- 
                            23 އޮގަސްޓް 2023 ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ފަސްކުރުމާ ގުޅޭރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި, ޔޫސުފް ނަޢީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ރިޝްވަތު ހިފުމާއި, މަނީ ލޯންޑަރ ކުރުމާއި, ރިޝްވަތު ދިނުމުގެ ކުށުގެ މައްސަލަތަކުގެ އަޑުއެހުމެއް 23 އޮގަސްޓު 2023 ދުވަހުގެ 13:45 އަށް ތާވަލުކުރައްވާފައިވެއެވެ. އެ މައްސަލައިގައި މި އޮފީސް ތަމްސީލުކުރައްވާ ވަކީލުންގެ ތެރެއިން ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛު އަޙްމަދު ޝަފީޢުއާއި, ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ޢީނާ މޫސާ ރޯގާގެ އާލާސްކަންފުޅާ އުޅުއްވާތީ, ކޯޓަށް ވަޑައިގެން ވަކާލާތުކުރެއްވުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެހެންކަމުން, މިއަދަށް ތާވަލުކުރެވިފައިވާ އަޑުއެހުން ފަސްކޮށްދެއްވުމަށް މި އޮފީހުން ކޯޓުގައި އެދިފައިވާނެއެވެ. އަދި ވަކީލުންގެ ޑަކްޓަރީ ލިޔުންތައް ކޯޓަށް ހުށަހަޅާފައިވާނެއެވެ. ކޯޓުން ވަނީ މިއަދަށް ތާވަލުކުރެވިފައިވާ އަޑުއެހުން ފަސްކޮށްދެއްވާފައެވެ. 
 
 
 
