ތ. އަތޮޅުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕެއް 2018 ޑިސެންބަރު 27 ވަނަ ދުވަހު ހުޅުވައިފިއެވެ. ތ. އަތޮޅު ވޭމަންޑޫގައި ޤާއިމްކުރެވުނު މިގޮފި ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމެވެ. މިއަދު ޤާއިމްކުރި މިގޮފީގައި 2 ޕްރޮސިކިއުޓަރުންނާއި އިދާރީ މުވައްޒަފަކު މަސައްކަތްކުރާނެއެވެ. ގޮފި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ތ. އަތޮޅުގެ އަތޮޅު ކައުންސިލުންނާއި، ތ. ވޭމަންޑޫ ރަށު ކައުންސިލާއި، ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވެއެވެ. ތ. ގޮފި ހުޅުވުމާއެކު އަތޮޅުތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 9 ވަނަ ގޮފި ޤާއިމުކުރެވުނީއެވެ.
27 ޑިސެންބަރު 2018