• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ނޫސްބަޔާން
  • ފޮޓޯ ގެލަރީ
  • ޢާންމު ޝައުޤު
  • ޚަބަރު ފީތާ
  • ޢުންޞުރު
  • ރޭޑިއޯ ޕްރޮގްރާމް
  • ސައިޓުން ހޯއްދެވުމަށް
ޕީޖީ އޮފީސް
  1. ފުރަތަމަ ޞަފްޙާ
  2. ގެލަރީ

ފޮޓޯ ގެލެރީ - ޕްރޮސިކިއުޓަރ ޖެނެރަލްގެ 5 އަހަރުގެ ތަޞައްވުރު އިފްތިތާހުކުރުން

09 މާރިޗު 2025

އާރޯ ގަސްއިންދުމުގެ ޙަރަކާތުގައި ޕީޖީ އޮފީހުން ބައިވެރިވެއްޖެ

04 ޖޫން 2016

އިލެކްޝަނާގުޅޭ ކަންކަމުގައި ރާއްޖެއަށް ފަންނީ އެހީ ބޭނުންވާ މިންވަރާއި ބާވަތްތައް ދެނެގަތުމަށްޓަކައި ރާއްޖެ ވަޑައިގަން އުޅުއްވާ އ.ދ. ގެ ޓީމުން ޕްރޮސިކިއުޓަރ ޖެނެރަލާ ބައްދަލުކުރެއްވުން

24 މޭ 2016

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ 'މުވައްޒަފުންގެ ސްކީމް' ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބައިވެރިވުން

24 މޭ 2016

'އާރޯ' އިފްތިތާޙްކުރުމުގެ ޙަފްލާ

15 މޭ 2016

ފަނޑިޔާރުންގެ މަހާސިންތާ - 2016 ގައި ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވެވަޑައިގަތުން

13 މޭ 2016

ސައުތު ކޮރެއާގެ ސަފީރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން

11 މޭ 2016

  • ‹
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • ›

ޓެގްސް

  • ޕީޖީ އޮފީސް
  • ޕީޖީ ޝަމީމް
  • Lethun
  • ރައީސް ޔާމީންގެ މައްސަލަ
  • Club220
  • MaryGrace Case
  • ޢުންޞުރު
  • މަރުގެ މައްސަލަތައް
  • ކުށުގެ ރެކޯޑު
  • އޮންލައިން ޚިދުމަތްތައް
  • އެފް.އޭ.އެމް
  • ރޭޕްކުރުން
  • ސްކޭމް ކޯލް
  • ސިޓީމުބާރާތް
  • ވަޒީފާގެ ފުރުޞަތު
  • ކޭ-ޕާރކް މައްސަލަ
  • ބަންދުން ދޫކުރުން
  • ކުޑަކުދިންގެ ޢަދުލުގެ ނިޒާމު
  • އެޕަލް މީޓިންގް
  • PG Shameem
  • ވިކްޓިމް ސަޕޯޓް
  • ގެވެށި އަނިޔާ
  • ނިޔާވެހި
  • އާމަހި
  • ޕްރޮސްކޮން - 2024
  • ޕީޖީ ޢައްބާސް
  • NJJC 2025

ޚަބަރު ފީތާ

  • 10 ޖޫން 2025

    ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުން

    18 އެޕްރީލް 2025 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލާގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުމަށް 4 ޖޫން 2025 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ. 

     

    ދަޢުވާ: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު: 2014/9) ގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާ.

     

    ދަޢުވާކުރާ ސަބަބު: ރައުދު އަހްމަދު ޛިލާލް، 18 އެޕްރީލް 2025 ދުވަހު 04:54 އެހައިކަށްހައިއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު (ނަން އުނިކުރެވިފައި) ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ.

     

    އަސާސީ އަދަބު: 1 މަހާއި 6 ދުވަހަށް ޖަލަށްލުން.

     

    * މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް  އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

  • 26 މޭ 2025

    ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލަ

    31 ޖަނަވަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލާގައި 7 (ހަތެއް) މިހެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ދަޢުވާތައް ސާބިތުނުވާކަމަށް އެ ކޯޓުން ނިންމެވި ނިންމެވުމާމެދު މި އޮފީހުން ހިތްހަމަނުޖެހޭތީ، އެ މައްސަލަ އިސްތިއުނާފުކުރުމަށް 26 މޭ 2025 ދުވަހު ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހަޅައިފީމެވެ.

    • 25 އޮގަސްޓް 2024

      ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލަ

      31 ޖަނަވަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 22 އޮގަސްޓު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

      1. ރ. އަލިފުށި، ރިވެލި، މިދުޙަތު އާދަމްގެ މައްޗަށް؛

      ދަޢުވާ: ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ބ) އާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުން.

      ދަޢުވާކުރާ ސަބަބު: މިދުޙަތު އާދަމް އިތުރު ބަޔަކާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހ. ހިޔާކަން، ޙުސައިން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ 07:42 އެހައިކަށްހައިއިރު، ކ. މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީ.

      2. ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުޙައްމަދު ޖަޒްލާންގެ މައްޗަށް؛

      ދަޢުވާ: ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ބ) އާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުން.

      ދަޢުވާކުރާ ސަބަބު: މުޙައްމަދު ޖަޒްލާން އިތުރު ބަޔަކާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހ. ހިޔާކަން، ޙުސައިން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ ހެދުނު 07:42 އެހައިކަށްހައިއިރު، މީނާއާއެކު މިކަމުގެ ބައިވެރިވި މީހުންގެ ތެރެއިން މިދުޙަތު އާދަމް ގޮވައިގެން ސަކަލެއްގައި ކ. މާލެ، ނޫރު މިސްކިތް ކައިރިއަށް ގެންދިޔުމުން، އެވަގުތު އެތާ ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި،  މިދުޙަތު އާދަމް ސައިކަލުން ފައިބައިގެން ގޮސް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑު ޒަހަމްކޮށްލުމަށްފަހު އައިސް ސައިކަލަށް އެރުމުން، މިދުޙަތު އާދަމް ގޮވައިގެން އެތަނުން ގޮސްފައިވާތީ.

      3. ދަފްތަރު ނަންބަރު ދރ 2247، އަޙްމަދު މައިސާން ހާޝިމްގެ މައްޗަށް؛

      ދަޢުވާ: ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ބ) އާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުން.

      ދަޢުވާކުރާ ސަބަބު: އަހްމަދު މައިސާން ހާޝިމް އިތުރު ބަޔަކާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހ. ހިޔާކަން، ޙުސައިން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ 07:42 އެހައިކަށްހައިއިރު، މީނާއާއެކު ބައިވެރިވި މީހުންގެ ތެރެއިން މިދުޙަތު އާދަމް ސައިކަލެއްގައި ކ. މާލެ، ނޫރު މިސްކިތް ކައިރިއަށް ގޮސް އެވަގުތު އެތާ ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، މިދުޙަތު އާދަމް، ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއާއި، ހަމަލާދިނުމަށް ބޭނުންކުރި ސައިކަލު ހޯދައިދީ އެކަމަށް މީނާ މަގުފަހިކޮށްދީފައިވާތީ.

      4. ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަޠީފްއާއި،

      5. ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ޙުސައިންއާއި،

      6. ތ. ދިޔަމިގިލި، ރުވާ، އަބާން ޢަބްދުލްހަންނާނުއާއި،

      7. އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަޞީރުގެ މައްޗަށް؛

      ދަޢުވާ: ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ބ) އާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުން.

      ސަބަބު: ރަޖުވާން ލަޠީފްއާއި، ޝަމާލް ޙުސައިންއާއި، އަބާން ޢަބްދުލްހަންނާނުއާއި، ޒަޔާން ނަޞީރު، އިތުރު ބަޔަކާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހ. ހިޔާކަން، ޙުސައިން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ ހެދުނު 7:42 އެހައިކަށްހައިއިރު، މީނާއާއެކު މިކަމުގެ ބައިވެރިވި މިދުޙަތު އާދަމް ސައިކަލެއްގައި ގޮސް ކ. މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑު ޒަހަމްކޮށްލާފައިވާތީއާއި، މިހަމާދިން އިރު، ހަމަލާދީ ނިމެންދެން މީނާ ކާރެއްގައި އެތަނުގައި މަޑުކޮށްގެން އިނދެފައިވާތީއާއި، ހަމަލާދީ ނިމުމުން، ހަމަލާދިން މީހުންނާއެކު އެސަރަހައްދުން ގޮސްފައިވާތީ.

  • 25 މޭ 2025

    ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ދަޢުވާކުރުން

    ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދާއި، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 25 މޭ 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުރި ގ. ލިޓޯނިޔާ، މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް:

    1. ދިވެހިރާއްޖާގެ ޤާނޫނުލްޢުޤޫބާތުގެ 213 ވަނަ މާއްދާއާއި، އެ ޤާނުނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

    2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

    3. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގގެ ދަޢުވާ.

    މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް މި ދަޢުވާތައް ކޮށްފައިވާނީ، މޯލްޑިވްސް އިމިގްރޭޝަންގައި ޢަމަލުކުރާ ޢާންމު އުޞޫލާ ޚިލާފަށް، ކޮންޓްރޯލަރގެ ބިއުރޯގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ފޮނުވައިގެން 11 މާރިޗު 2025 ދުވަހުގެރޭގެ ވަގުތެއްގައި ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް "އިމިގްރޭޝަން ޗެކް" އަކަށް ކަމަށް ބުނެ ވަދެގަނެ، އެތަނުގައި ހުރި ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މައިނުއްދީން، 530،000 (ފަސްލައްކަ ތިރީސްހާސް) ރުފިޔާއާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، މައިނުއްދީން ދޫކޮށްދިނުމަށް އެދި އޭނާގެ ސްޕޮންސަރުގެ ނަމުގައި ޞައްޙަ ނޫން ސިޓީއެއް ހުށަހެޅިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މައިނުއްދީން ބަންދުން ދޫކޮށްލުމަށް ޝަމްޢާން އެންގުމުން، ކޮންޓްރޯލަރގެ ބިއުރޯގައި މަސައްކަތްކުރަމުން ދިޔަ ގ. ހެޕީސައިޑް، އިބްރާހީމް އަޙްމަދު، މޯލްޑިވްސް އިމިގްރޭޝަންގައި ބޭނުންކުރަމުން ދިޔަ ކާރަކަށް މައިނުއްދީން އަރުވައިގެން ގެންދިޔަ ވަގުތު، އޭނާގެ އަތުގައި ހުރި ފައިސާގެ ތެރެއިން 500،000 (ފަސް ލައްކަ) ރުފިޔާ އަތުލުމަށް ޝަމްޢާން، އިބްރާހީމް އަޙްމަދަށް އަންގާފައިވާތީއާއި، މީނާ އެންގި ގޮތަށް އެފައިސާ މައިނުއްދީން އަތުން އަތުލުމުން، އެ ފައިސާގެ ތެރެއިން 400،000 (ހަތަރު ލައްކަ) ރުފިޔާއާ ޝަމްޢާން ޙަވާލުވެ، އެ ފައިސާ ޝަމްޢާންގެ އަތުގައި ބެހެއްޓުމަށްފަހު، ހަމަ އެދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްގެން މީނާގެ ނަމުގައި ނަގާފައިވާ 02 (ދޭއް) ސްޓޫޑަންޓް ލޯންއަކަށް ފައިސާ ދައްކާފައިވާތީ.

    މި ދަޢުވާތަކާ ގުޅިގެން ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި މައިނުއްދީން އަށް 500،000 (ފަސްލައްކަ) ރުފިޔާ އަދި ދައުލަތަށް އިތުރު 400،000 (ހަތަރު ލައްކަ) ރުފިޔާ މުޙައްމަދު ޝަމްޢާން ވަޙީދު އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެއެވެ. 

    އިމިގްރޭޝަން އޮފިސަރ ގ. ހެޕީސައިޑް، އިބްރާހީމް އަޙްމަދުގެ މައްޗަށް:

    1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދަޢުވާ.

    މި ދަޢުވާކޮށްފައިވަނީ އިސްވެ ދެންނެވުނު ޙާދިސާގައި މައިނުއްދީންއަތުން ފައިސާ ފޭރިގަނެފައިވަނީ މީނާކަމުގައިވާތި.

    2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) ގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާ.

    މި ދަޢުވާ ކޮށްފައިވާނީ އިސްވެ ދެންނެވުނު "އިމިގްރޭޝަން ޗެކް" އޮޕަރޭޝަން ތެރޭގާއި، އެތަނުގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަބޫ ލަޔެސް މިއާގެ ފައިސާތަކުގެ ތެރެއިން 5000 (ފަސްހާސް) އެމެރިކާ ޑޮލަރު މީނާ ނަގާފައިވާތީ.

    3. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

    މި ދަޢުވާކޮށްފައިވާނީ އިސްވެ ދެންނެނުވު ޙާދިސާގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު މައިނުއްދީން، އިމިގްރޭޝަން ބަންދުން ދޫކޮށްލުމަށް ޞައްޙަނޫން އީމެއިލްއެއްކޮށްފައިވަނީ މީނާކަމަށްވާތީއާއި، އެ ޙާދިސާގައި މީނާގެ ރަސްމީ ޙައިޞިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްފައިވާތީ.

    4. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދަޢުވާ.

    މި ދަޢުވާކޮށްފައިވާނީ، އިސްވެ ދެންނެވުނު ޙާދިސާގައި މީނާ މައިނުއްދީން އަތުން ފޭރިގަތް ފައިސާ ޝަމްޢާން ވަޙީދުއާ ޙަވާލުކޮށް، އޭގެތެރެއިން 100،000 (އެއްލައްކަ ދިވެހި ރުފިޔާ) މީނާ އަތުގައި ބަހައްޓާފައިވާތީ.

    މި ދަޢުވާތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، މައިނުއްދީންގެ އަތުން ފޭރިގަނެފައިވާ 500،000 (ފަސްލައްކަ ދިވެހި ރުފިޔާ) އަށްވާ ބަދަލު މައިނުއްދީންއަށް ނަގައިދިނުމަށާއި، އެ ފައިސާގެ ތެރެއިން މީނާ އަމިއްލައަށް ނަގާފައިވާ 100،000 (އެއްލައްކަ ރުފިޔާ) ދައުލަތަށް ނަގައިދިނުމަށާއި، އަބޫ ލަޔެއް އަތުން "ވަގަށް" ނަގާފައިވާ 5000 (ފަސްހާސް) އެމެރިކާ ޑޮލަރު އަބޫ ލަޔެސްއަށް ނަގައިދިނުމަށް އެދިފައިވާނެއެވެ.

    އިމިގްރޭޝަން އޮފިސަރ ގ. ބުރުނި، މޫނިމާގެ، މުޙައްމަދު އަލްސަން އިސްމާޢީލްގެ މައްޗަށް:

    1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

    މި ދަޢުވާކޮށްފައިވާނީ އިސްވެ ދެންނެވުނު "އިމިގްރޭޝަން  ޗެކް" އޮޕަރޭޝަންގައި މީނާ ބައިވެރިވެފައިވާތީ.

    ގ. ހެޕީސައިޑް، ޙަސަން ސެހެޝާންގެ މައްޗަށް:

    1. ދިވެހިރާއްޖާގެ ޤާނޫނުލްޢުޤޫބާތުގެ 213 ވަނަ މާއްދާއާއި، އެ ޤާނުނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

    މި ދަޢުވާކޮށްފައިވަނީ، އިސްވެ ބަޔާންކޮށްފައިވާ ޙާދިސާގައި މައިނުއްދީން އަތުން 500،000 (ފަސްލައްކަ) ރުފިޔާ ފޭރިގަތުމުގައި މީނާ ބައިވެރިވެފައިވާތީ.

    2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ. 

    މި ދަޢުވާކޮށްފައިވަނީ، އިސްވެ ބަޔާންކޮށްފައިވާ ޙާދިސާގައި މައިނުއްދީން އަތުން 500،000 (ފަސްލައްކަ) ރުފިޔާ ފޭރިގަތުމުގައި އިމިގްރޭޝަން އޮފިސަރ އިބްރާހީމް އަޙްމަދުގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގައި މީނާ ބައިވެރިވެފައިވާތީ.

    ސީނިއަރ އިމިގްރޭޝަން އޮފިސަރު މ. ހަޒާރީވިލާ، އަޙްމަދު ލައްސާންގެ މައްޗަށް:

    1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދަޢުވާ.

    މި ދަޢުވާކޮށްފައިވަނީ، އިސްވެ ބަޔާންކޮށްފައިވާ ޙާދިސާގައި މައިނުއްދީން އަތުން 500،000 (ފަސްލައްކަ) ރުފިޔާ ފޭރިގަތުމުގައި މީނާ އެތަނުގައި ހުރެ، އެކުށުގައި ޢަމަލީގޮތުން ބައިވެރިވެފައިވާތީ.

    2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

    މި ދަޢުވާކޮށްފައިވާނީ އިސްވެ ދެންނެވުނު "އިމިގްރޭޝަން  ޗެކް" އޮޕަރޭޝަންގައި މީނާ ބައިވެރިވެފައިވާތީއާއި، މައިނުއްދީން އަތުން 500،000 (ފަސްލައްކަ) ރުފިޔާ ފޭރިގަތުމުގައި މީނާގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ.

    މި މައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒުފޯރުވުމުގެ އިޙްތިމާލު އޮތުމުން،  މުޙައްމަދު ޝަމްޢާން ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ. 

     

    * މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް  އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

[email protected] | 300 0655
aamahi logo | lethun logo | unsuru logo