ހެއްކާބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް

17 މާރިޗު 2023

ހެއްކާބެހޭ ޤާނޫނު ވުޖޫދުވެ ޢަމަލުކުރަން ފެށުމަށް އޮތް 6 މަސްދުވަހުގެ މުއްދަތުގައި, އެ ޤާނޫނަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތް މި އޮފީހުން އިސްވެ ފަށާފައިވާނެއެވެ. ޓްރެއިނިންގ ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދު ސަލީމެވެ.

މި މަސައްކަތުގެ ތެރެއިން މި އޮފީހުގެ ހުރިހާ ޕްރޮސިކިއުޓަރުން ވަނީ ޤާނޫނަށް ތަމްރީނުކުރެވިފައެވެ. އަދި ޤާނޫނު ކިޔަވައިދިނުމަށްޓަކައި މި އޮފީހުގެ 18 ޕްރޮސިކިއުޓަރުންގެ ޓީމެއް ގެންދަނީ ކެނޑިނޭޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓްރެއިނިނިގް ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން ފަނޑިޔާރުންނާއި, ޤާނޫނީ ވަކީލުންނާއި, އިންވެސްޓިގޭޓަރުންންނާއި ޖުޑީޝަރީގެ މުވައްޒަފުން ހިމެނޭ ގޮތުން 1000 އަށްވުރެ ގިނަ މީހުންނަށް 390 އެއްހާ ގަޑިއިރުގެ ޓްރެއިނިންގ މި އޮފީހުން ވާނީ ހިންގާފައެވެ.



ބައިވެރިވި މުއައްސަސާތައް

ތަމްރީނުވި ބޭފުޅުންގެ ޢަދަދު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

105

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން

97

ދިވެހިރާއްޖޭގެ ކޯޓުތަކުގެ މުވައްޒަފުން

247

ދިވެހިރާއްޖޭގެ ބާ ކައުންސިލް

35

ދިވެހި ފުލުހުންގެ ޚިދުމަތް

549

އެންޓި-ކޮރަޕްޝަން ކޮމިޝަން

70

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން

5

ކަސްޓަމްސް

83

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

30

ޖުޑީޝަލް ސަރވިސް ކޮމިޝަން

13