ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް މުވައްޒަފުން ޗައިނާއަށް ފުރައިފި

02 ޖުލައި 2018

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 20 މުވައްޒަފަކު ޗައިނާގެ ކުންމިންގ އަށް 2018 ޖޫން މަހުގެ 30 ވަނަ ދުވަހު ފުރައިފިއެވެ. މިމުވައްޒަފުން ކުންމިންގ އަށް ގޮސްފައިމިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ޗައިނާގެ ކުންމިންގގައި ކުރިއަށްދާ ޓްރެއިނިންގ ޕްރޮގްރާމެއްގައި ބައިވެރިވުމަށެވެ. މިމުވައްޒަފުންގެ ތެރޭގައި ހިމެނެނީ 15 ޕްރޮސިކިއުޓަރަކާއި 5 އިދާރީ މުވައްޒަފެކެވެ. މިއީ 2017 މޭ 2 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޮޓަރޭޓް އޮފީހާ ދެމެދު ސޮއިކުރެވުނު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގގެ ދަށުން ހަމަޖެހުނު ޓްރެއިނިންގ ޕްރޮގްރާމްގެ ދެވަނަ ބެޗެވެ. މިޓްރެއިނިންގ ޕްރޮގްރާމް ނިންމައި މުވައްޒަފުން އެނބުރި އައުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.