-
28 ފެބުރުވަރީ 2023
ކޮންޓްރެކްޓް އުސޫލުން ތަކެތި ހޯދުމަށް ފެނަކަ ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން އެއްބަސްވެފައިވާ މުއްދަތަށް ތަކެތި ފޯރުކޮށް ނުދެވުމުގެ ސަބަބުން ލިކްއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ކަނޑަންޖެހޭ 2.54 މިލިއަން ރުފިޔާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 28 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހެޅެހިފައެވެ.
މ. ކޮކާހަނދުވަރު، މުޙައްމަދު ނިމާލްއާއި،
ދަފްތަރު ނަންބަރު ރސ 13520، މިންހާޖު ވަޙީދުގެ މައްޗަށް؛
ޤާނޫނު ނަންބަރު: 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުން.
ދަޢުވާކުރާ ސަބަބު:
2013 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް މުޙައްމަދު ނިމާލް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމުގައިހުރެ، އަދި މިންހާޖު ވަޙީދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރ ގެ މަޤާމުގައިހުރެ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ، ޕްލާންކްޓަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާ, ނިއުމެޓިކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު މުދާ ގަތުމަށް ވެފައިވާ އެއްބަސްވުންތަކުގައި އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް ޕޮލިސީގައި، މުދާ ޑެލިވަރކުރުމަށް ކަނޑައަޅާ މުއްދަތު ފާއިތުވާ ފަހުން މުދާ ޑެލިވަރކޮށްފިނަމަ، ލަސްވި ދުވަސްތަކަށް ލިކުއިޑޭޓެޑް ޑެމޭޖަސް އުނިކުރަންވާނެކަމަށް ބަޔާންކޮށްފައިވަނިކޮށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި، ޕްލާންކްޓަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، އަދި ނިއުމެޓިކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ކޮށްފައިވާ މުޢާމަލާތްތަކެއްގެ ތެރެއިން އެއްބަސްވި މުއްދަތުގައި ދައުލަތަށް މުދާ ލިބިފައިނުވާއިރު، އޭގެ ބަދަލުގައި ދައުލަތަށް ލިބެންޖެހޭ ލިކުއިޑޭޓް ޑެމޭޖެސް ދައުލަތަށް ލިބިފައިނުވަނީ މި ދެމީހުންގެ ޢަމަލުތަކުގެ ސަބަބުންކަމުގައިވާތީ.
މި މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށް ތުހުމަތުކުރެވުނު ނަމަވެސް، އެ ދެމީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީއާއި, ދަޢުވާކުރުމުގެ މަސްލަޙަތު އޮތްކަމަށް ނުފެންނާތީ އެ ދެމީހުންގެ ބައި އަނބުރާ ފޮނުވާލާފައިވާނެއެވެ.
-
19 ފެބުރުވަރީ 2023
ޢައްބާސް ޢާދިލް ރިޟާގެ މައްޗަށް ދަޢުވާކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން.
ދަޢުވާ: ފަނާކޮށްފާނެކަމުގެ ބިރުދެއްކުން
ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން.
ދަޢުވާކުރާ ސަބަބު: 22 ޑިސެންބަރު 2022 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި ޢައްބާސް ޢާދިލް ރިޟާ ވާހަކަ ދައްކަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއާއި، 23 ޑިސެންބަރު 2022 ދުވަހު ޢައްބާސް ޢާދިލް ރިޟާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާތީ.
ކުށުގެ އަދަބު: 1އ 7މ 6ދ
-
13 ފެބުރުވަރީ 2023
29 ސެޕްޓެންބަރު 2017 ދުވަހުގެ 21:56 އެހައިކަށްހައިއިރު، ހުޅުމާލެ ހާފްވޭ ހައުސް ކައިރީގައި ގއ. ދާންދޫ، ގޯލްޑްލީފް، ހާރިސް ޢަބްދުލްޣަފޫރުއަށް ތޫނުއެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން މަރުވި މައްސަލައިގައި، ޏ. ފުވައްމުލައް، ހޯދަޑު، ހިލްޓަން ޔާމީން ރަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 29 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކުރެއްވުމާ ގުޅިގެން، އެ މައްސަލަ 12 ފެބްރުވަރީ 2023 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވާހަކަ ދަންނަވަމެވެ.
-
24 ޖަނަވަރީ 2023
https://twitter.com/psmnewsmv/status/1617552697800163328?s=46&t=Op_cOZo8lDFtTNqMZ7UaTg
Last nights Raajje Miadhu program
-
19 ޖަނަވަރީ 2023
ލ. ކަލައިދޫ، މާކަރީލައިޓް، މުޙައްމަދު ޝަޒްލީފްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރޭޕްކުރުމުގެ ކުށުގެ ދަޢުވާއާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް 18 ޖަނަވަރީ 2023 ދުވަހު ކްރިމިނަލް ކޯޓުން ކަނޑައަޅުއްވައިފިއެވެ.
ޙާދިސާ ހިނގި ތާރީޚް: 06 ޖަނަވަރީ 2018 ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައި
ޙާދިސާ ހިނގި ތަން: ލ. ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެ
ދަޢުވާގެ ކުރު ޚުލާޞާ: އަނިޔާލިބުނު ޢުމުރުން 17 އަހަރުގެ ކުއްޖާ ޙާދިސާ ހިނގި ތަނަށް ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ނަގާފައިވާތީ.
ކޯޓަށް ހުށަހެޅުނު ދުވަސް: 05 ފެބްރުވަރީ 2018
އަދަބު ކަނޑައެޅިގޮތް:
ރޭޕްގެ ކުށް ސާބިތުވެފައިވާތީ ޖިންސީ ކުށުގެ ޤާނޫނު ގެ 14 ވަނަ މާއްދާގެ (ނ) ގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް.
ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައިވާތީ، ކުޑަކުދިންނަށް ޖީންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް،
އެކު ޖުމްލަ 40 (ސާޅީސް) އަހަރަށް ޖަލަށްލުމަށް، އަދި އެ މުއްދަތުން ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު ކަމުގައިވާ 2 އަހަރާއި 1 މަހާއި 14 ދުވަސް އުނިކޮށް.
-
29 ޑިސެންބަރު 2022
މިއަދަކީ އަހަރުގެ އެންމެ ފަހު މަސައްކަތު ދުވަހެވެ. އަޅުގަނޑުމެންގެ މަސައްކަތްތައް ރިޕޯޓް ކުރެއްވުމުގައި ތިބޭފުޅުން ދެއްވި ސަމާލުކަމާއި, އަދި ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ މަސައްކަތްތަކާ ގުޅޭގޮތުން ޞައްޙަ ތެދު ޚަބަރު ގެނެސްދެއްވުމަށް ތިބޭފުޅުން ދެއްވި އިސްކަމަށްޓަކައި ޝުކުރު ދަންނަވަމެވެ.
އަޅުގަނޑުމެން އަހަރު މި ނިންމާލަނީ 2162 މައްސަލައިގެ ޑިއުޓީ ޕްރޮސިކިއުޝަން ނިންމާފައެވެ. 1920 ދަޢުވާ ކޯޓަށް ހުށަހަޅާފައެވެ. އަދި 1234 މައްސަލަ ކޯޓުގައި ކާމިޔާބުކޮށްފައެވެ.
މިހާރު 2022 ވަނަ އަހަރުގެ އެންމެހައި ތަފާސްހިސާބުތައް “އާމަހި” ވެބްސައިޓުން ފެނިވަޑައިގަންނަވާނެއެވެ. މި ތަފާސްހިސާބުތަކުން މި ނިޒާމު ހިނގަމުންދާގޮތުގެ ތަޞައްވުރެއް ސިކުނޑިއަށް ގެނެވޭނެއެވެ.
އަޅުގަނޑުމެންގެ ސިޔާސަތަކީ ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި މަޢުލޫމާތު ހާމަކުރުމެވެ. މިކަމަށް ފަހިވާނެ އިތުރު ދޮރުތަށް 2023 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ހުޅުވާނަމެވެ.
ތިބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ މިންވަރަށް މަޢުލޫމާތު ހާމަކުރެވޭކަމަށް އުންމީދު ކުރަމެވެ. އަދި އެކިއެކި ސަބަބުތަކަށްޓަކައި ބައެއް މަޢުލޫމާތު ހާމަނުކުރެވޭކަމަށްޓަކައި, އަދި ބައެއް ބޭފުޅުންގެ ސުވާލުތަކަށް ވަކި ޖަވާބެއް ނުދެވި ވެދާނެކަމަށްޓަކައި މަޢާފަށް އެދެމެވެ.
އެންމެ ބޭފުޅުންނަށް ބާއްޖަވެރި 2023 އަކަށް އެދެމެވެ.
-
28 ޑިސެންބަރު 2022
06 އޮގަސްޓު 2022 ދުވަހު ހ. ޝީރީންވިލާގޭގައި، ތޫނުއެއްޗަކުން ޙަމަލާދީ އަންހެނަކު މަރާލި މައްސަލައިގައި ފ. ނިލަންދޫ، ފިނިފެންމާގެ، ޢަލީ ސާހިލްގެ މައްޗަށް:
ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން އިތުރު 2 ދަޢުވާ، އެކު ޖުމްލަ 5 ދަޢުވާ ކުރުމަށް 28 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
-
20 ޑިސެންބަރު 2022
I think this website will be especially helpful to u. Now you dont have to request for statistics. It is now readily available. This website is automatically synced with our case management system every 6 hours. So u have access to real-time data now.
-
20 ޑިސެންބަރު 2022