-
30 ނޮވެންބަރު 2023
ކޭ-ޕާރކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކުމުގައި އޮޅުވާލައި މަކަރާ ޙީލަތް ހަދާފައިވާ މައްސަލަ
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކޮށް މި އޮފީހަށް ހުށަހަޅާފައިވެއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި މިވަގުތު ހުށަހަޅުއްވާފައިވަނީ ރ.އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުއާއި، ކ.މާލެ، މއ.އެރަލްސީ، ޙަސަން މަމްދޫޙުގެ މައްޗަށެވެ.
ތަޙުޤީޤުގައި ހޯދިފައިވާ ކަންކަން
1. މއ. އެރަލްސީ، ޙަސަން މަމްދޫޙް އާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރުގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް އުފައްދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓްއެއް ހުޅުވާފައިވާކަން. އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް، އެކައުންޓުގެ ފުރިހަމަ ކޮންޓްރޯލް ޙަސަން މަމްދޫޙުއަށް އެކަނި އޮންނަ ގޮތަށް ހަމަޖައްސާފައިވާކަން.
2. ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ އިމާރާތުގެ އެޕާރޓްމަންޓްތަކެއް އޮޅުވާލާއިގެން ޢާއްމު ފަރާތްތަކަށް ވިއްކާ، ބައެއް މީހުންގެ އަތުން ނަގުދު ފައިސާއާއި، އަގު ބޮޑެތި މުދަލާއި އަދި އޮޅުވާލައިގެން ހުޅުވި އެކައުންޓަށް ގިނަ ޢަދަދެއްގެ މީހުންގެ ފައިސާ ޖަމާކުރާގޮތަށް ހަމަޖައްސައި، އެގޮތުގެ މަތިން ފައިސާ ޖަމާކޮށްފައިވޭ.
3. ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައިފައިވޭ. އެއް އެޕާޓްމަންޓަކާ ގުޅިގެން ތަފާތު މީހުންނާ އެކު އެއް ފަހަރަށްވުރެ ގިނައިންވެސް އެއްބަސްވުމުގައި ސޮއިކޮށް، ފައިސާ ހޯދާފައިވޭ. އެގޮތުން ޖުމްލަ 41 އެޕާޓްމަންޓް ޖުމްލަ 107 މީހަކަށް ވިއްކާފައިވޭ.
4. ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވި، ފޯޖުކޮށްގެން ހުޅުވި އެކައުންޓް ބޭނުންކޮށްގެން މަނީ ލޯންޑަރކޮށްފައިވޭ
ބަލައި ފާސްކުރުން
މި މައްސަލައާ ގުޅިގެން 18 ނޮވެންބަރު 2023 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ޙަސަން މަމްދޫޙް ދިރިއުޅުނު އެފް.ޑަބް.ލިއު ރެސިޑެންސްގެ ޕެންޓްހައުސް ބަލައި ފާސްކޮށް އެތަނުގައި ހުރި އަގުބޮޑެތި މުދާތައް ހިފަހައްޓާފައެވެ. އަދި 28 ނޮވެންބަރު 2023 ދުވަހު ޙަސަން މަމްދޫޙް ދިރިއުޅުނު ޕެންޓް ހައުސްއިން މީހުން ހުސްކޮށް އެތަންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެ ޕެންޓްހައުސް ބަލައިފާސްކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މުދަލުގެ ތެރެއިން ހަމައެކަނި އަތްދަބަހާއި، ސެންޓު ފުޅިތަކާއި، ބޫޓާއި ފައިވާން، އަދި ގަހަނާތަކުގެ ލަފާކުރެވޭ އަގު 07 (ހަތެއް) މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަކަމަށް ބެލެވެއެވެ.
މުދާ ހިފެހެއްޓުން
މި މައްސަލާގައި ތުހުމަތުކުރެވޭ ޙަސަން މަމްދޫޙު ދިރިއުޅެމުންދިޔަ އެފް.ޑަބްލިއު ރެޒިޑެންސްގެ ޕެންޓްހައުސްއަކީ، ސައްޙަ ނޫން ލިޔުންތައް ހުށަހަޅައިގެން ސޮއި ފޯޖުކޮށް ބޭންކަށް އޮޅުވާލައިގެން ހުޅުވާފައިވާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް އެކި މީހުން އެޕާޓްމަންޓް ގަތުމަށް ޖަމާކުރި ފައިސާއިން ގަނެފައިވާ ތަނެއްކަން ފައިނޭންޝަލް އެސެސްމަންޓްތަކުން އެނގެން އޮވެއެވެ. އެގޮތުން މި ޕެންޓްހައުސް ގަނެފައިވަނީ 7،862،887.32 (ހަތް މިލިއަން އަށްލައްކަ، ފަސްދޮޅަސް ދެހާސް އަށްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ތިރީސް ދޭއް ލާރި) އަށެވެ. މި ތަނުގެ ރަޖިސްޓްރީ ބަދަލުކުރުމަށް މަސައްކަތްކޮށްފައިވާކަންވެސް ތަހްޤީޤަށް ހޯދިފައިވެއެވެ. މި ވަގުތު މިތަން ވަނީ ކޯޓު އަމުރެއްގެ ދަށުން 01 އަހަރުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. މިކަން ކޮށްފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުންނެވެ.
ދަޢުވާކުރުމުގެ މަސައްކަތް
ފުލުހުންގެ ތަޙްޤީޤުން މިހާތަނަށް ހޯދާފައިވާ ކަންކަމަށް ބަލައި، އެއް އެޕަރޓްމަންޓްއެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ބައިގައި ދަޢުވާކުރުމަށް މިހާރު ނިންމާފައިވެއެވެ. މީގެ ތެރެއިން ބައެއް އެޕާޓްމަންޓް 06 މީހުން، އަދި 07 މީހުންނަށް ވިއްކާފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ.
މި މައްސަލައިގެ ދަޢުވާތައް ފައިނަލްކޮށް ކޯޓަށް ހުށަހެޅުމުން އެ ދަޢުވާތަކުގެ ތަފްޞީލު ޙިއްޞާކުރާނަމެވެ.
-
29 ނޮވެންބަރު 2023
ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތުގެ ބައިވެރިވުމުގެ މުއްދަތު ހަމަވުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ ރެކްރިއޭޝަން ކްލަބް، ކްލަބް220 އިން އިންތިޒާމުކޮށްގެން ބާއްވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރުމުގެ މުއްދަތު ހަމަވިއިރު، 180 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ. މުބާރާތުގައި ގިނަ ޢަދަދެއްގެ ސްކޫލްތަކާއި ކުންފުނިތައް ތަމްސީލުކުރާ މީހުން ބައިވެރިވާން ރަޖިސްޓަރީ ކޮށްފައިވެއެވެ. މުބާރާތަށް މިލިބުނީ ހީކުރިވަރަށްވުރެ މާ ބޮޑު ތަރުޙީބެކެވެ.
މުބާރާތުގައި ބައިވެރިވި މީހުންނަށް، އެމީހަކު ލިޔަންޖެހޭ ސިޓީގެ ނޯޓެއް، އޮންލައިން ޕޯޓަލްގެ ތެރެއިން ފެންނާނެއެވެ. ސިޓީ ލިޔަންޖެހޭނީ އަތުންނެވެ. އަތުން ލިޔުމަށްފަހު، ފޮޓޯއެއް ނަންގަވައި، ވެބްސައިޓަށް އަޕްލޯޑު ކޮށްލަނިކޮށް މުބާރާތުގައި ބައިވެރިވެވުނީއެވެ. ސިޓީ ފޮނުވުމުގެ މުއްދަތު ހަމަވާނީ، 10 ޑިސެމްބަރު 2023 ދުވަހުގެ މެންދުރު 14:00 އަށެވެ.
-
18 ނޮވެންބަރު 2023
ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތް 2023
ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ދިވެހި ބަހުން ސިޓީ ލިޔުމުގެ ފުރަތަމަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިއީ، ޕީޖީ އޮފީހުގެ ރެކްރިއޭޝަން ކްލަބް، ކްލަބް220 އިން އިންތިޒާމުކުރާ މުބާރާތަކެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހި ކޮންމެ ރައްޔިތަކަށް އެބައޮތެވެ. ރަޖިސްޓަރީވުމަށްޓަކައި، މިއޮފީހުގެ އޮންލައިން ޕޯޓަލް online.pgo.mv ގައި އޮތް، ސިޓީ ލިޔުމުގެ މުބާރާތުގެ ޓެބަށް ފިތާލުމުން، ރަޖިސްޓަރީވެވޭނެއެވެ. ސީދާ ލިންކަކީ online.pgo.mv/siteemubaarai މިއެވެ. މިލިންކުން މުބާރާތުގެ ގަވާއިދުވެސް ފެންނާނެއެވެ. މިވެބްސައިޓަށް ވަދެވޭނީ އީފާސް މެދުވެރިކޮށް ވެރިފައިވެގެންނެވެ.
މުބާރާތުގެ މަޤްޞަދަކީ، ދިވެހި ބަހުން ސާފުކޮށް މޮޅަށް ސިޓީ ޢިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ، ސިޓީ ލިޔުމުގެ ސަޤާފަތެއް އުފެއްދުމެވެ.
މުބާރާތުގައި ރަޖިސްޓަރީވުމުގެ މުއްދަތު ހަމަވާއިރު ރަޖިސްޓަރީވެފައިވާ މީހުންނަށް، ސިޓީ ނޯޓެއް ފޮނުވާނަމެވެ. އެސިޓީ ނޯޓުގައި އޮތް ސިޓީ ލިޔެ، ފޮޓޯއެއް ނަގައި، މިޕޯޓަލަށް އަޕްލޯޑުކުރުމުން މުބާރާތަށް ސިޓީ ހުށަހެޅުނީއެވެ.
މުބާރާތުގައި ބައިވެރިވާނީ ވަކިވަކި ފަރުދުންނެވެ. އެމީހަކު ތަމްސީލުކުރާ އޮފީހެއްގެ ނަމާއެކު ރަޖިސްޓަރީވުމުގެ ފުރުޞަތު އޮންނާނެއެވެ. ވަނަވަނައަށް އަންނަ އޮފީސްތައް ހޮވާނީ، އެ އޮފީހަކުން ބައިވެރިކުރި ސިޓީތަކުގެ ތެރެއިން އެންމެ މޮޅު 5 ސިޓީގެ މާރކްސްއަށް ބަލައިގެންނެވެ. 5 ސިޓީއަށްވުރެ މަދުން ހުށަހަޅާ އޮފީސްތައް، އޮފީސްތަކުގައި ބައިގައި ވާދައެއްނުކުރެވޭނެއެވެ.
މުބާރާތުގެ އިނާމުތަކަކީ؛
1 ވަނަ ސިޓީއަށް 3000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި
2 ވަނަ ސިޓީއަށް 1500 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން
3 ވަނަ ސިޓީއަށް 1000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން
އެއްވަނަ އޮފީސް – ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި
2 ވަނަ އޮފީސް – ހަނދާނީ ލިޔުން
3 ވަނަ އޮފީސް – ހަނދާނީ ލިޔުން
އެންމެ ގިނަ ސިޓީ ބައިވެރިކުރި އޮފީސް – ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި
-
-
27 ނޮވެންބަރު 2023
ޕީޖީ އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލުން އޮންލައިން ޕޯޓަލަށް!
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންނަށް ލުއި ފަސޭހަކޮށްދީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، ރައްކާތެރިކަމާއި، ފަސޭހަކަމާއެކު ވަޒީފާއަށް އެދި ހުށަހެޅޭނޭގޮތް ހަދައިދިނުމަށްޓަކައި، ޕީޖ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަހެޅޭ ގޮތަށް ހަދައިފީމެވެ. މިބަދަލާއެކު، ވެލާނާގެ 12 ވަނަ ފަންގިފިލާއަށް، ނުވަތަ އެނޫންވެސް ތަނަކަށް ނުގޮސް، އެމީހަކު ހުރި ތަނެއްގައި ހުރެގެން، ވަޒީފާއަށް ކުރިމަތިލުމުގެ ހުރިހާ ކަމެއް ހަމަޖެއްސޭނެއެވެ.
އެމީހެއްގެ އީފާސް މެދުވެރުކޮށް، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލަށް ލޮގްއިން ކުރެއްވުމުން، މިވަގުތު ވަޒީފާގެ ފުރުޞަތުތައް ހުރި ގޮތް ދައްކައިދޭނެއެވެ. ވަޒީފާއަށް އެދޭ ފޯމުގެ ޢާންމު މަޢުލޫމާތުގެ ބައިތައް ހުންނާނީ ފުރާފައެވެ. ހަމައެކަނި ޖެހޭނީ ސީވީއާއި ތަޢުލީމީ ފާސްތަކުގެ ފޮޓޯ އަޕްލޯޑު ކޮށްލާށެވެ. މިވަގުތު، ޕަބްލިކް ޕްރޮސިކިއުޓަރ ގްރޭޑް 1 ގެ ތިން މަޤާމަކަށް ހުޅުވާލާފައިވާނެއެވެ. މމަޤާމުތަކަށް ކުރިމަތިލާ ބޭފުޅުންނަށް އޮންލައިންކޮށް ފޯމު ފުރިހަމަކުރުމުގެ ފުރުޞަތު އެބައޮތެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވިޔަސްވެހެވެ. ވަޒީފާތަކާބެހޭ މަޢުލޫމާތު މިލިންކުން ފެނިވަޑައިގަންނަވާނެއެވެ.
އޮންލައިން ޕޯޓަލް : online.pgo.mv/login
ވަޒީފާއާބެހޭ މަޢުލޫމާތު: pgoffice.gov.mv/jobs
-
23 ނޮވެންބަރު 2023
ކިންގްސް ކެޕިޓަލް ހޯލްޑިންގސްއިން ހިންގާފައިވާ އިންވެސްޓްމަންޓް ސްކީމްއާ ގުޅިގެން ދަޢުވާކުރުން
ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ޙީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑަރކޮށްފައިވާ މައްސަލައިގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 13 (ތޭރަ) މީހުންގެ ބައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 23 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
1. މ. ފިނިވާގެ 2 ނަންބަރު ބައި، އަލްހާނު ފަހުމީގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ.
2. މ. ފިނިވާގެ 2 ނަންބަރު ބައި، ޞަޙުބާން ފަހުމީގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ.
3. ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ކޮށްފައިވާނީ އެކު ޖުމްލަ 39 (ތިރީސް ނުވައެއް) ދަޢުވާއެވެ.
މި ދަޢުވާތައް ކޮށްފައިވާ ސަބަބަކީ، އަލްހާނު ފަހުމީއާއި، ޞަޙުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއްކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިވްސް ޕވޓ ލޓޑއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދައްކައިގެން، ޢާންމު އެކި މީހުން އަތުން އެކި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީއެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 (ނުވަދިހަ އަށެއް) މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ. މި މައްސަލައިގައި ދަޢުވާކޮށްފައިމިވަނީ އޭގެ ތެރެއިން 13 (ތޭރަ) މީހުންގެ ބައިގައެވެ.
މި ސްކީމްއާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އެ ބައިތަކުގެ ތަޙުޤީޤު ނިންމައި މި އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، މި މައްސަލައިގައި އިތުރު ދަޢުވާތައް ކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނަމެވެ.
-
23 ނޮވެންބަރު 2023
މިއޮފީހުން، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބުނާ މައްސަލަ ހައިކޯޓަށް ބަލައިގަތުން
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި ހޯއްދަވަން، މެޖިސްޓްރޭޓް އަމުރު ކުރެއްވި މަޢުލޫމާތު، އެކޯޓުން އެދިވަޑައިގެންނެވި ދުވަހަށް ފޮނުވިފައި ނުވާކަމަށް ބުނެ އެ ކޯޓުން މި އޮފީސް ޖޫރިމަނާކުރުމަށް ނިންމެވި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް 14 ނޮވެންބަރު 2023 ގައި ވާނީ ހުށަހަޅާފައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރަރ ގެ ނިންމެވުމަކުން މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް 15 ނޮވެންބަރު 2023 ގައި ނިންމަވާފައިވަނީ، އެ މައްސަލަ ހުށަހެޅުމަށް އޮންނަ އިޖުރާއަތުގެ ދަށުން ހުށަހެޅުމަށް ވިދާޅުވެއެވެ. މި އޮފީހުންވާނީ އިޖުރާއީ ކަންކަން ޙައްލުކޮށް، އަލުން މައްސަލަ ހުށަހަޅާފައެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގަތުމަށް ނިންމަވާފައެވެ.
-
31 އޮކްޓޫބަރު 2023
މިއޮފީހުން، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބުނާ މައްސަލަ
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި ހޯއްދަވަން، މެޖިސްޓްރޭޓް އަމުރު ކުރެއްވި މަޢުލޫމާތު، އެކޯޓުން އެދިވަޑައިގެންނެވި ދުވަހަށް ފޮނުވިފައިނުވަނީ، އެ މަޢުލޫމާތަކީ މިއޮފީހަށް މައްސަލައިގައި ލިބިފައިވާ މަޢުލޫމާތަކަށް ނުވާތީއެވެ. އެފަދަ މަޢުލޫމާތު ޕްރޮސިކިއުޝަން މެދުވެރިކޮށް ހޯދޭ ގޮތަށް އޮންނަ އިޖުރާއަތާ އެއްގޮތަށް ދިފާޢުން ހުށަހެޅުއްވުމުން އެ މަޢުލޫމާތު ހޯދުމަށް މަސައްކަތކުރާނެކަމަށް ކޯޓުގައި ދެންނެވުން އެ ގޮތުގެ މަތިން އެފަދަ ހުށަހެޅުމެއް ލިބިފައިނުވާތީއެވެ. ޕްރޮސިކިއުޝަން މެދުވެރިކޮށް މިފަދަ މަޢުލޫމާތެއް ނުހޯދޭ ޙާލަތުގައި އެ މަޢުލޫމާތެއް ހުރި އިދާރާއަކަށް އަމުރު ކުރައްވައިގެން ހޯއްދެވެއެވެ.
އެމަޢުލޫމާތަކީ، ފުލުސް އޮފީހުން ބަލަހައްޓާ މަޢުލޫމާތަކަށްވާތީ، އެމަޢުލޫމާތު ހޯއްދެވޭނެ ގޮތަކީ ފުލުސް އޮފީހަަށް އަމުރެއް ފޮނުއްވައިގެންނެވެ. އެ އަމުރު، ފުލުސް އޮފީހަށް ފޮނުއްވާފައި އޮތްކަމަށް މިއޮފީހަށް މަޢުލޫމާތު ލިބިފައިވެއެވެ. އެފަދަ ކަމެއްގައި، މިއޮފީހުން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބެލުމަކީ އިންޞާފުވެރި ގޮތެއްކަމަށް ނުވެދާނެތީ، އެއަމުރު މަތީ މަރްޙަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ. މިއޮފީހުގައި ހުރި މަޢުލޫމަތެއް ކޯޓަކުން ބޭނުންފުޅުވެގެން އެދިވަޑައިގެންފިނަމަ، ނުދީ ހިފެހެއްޓުމަކީ މިއޮފީހުން ދުވަހަކުވެސް ކުރި ނުވަތަ ކުރާނެވެސް ކަމެއް ނޫނެވެ. މިއޮފީހުން ކޯޓަށް ހުށަހަޅާ މއްސަލައެއްގައި، މިއޮފީހަށް ލިބޭ ހުރިހާ މަޢުލޫމާތެއް ހާމަކުރަމެވެ. ފޮރުވާނެ އެއްޗެއް ނޯންނާނެއެވެ. ޤާނޫނީ ސަބަބަކާހުރެ އެއްވެސް މަޢުލޫމާތެއް ސިއްރުކުރަން އެދޭނަމަ، އެކަން ކުރަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކޯޓު އަމުރެއް ލިބިގެންނެވެ. ނަމަވެސް، ތަޙުޤީޤުން ނުލިބޭ، މިއޮފީހުގައި ނުވެސް ނެތް މަޢުލޫމަތެއް ހާމަކުރަން ކޯޓުން އެދޭނަމަ، އެމަޢުލޫމާތެއް ހޯއްދެވޭނީ، އެ މަޢުލޫމާތެއް ހުރި އިދާރާއަކަށް ލިޔުއްވައިގެންނެވެ.
ނަމަވެސް، މިއޮފީހުގައި ނެތް މަޢުލޫމާތެއް، ކޯޓަށް ހުށަނާޅައިގެން ހިނގި ކަމެއްގައި، އަދު އަމުދުން އެކަމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 76 ވަނަ މާއްދާ (ޝަރީޢަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފުވުން) ގައި، އެމާއްދާގެ ދަށުން އަދަބެއް ކަނޑައެޅޭނީ"ޝަރީޢަތުގެ މަޖިލީސް ހިނގަމުންދަނިކޮށް" ހިނގާ ކަމެއްގައި ކަމަށް ސާފުކޮށް އޮއްވާ، މަޖިލީހުގެ ތެރޭގައި ނޫން ގޮތަކަށް ދިމާވި ކަމެއްގައި، އެމާއްދާގެ ދަށުން އަދަބު ކަނޑައެޅުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ.
-
-
22 ނޮވެންބަރު 2023
ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތަށް ބޮޑު ތަރުޙީބެއް ލިބެމުން އެބަދޭ
މިއޮފީހުގެ ރެކްރިއޭޝަން ކްލަބް، ކްލަބް220 އިން އިންތިޒާމުކޮށްގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ، ދިވެހި ބަހުން ސިޓީ ލިޔުމުގެ މުބާރާތް 2023 އަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އެބަދެއެވެ. މިހާތަނަށް، މި މުބާރާތުގައި 120 އަށްވުރެ ގިނަ ޢަދަދެއްގެ މީހުން ރަޖިސްޓަރީ ކޮށްފިއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 29 ނޮވެމްބަރ 2023 ދުވަހުގެ 14:00 އެވެ.
ރަޖިސްޓަރީވުމަށްޓަކައި، މިއޮފީހުގެ އޮންލައިން ޕޯޓަލް online.pgo.mv ގައި އޮތް، ސިޓީ ލިޔުމުގެ މުބާރާތުގެ ޓެބަށް ފިތާލުމުން، ރަޖިސްޓަރީވެވޭނެއެވެ. ސީދާ ލިންކަކީ online.pgo.mv/siteemubaarai މިއެވެ. މިލިންކުން މުބާރާތުގެ ގަވާއިދުވެސް ފެންނާނެއެވެ. މިވެބްސައިޓަށް ވަދެވޭނީ އީފާސް މެދުވެރިކޮށް ވެރިފައިވެގެންނެވެ.
މުބާރާތާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި، ކްލަބް220 ގެ ހިންގާ ކޮމިޓީގެ ދެމެމްބަރުން، އަލްއުސްތާޛާ ފާޠިމަތު ނަބާހާއާއި އަލްއުސްތާޛާ ޢާއިޝަތު މުނާ ޝަމީމް، ރާއްޖެ އެފް.އެމް ގެ އަދުގެ ރާއްޖެ ޕްރޮގްރާމްގައި އިއްޔެ ވާހަކަ ދައްކަވާފައިވެއެވެ.
-
18 ނޮވެންބަރު 2023
ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތް 2023
ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ދިވެހި ބަހުން ސިޓީ ލިޔުމުގެ ފުރަތަމަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިއީ، ޕީޖީ އޮފީހުގެ ރެކްރިއޭޝަން ކްލަބް، ކްލަބް220 އިން އިންތިޒާމުކުރާ މުބާރާތަކެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހި ކޮންމެ ރައްޔިތަކަށް އެބައޮތެވެ. ރަޖިސްޓަރީވުމަށްޓަކައި، މިއޮފީހުގެ އޮންލައިން ޕޯޓަލް online.pgo.mv ގައި އޮތް، ސިޓީ ލިޔުމުގެ މުބާރާތުގެ ޓެބަށް ފިތާލުމުން، ރަޖިސްޓަރީވެވޭނެއެވެ. ސީދާ ލިންކަކީ online.pgo.mv/siteemubaarai މިއެވެ. މިލިންކުން މުބާރާތުގެ ގަވާއިދުވެސް ފެންނާނެއެވެ. މިވެބްސައިޓަށް ވަދެވޭނީ އީފާސް މެދުވެރިކޮށް ވެރިފައިވެގެންނެވެ.
މުބާރާތުގެ މަޤްޞަދަކީ، ދިވެހި ބަހުން ސާފުކޮށް މޮޅަށް ސިޓީ ޢިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ، ސިޓީ ލިޔުމުގެ ސަޤާފަތެއް އުފެއްދުމެވެ.
މުބާރާތުގައި ރަޖިސްޓަރީވުމުގެ މުއްދަތު ހަމަވާއިރު ރަޖިސްޓަރީވެފައިވާ މީހުންނަށް، ސިޓީ ނޯޓެއް ފޮނުވާނަމެވެ. އެސިޓީ ނޯޓުގައި އޮތް ސިޓީ ލިޔެ، ފޮޓޯއެއް ނަގައި، މިޕޯޓަލަށް އަޕްލޯޑުކުރުމުން މުބާރާތަށް ސިޓީ ހުށަހެޅުނީއެވެ.
މުބާރާތުގައި ބައިވެރިވާނީ ވަކިވަކި ފަރުދުންނެވެ. އެމީހަކު ތަމްސީލުކުރާ އޮފީހެއްގެ ނަމާއެކު ރަޖިސްޓަރީވުމުގެ ފުރުޞަތު އޮންނާނެއެވެ. ވަނަވަނައަށް އަންނަ އޮފީސްތައް ހޮވާނީ، އެ އޮފީހަކުން ބައިވެރިކުރި ސިޓީތަކުގެ ތެރެއިން އެންމެ މޮޅު 5 ސިޓީގެ މާރކްސްއަށް ބަލައިގެންނެވެ. 5 ސިޓީއަށްވުރެ މަދުން ހުށަހަޅާ އޮފީސްތައް، އޮފީސްތަކުގައި ބައިގައި ވާދައެއްނުކުރެވޭނެއެވެ.
މުބާރާތުގެ އިނާމުތަކަކީ؛
1 ވަނަ ސިޓީއަށް 3000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި
2 ވަނަ ސިޓީއަށް 1500 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން
3 ވަނަ ސިޓީއަށް 1000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން
އެއްވަނަ އޮފީސް – ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި
2 ވަނަ އޮފީސް – ހަނދާނީ ލިޔުން
3 ވަނަ އޮފީސް – ހަނދާނީ ލިޔުން
އެންމެ ގިނަ ސިޓީ ބައިވެރިކުރި އޮފީސް – ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި
-
-
20 ނޮވެންބަރު 2023
ޕްރޮސިކިއުޓަރ ޖެނެރަލާއި ސަރުކާރާދެމެދު އޮންނަ ގުޅުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ޢައްޔަންކޮށް ވަކިކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެކަމަށް ހަމަޖެހިފައިވާ އުޞޫލުތައް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލާއި ސަރުކާރާ ދެމެދު އޮންނަ ގުޅުމާބެހޭ ގޮތުން މިއޮފީހުން ނިއުސްލެޓަރ، ޢުންޞުރުގެ 4 ވަނަ ޢަދަދުގައި އޮތް ލިޔުން ވިދާޅުވެލައްވާށެވެ. މައިގަނޑު ދެ ގުޅުމެކެވެ. ޢާންމު ސިޔާސަތު ކަނޑައެޅުން އޮތީ ބަންޑާރަ ނައިބަށެވެ. ފައިސާއާއި ބަޖެޓާބެހޭ ކަންކަން ވިލަރެސް ކުރަންޖެހެނީ މާލީ ވަޒީރާއެކުއެވެ.
-
18 ނޮވެންބަރު 2023
ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތް 2023
ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ދިވެހި ބަހުން ސިޓީ ލިޔުމުގެ ފުރަތަމަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިއީ، ޕީޖީ އޮފީހުގެ ރެކްރިއޭޝަން ކްލަބް، ކްލަބް220 އިން އިންތިޒާމުކުރާ މުބާރާތަކެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހި ކޮންމެ ރައްޔިތަކަށް އެބައޮތެވެ. ރަޖިސްޓަރީވުމަށްޓަކައި، މިއޮފީހުގެ އޮންލައިން ޕޯޓަލް online.pgo.mv ގައި އޮތް، ސިޓީ ލިޔުމުގެ މުބާރާތުގެ ޓެބަށް ފިތާލުމުން، ރަޖިސްޓަރީވެވޭނެއެވެ. ސީދާ ލިންކަކީ online.pgo.mv/siteemubaarai މިއެވެ. މިލިންކުން މުބާރާތުގެ ގަވާއިދުވެސް ފެންނާނެއެވެ. މިވެބްސައިޓަށް ވަދެވޭނީ އީފާސް މެދުވެރިކޮށް ވެރިފައިވެގެންނެވެ.
މުބާރާތުގެ މަޤްޞަދަކީ، ދިވެހި ބަހުން ސާފުކޮށް މޮޅަށް ސިޓީ ޢިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ، ސިޓީ ލިޔުމުގެ ސަޤާފަތެއް އުފެއްދުމެވެ.
މުބާރާތުގައި ރަޖިސްޓަރީވުމުގެ މުއްދަތު ހަމަވާއިރު ރަޖިސްޓަރީވެފައިވާ މީހުންނަށް، ސިޓީ ނޯޓެއް ފޮނުވާނަމެވެ. އެސިޓީ ނޯޓުގައި އޮތް ސިޓީ ލިޔެ، ފޮޓޯއެއް ނަގައި، މިޕޯޓަލަށް އަޕްލޯޑުކުރުމުން މުބާރާތަށް ސިޓީ ހުށަހެޅުނީއެވެ.
މުބާރާތުގައި ބައިވެރިވާނީ ވަކިވަކި ފަރުދުންނެވެ. އެމީހަކު ތަމްސީލުކުރާ އޮފީހެއްގެ ނަމާއެކު ރަޖިސްޓަރީވުމުގެ ފުރުޞަތު އޮންނާނެއެވެ. ވަނަވަނައަށް އަންނަ އޮފީސްތައް ހޮވާނީ، އެ އޮފީހަކުން ބައިވެރިކުރި ސިޓީތަކުގެ ތެރެއިން އެންމެ މޮޅު 5 ސިޓީގެ މާރކްސްއަށް ބަލައިގެންނެވެ. 5 ސިޓީއަށްވުރެ މަދުން ހުށަހަޅާ އޮފީސްތައް، އޮފީސްތަކުގައި ބައިގައި ވާދައެއްނުކުރެވޭނެއެވެ.
މުބާރާތުގެ އިނާމުތަކަކީ؛
1 ވަނަ ސިޓީއަށް 3000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި
2 ވަނަ ސިޓީއަށް 1500 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން
3 ވަނަ ސިޓީއަށް 1000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން
އެއްވަނަ އޮފީސް – ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި
2 ވަނަ އޮފީސް – ހަނދާނީ ލިޔުން
3 ވަނަ އޮފީސް – ހަނދާނީ ލިޔުން
އެންމެ ގިނަ ސިޓީ ބައިވެރިކުރި އޮފީސް – ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި
-
13 ނޮވެންބަރު 2023
ސްކޭމް ކޯލުތަކާއި އޮޅުވާލައިގެން، މަކަރާއި ޙީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ޢަމަލުކުރަންވީ އުޞޫލުތަކާބެހޭ އިރުޝާދެއް ނެރުން
ސްކޭމް ކޯލުތަކާއި، އޮޅުވާލައިގެން، މަކަރާއި ޙީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް މުޖްތަމަޢުގެ ތެރޭގައި ގިނަވެ، އެކަމުގެ ކަންބޮޑުވުން ދައުލަތުގެ އިދާރާތަކާ ހަމައަށް އައިސްފައިވާތީ، އެކަން ހިނގާ ގޮތް ބަލައި، އެކަމުގައި ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގައި ހުރި ގޮންޖެހުންތައް ވަޒަންކުރިއިރު، މިކަމުގައި ދައުލަތުގެ އިދާރާތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް އޮތުމުގެ މުހިންމުކަން އޮތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގެންނަވައެވެ.
ވީމާ، ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް) ގެ (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި، ހިންގާ ތަޙްޤީޤްތައް ބަލައި އެކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމުގެ ޒިންމާގެ ދަށުން، ސްކޭމްގެ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި ދަޢުވާކުރުމުގައި އެއް ގޮތަކަށް ޢަމަލުކުރުމަށް ބާރު އެޅުމަށާއި، އެފަދަ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުރިހަމަކުރަންވީ ކަންކަން އެއް ހަމައަކުން ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވާލާފައިވާ "ސްކޭމް ކޯލްތަކާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި، ދަޢުވާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު" އެއް މިއަދު ނެރުއްވައި، ހުރިހާ ތަޙްޤީޤީ އިދާރާތަކަށް ފޮނުއްވާފައިވެއެވެ.
މިއިރުޝާދާ އެއްގޮތަށް ޢަމަލުކުރަން ފެށުމުން، ސްކޭމް ކޯލްތަކާގުޅޭ މައްސަލަތަކުގެ ތަޙްޤީޤުތައް އަވަސްވެ، ކާމިޔާބުކަމާއެކު ޕްރޮސިކިއުޓް ކުރުމަށް ބާރު އެޅޭނެކަމަށް މިއޮފީހުން ޤަބޫލުކުރަމެވެ. މިއާއެކު، މިބާވަތުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ތަޙްޤީޤީ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދުމުގައި ކަމާބެހޭ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ މަސައްކަތްތަކެއްވެސް މިހާރު މިދަނީ ކުރަމުންނެވެ. މޯބައިލް ފޯނުގެ ޚިދުމަތްދޭ ތަންތަނާއި ބޭންކުތަކާއި، އެނޫންވެސް މާލީ މުޢާމަލާތްތައް ހިންގާ ތަންތަނުން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ލިބިގެން މެނުވީ، މިބާވަތުގެ މައްސަލަތައް ކާމިޔާބުކުރުން ވާނީ ދަތި ކަމަކަށެވެ.