• 05 ޖުލައި 2024

    ޖިނާއީ ޢަދުލުގެ ޤާނޫނީ ލިޔުންތަކުގެ ޑާޓާބޭސް - ލެތުންގެ އިނގިރޭސި ބަޔަށް އިތުރު ޤާނޫނުތައް އެޅުން

    މިއޮފީހުން އުފައްދާ ބަލަހައްޓާ ޖިނާއީ ޢަދުލުގެ ނިޒާމުގެ ޑޭޓާބޭސް، ލެތުމުގެ އިނގިރޭސި ޞަފްޙާގައި ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)  އާއި ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ތަކުގެ އިނގިރޭސި ތަރުޖަމާތައް އަޕްލޯޑްކޮށްފައިވާނެއެވެ. 

    މިޤާނޫނުތަކަކީ، މިދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާ، ޙަރަކާތްތެރި މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ފެމިލީ ލީގަލް ކްލިނިކްއިން ތަރުޖަމާ ކުރައްވާފައިވާ ޤާނޫނުތަކެކެވެ. އެޖަމްޢިއްޔާގެ ހެޔޮ އެދުންތަކާއެކު، މިލިޔުންތައް ލެތުމުގައި އަޕްލޯޑުކުރެވިފައިވަނީއެވެ. މިފުރުޞަތުގައި، މިލިޔުންތައް ލެތުމަށް ލުމަށް ދެއްވިކަމަށްޓަކައި އެ ޖަމްޢިއްޔާގެ މުއައްސިސް އަލްއުސްތާޛާ ޝަފީޢާ ރިޒާއަށާއި، ޖަމްޢިއްޔާގެ ހިންގުންތެރިންނަށް މިއޮފީހުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.