ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ތުރުކީއަށް ފުރާވަޑައިގެންފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މިދަތުރުފުޅުގައި ދެ ޤައުމުގެ ޕްރޮސިކިއުޝަން ސަރވިސްގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރައްވާނެއެވެ. އަދި މީގެ އިތުރުން، ތުރުކީގެ ޖަސްޓިސް މިނިސްޓަރާ ބައްދަލުކުރެއްވުމާއި، ޖަސްޓިސް އެކަޑަމީއަށް ޒިޔާރަތްކުރެއްވުމާއި، ސުޕްރީމް ކޯޓު އޮފް އެޕީލްގެ ރައީސްއާ ބައްދަލުކުރެއްވުމާއި، ތުރުކީގެ ވެރިރަށް، އަންކާރާގައި ހުންނަ ރީޖަނަލް ކޯޓް އޮފް އެޕީލަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އަރިހުގައި ޑިރެކްޓަރ ޖެނެރަލް އާމިނަތު ވަޙީދާ އަދި ފަރސަނަލް އެސިސްޓަންޓް މުޙައްމަދު ޝަމްހީލްވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ތުރުކީއަށް ފުރާވަޑައިގެންފި
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025