• 23 އޮގަސްޓް 2024

    ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންތަކެއްގެ މައްޗަށް ދަޢުވާކުރުން

    މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން އެ ސަރވިސްގެ ވަޒީފާގައި ތިބެ، ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ޚިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަޙުޤީޤެއް ހިންގައި މައްސަލަ ހުށަހަޅާފައިވެއެވެ. 

    އޭގެ ތެރެއިން އަންނަނިވި މީހުންގެ މައްޗަށް ދަޢުވާކުރުމަށް 22 އޮގަސްޓު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    1. ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމް

    ދަޢުވާ 1: ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ. 

    ދަޢުވާ 2: ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 62 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ.

    ދަޢުވާ 3: ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 515 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާ.

    2. ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމް 

    3. ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމް

    ދަޢުވާ 1: ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ. 

    ދަޢުވާ 2: ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 515 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާ.

    4. ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲ

    ދަޢުވާ 1: ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ. 

    ދަޢުވާ 2: ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 515 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާ.

    5. ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤް

    މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް ނިންމާފައިވާނެއެވެ.  މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނަމެވެ.

  • 22 އޮގަސްޓް 2024

    ޕްރޮސިކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމު އިސްތިއުފާދެއްވުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމު މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން މި އޮފީހަށް އަންގަވާފައިވެއެވެ. 

    ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ބ) ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދް ސަލީމެވެ. 

  • 22 އޮގަސްޓް 2024

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައަށް ޖަވާބުދާރީވާން ޕްރޮސިކިއުޓަރ ޖެނެރަލް ވަޑަިއގަންނަވާނެ

    ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމްގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީ ވެ ވަޑައިގަންނަވަން އެމަނިކުފާނު މިއަދު ވަޑައިގަންނަވާނެއެވެ. ކޮމިޓީގެ މި ޖަލްސާ ސިއްރު ނުކޮށް، ޢާންމުންނަށް ހުޅުވާލައިގެން ބާއްވަވައި ދެއްވުމަށް ޕްރޮސިކުޓަރ ޖެނެރަލް އެދިވަޑައިގަންނަވައެވެ. 

  • 15 އޮގަސްޓް 2024

    ސިޓީ ލިޔުމުގެ މުބާރާތުގެ ފަނޑިޔާރުންނާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރެއްވުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބޭއްވި ސިޓީ ލިޔުމުގެ މުބާރާތުގެ ފަނޑިޔާރުންނާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.

    މިއަދު ހެނދުނު ޕްރޮސިކިއުޓަރ ޖެނެރަލްވަނީ، ސިޓީ ލިޔުމުގެ މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވި އަލްފާޟިލް އަންވަރު އިބްރާހީމްއާއި، އަލްފާޟިލް މުޙައްމަދު އާމިރު (ފަރެސް އާމިރު) އާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ބައްދަލުކުރައްވާފައެވެ.

    މި ބައްދަލުކުރެއްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވައި، މަސައްކަތުގެ އަގު ވަޒަންކުރެއްވުމަށާއި، ހަނދާނާއި ތާރީޚަށްޓަކައި އެމަނިކުފާނުގެ އަތުލިޔުމުން ލިޔުއްވާފައިވާ ޝުކުރުގެ ސިޓީއެއް އަރުވާފައެވެ. 

    ޕީޖީ އޮފީހުގެ ރެކްރިއޭޝަން ކްލަބް، ކްލަބް 220 އިން އިންތިޒާމުކޮށްގެން ބޭއްވި ސިޓީ ލިޔުމުގެ މުބާރާތުގެ މަޤްޞަދަކީ، ދިވެހި ބަހުން ސާފުކޮށް މޮޅަށް ސިޓީ ޢިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ، ސިޓީ ލިޔުމުގެ ސަޤާފަތެއް އުފެއްދުމެވެ.

    • 11 އޮގަސްޓް 2024

      ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތުގެ ވަނަވަނައަށް އައި މީހުން

      ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ދިވެހި ބަހުން ސިޓީ ލިޔުމުގެ ފުރަތަމަ މުބާރާތް 2023 ގެ ވަނަވަނައަށް އައި މީހުންގެ ނަންތައް އިޢުލާންކޮށް، އިނާމު ދީފިއެވެ. މިކަން އޮތީ، ދިވެހިބަހުގެ ދުވަހާ ގުޅުވައިގެންން ދިވެހިބަހުގެ އެކެޑެމީން ކުރިއަސް ގެންދިޔަ މުބާރާތްތަކެއްގެ އިނާމު ދިނުމަށް 12 ޖުލައި 2024 ދުވަހު ބޭއްވި ޖަލްސާއެއްގައެވެ. މި ފުރުޞަތުގައި، އެޖަލްސާގެ ތެރެއިން މިމުބާރާތުގެ ވަނަތައް އިޢުލާނުކޮށް އިނާމު ދެވޭނޭ އިންތިޒާމު ހަމަޖައްސަވައި ދެއްވިކަމަށްޓަކައި، ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ އަޙްމަދު އަޝްރަފަށާއި އެކަޑަމީގެ މެމްބަރުންނާއި މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. 

      ދިވެހި ބަހުން ސިޓީ ލިޔުމުގެ ފުރަތަމަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ، ދިވެހި ބަހުން ސާފުކޮށް މޮޅަށް ސިޓީ ޢިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ، ސިޓީ ލިޔުމުގެ ސަޤާފަތެއް އުފެއްދުމެވެ.

      މި މުބާރާތުގައި 180 އަށްވުރެ ގިނަ މީހުން ބައިވެރިވެ، 100 އަށްވުރެ ގިނަ ސިޓީ ހުށަހެޅިއެވެ. މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ ދިވެހި ބަހުގެ މާހިރުން ކަމަށްވާ އަލްފާޟިލް (ފަރެސް) މުޙައްމަދު ޢާމިރު އާއި އަލްފާޟިލް އަންވަރު އިބްރާހީމެވެ. 

      މުބާރާތުގެ ވަނަވަނައަށް އައި މީހުންނަކީ؛

      މުބާރާތުގެ އިނާމުތަކަކީ؛

      1 ވަނަ ސިޓީ: އަލްފާޟިލް އަޙްމަދު ދާއޫދު، (3000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި)

      2 ވަނަ ސިޓީ: އަލްފާޟިލާ ހިދާޔާ ނަޢީމް،  (1500 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން)

      3 ވަނަ ސިޓީ: އަލްފާޟިލާ އާމިނަތު ސިއުނާ، (1000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން)

      އެއްވަނަ އޮފީސް – މިލަދުންމަޑުލު އުތުބުރީ އަތޮޅު ކައުންސިލްގެ އިދާރާ (ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި)

      2 ވަނަ އޮފީސް – ޝައިޚް އިބްރާހިމް ސްކޫލު،މ ހއ. ކެލާ (ހަނދާނީ ލިޔުން)

      3 ވަނަ އޮފީސް – ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ (ހަނދާނީ ލިޔުން)

      އެންމެ ގިނަ ސިޓީ ބައިވެރިކުރި އޮފީސް – މިލަދުންމަޑުލު އުތުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، ( (ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި)

  • 12 އޮގަސްޓް 2024

    ޢަބްދުالله ޖިހާދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުން

    ދަފްތަރު ނަންބަރު 1015, ޢަބްދުالله ޖިހާދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ އުފުލުމުގައި އުނިކަމެއްވާކަމަށް ބަޔާންކޮށް އެ މައްސަލަ ބެލޭނެތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން 11 އޮގަސްޓު 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފީމެވެ.

    ކްރިމިނަލް ކޯޓުން މި ނިންމުން ނިންމާފައިވަނީ ޢަބްދުالله ޖިހާދުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެންނެވެ. 

    މި މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވާނެ މައިގަނޑު އަސާސަކީ ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުގައި ޤާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި, ނިންމުމަށް ވާޞިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުމެވެ. 

    މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ މި މައްސަލައަކީ މަޢުޟޫޢީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ. 

  • 11 އޮގަސްޓް 2024

    ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތުގެ ވަނަވަނައަށް އައި މީހުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ދިވެހި ބަހުން ސިޓީ ލިޔުމުގެ ފުރަތަމަ މުބާރާތް 2023 ގެ ވަނަވަނައަށް އައި މީހުންގެ ނަންތައް އިޢުލާންކޮށް، އިނާމު ދީފިއެވެ. މިކަން އޮތީ، ދިވެހިބަހުގެ ދުވަހާ ގުޅުވައިގެންން ދިވެހިބަހުގެ އެކެޑެމީން ކުރިއަސް ގެންދިޔަ މުބާރާތްތަކެއްގެ އިނާމު ދިނުމަށް 12 ޖުލައި 2024 ދުވަހު ބޭއްވި ޖަލްސާއެއްގައެވެ. މި ފުރުޞަތުގައި، އެޖަލްސާގެ ތެރެއިން މިމުބާރާތުގެ ވަނަތައް އިޢުލާނުކޮށް އިނާމު ދެވޭނޭ އިންތިޒާމު ހަމަޖައްސަވައި ދެއްވިކަމަށްޓަކައި، ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ އަޙްމަދު އަޝްރަފަށާއި އެކަޑަމީގެ މެމްބަރުންނާއި މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. 

    ދިވެހި ބަހުން ސިޓީ ލިޔުމުގެ ފުރަތަމަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ، ދިވެހި ބަހުން ސާފުކޮށް މޮޅަށް ސިޓީ ޢިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ، ސިޓީ ލިޔުމުގެ ސަޤާފަތެއް އުފެއްދުމެވެ.

    މި މުބާރާތުގައި 180 އަށްވުރެ ގިނަ މީހުން ބައިވެރިވެ، 100 އަށްވުރެ ގިނަ ސިޓީ ހުށަހެޅިއެވެ. މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ ދިވެހި ބަހުގެ މާހިރުން ކަމަށްވާ އަލްފާޟިލް (ފަރެސް) މުޙައްމަދު ޢާމިރު އާއި އަލްފާޟިލް އަންވަރު އިބްރާހީމެވެ. 

    މުބާރާތުގެ ވަނަވަނައަށް އައި މީހުންނަކީ؛

    މުބާރާތުގެ އިނާމުތަކަކީ؛

    1 ވަނަ ސިޓީ: އަލްފާޟިލް އަޙްމަދު ދާއޫދު، (3000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި)

    2 ވަނަ ސިޓީ: އަލްފާޟިލާ ހިދާޔާ ނަޢީމް،  (1500 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން)

    3 ވަނަ ސިޓީ: އަލްފާޟިލާ އާމިނަތު ސިއުނާ، (1000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން)

    އެއްވަނަ އޮފީސް – މިލަދުންމަޑުލު އުތުބުރީ އަތޮޅު ކައުންސިލްގެ އިދާރާ (ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި)

    2 ވަނަ އޮފީސް – ޝައިޚް އިބްރާހިމް ސްކޫލު،މ ހއ. ކެލާ (ހަނދާނީ ލިޔުން)

    3 ވަނަ އޮފީސް – ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ (ހަނދާނީ ލިޔުން)

    އެންމެ ގިނަ ސިޓީ ބައިވެރިކުރި އޮފީސް – މިލަދުންމަޑުލު އުތުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، ( (ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި)

  • 04 އޮގަސްޓް 2024

    ނިޔާވެހި ނިއުސްލެޓަރގެ 3 ވަނަ ޢަދަދު ނެރުން

    މި އޮފީހުން ވިކްޓިމް ސަޕޯޓް ދާއިރާގެ ފަންނީ މީހުންނަށް އަމާޒުކޮށްގެން ނެރެމުންދާ "ނިޔާވެހި" ނިއުސްލެޓަރގެ 3 ވަނަ ޢަދަދު މިއަދު ނެރެފީމެވެ.

    ނިޔާވެހިގެ މި ޢަދަދުގައި:

    1. ހެކިބަސް ދިނުމުގައި ޚަބީރުންނަށް އޮތް ލުއިފަސޭހަކަން

    2. ޖިންސީ ކުށުގެ މައްސަލަތަކުގައި ކުއްޖާގެ ހެކިބަސް ނުނަގައި މައްސަލަ ސާބިތުވާނެ ގޮތް

    3. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ޝަރުޠުކޮށްފައި ބަންދުން ދޫކުރުމަކީ ޙައްލެއްނޫންކަން

    މި ސުރުޚީތަކުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްއާއި ޕްރޮސިކިއުޓަރުން ލިޔުންތައް ހިމެނޭނެއެވެ. ނިޔާވެހި ނިއުސްލެޓަރއަކީ ސަބްސްކްރިޕްޝަން ބޭސިސްއަށް ނެރޭ ނިއުސްލެޓަރއެކެވެ. ނިއުސްލެޓަރއަށް ސަބްސްކްރައިމް ކުރެއްވުމަށް މިއޮފީހުގެ ވެބްސައިޓްގެ ހޯމް ޕޭޖްގައިވާ އިރުޝާދު ބެއްލެވުން އެދެމެވެ.

    ސަބްސްކްރައިބް ކުރެއްވުމަށްފަހު ނިއުސްލެޓަރ ވިދާޅުވުމަށް މި ލިންކަށް ވަޑައިގަންނަވާ!

  • 31 ޖުލައި 2024

    Tetra Tech International Development, UK, Conducts Advance Advocacy Training for Prosecutors

    Tetra Tech International Development, UK, has successfully concluded an Advance Advocacy Training program for prosecutors, held from July 29th to 31st at the Kaani Palm Hotel in K. Maafushi, Maldives.

    15 (fifteen) prosecutors from Prosecutor General’s Office, Maldives successfully completed this program on Wednesday.

    This significant initiative was led by esteemed criminal justice expert, Lewis Power KC and criminal justice advisor Joe Holmes. The program was conducted under Maldives Security and Justice Project, funded by the government of UK.

    The three-day intensive training program aimed to enhance the advocacy skills prosecutors, focusing on advanced techniques and strategies in criminal justice. Participants engaged in practical exercises, mock trials, and interactive sessions designed to improve their proficiency in legal advocacy.

    Lewis Power KC and Joe Holmes, both renowned for their extensive experience and expertise in criminal law, provided invaluable insights and hands-on guidance throughout the program. Their mentorship ensured that participants gained a deeper understanding of effective advocacy, equipping them with the tools necessary to navigate complex legal challenges.

    The Prosecutor General highlights the continued partnership between the UK and Maldives in fostering a robust legal framework. UK, remains a committed partner in the development of the Maldivian legal system through initiatives such as these. We look forward to conducting more such training programs in the future to further strengthen the rule of law and enhance the capabilities of legal professionals in the Maldives.

  • 28 ޖުލައި 2024

    ރައީސް ޔާމީންއާއި، ޔޫސުފް ނަޢީމްގެ މައްސަލައިގެ ހައިކޯޓުގެ ނިންމުމުގެ ބައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން

    ވ. އާރަށް ކުއްޔަށްދިނުމާ މުޢާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، މއ. ކާމިނީހުޅަގުގެ، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ރިޝްވަތު ދިނުމާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އަދި ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފް ނަޢީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާކަމަށް 25 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.

    ކްރިމިނަލް ކޯޓުގެ ނިންމުން ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްއާއި، ޔޫސުފް ނަޢީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުގެ ނިންމުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލުކުރުމަށް 18 އެޕްރީލް 2024 ދުވަހު އެ ކޯޓުން ނިންމާފައިވެއެވެ.

    ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2016/12) ގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތްކުރުމަށް އަންގާފައިވެއެވެ. އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅުނޫންކަމަށް ބަޔާންކޮށެވެ. 

    އަލުން ބެލުމަށް ތަޙުވީލުކޮށްފައިވާ މި މައްސަލައިގައި، އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިޞްލާޙު ކުރެވިދާނެ އިޖުރާއަތަކަށްވާތީ، އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އެންގި އެންގުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އަރާރުންވެއެވެ.

    މި ސަބަބައްޓަކައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، މި ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި 24 ޖުލައި 2024 ދުވަހު އެ ކޯޓަށް ވާނީ ހުށަހަޅާފައެވެ.

    މި އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދިފައިވާނީ، އިސްވެ ދެންނެވުނު ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާޢުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުޞަތުދީ، އެ ހެކިތަކާ ގުޅިގެން ދެފަރާތުން ޝަރީޢަތުގައި ބަހުސްކުރުމުގެ ފުރުޞަތުދީ، އެ ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުމަށެވެ.

    ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާނީ މައްސަލައިގެ އިސްވެ ދެންނެވުނު ހެކިތަކާ ގުޅޭ ބައި އެކަންޏެވެ. މި އިސްތިއުނާފުގެ ސަބަބުން، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެއެވެ.