެންބަރު 2019

ޕްރޮސިކިއުޓަރ ޖެލެރަލްގެ އޮފީހުގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ފަރާތެއް ގޮތުގައި ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅުއްވައިފިއެވެ.

މިއާއެކު ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމުގެ މަސްޢޫލިއްޔަތުތަކުގެ އިތުރުން، މި އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާތަކުގެ ސުވާލުތަކަށް ޖަވާބުދެއްވުމާއި، މި އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ މަޢުލޫމާތާއި، މި އޮފީހުގެ ފަރާތުން ކޯޓަށް ހުށަހަޅައި ކުރިއަށްދާ މައްސަލަތަކާ ގުޅޭ މަޢުލޫމާތާއި، އެކި މައްސަލަތަކާ ގުޅިގެން މި އޮފީހުން ނިންމާ ނިންމުންތަކާ ގުޅޭ މަޢުލޫމާތާއި، މިނޫންވެސް ޤާނޫނުއަސާސީއާއި ޤާނޫނުން ޕްރޮސިކިއުޓަރ ޖެނެރަލްއާ މަތިކޮށްފައިވާ ޒިންމާތަކާ ވާޖިބުތައް އަދާކުރުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެ މަތިން މީޑިއާތަކަށް މަޢުލޫމާތު ދެއްވުމުގެ މަސައްކަތް ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު ކުރައްވާނެއެވެ.

އަލްއުސްތާޛް އަޙްމަދު ޝަފީޢުއާ ގުޅޭނެ ފޯނު ނަންބަރަކީ 3003226 އެވެ.