• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ނޫސްބަޔާން
  • ފޮޓޯ ގެލަރީ
  • ޢާންމު ޝައުޤު
  • ޚަބަރު ފީތާ
  • ޢުންޞުރު
  • ރޭޑިއޯ ޕްރޮގްރާމް
  • ސައިޓުން ހޯއްދެވުމަށް
ޕީޖީ އޮފީސް
  1. ފުރަތަމަ ޞަފްޙާ
  2. ގެލަރީ

ފޮޓޯ ގެލެރީ - ޕްރޮސިކިއުޓަރ ޖެނެރަލްގެ 5 އަހަރުގެ ތަޞައްވުރު އިފްތިތާހުކުރުން

09 މާރިޗު 2025

ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރެއްވުން

12 މޭ 2022

ޖިނާއީ ކުށްތަކާ ގުޅިގެން އަނިޔާލިބޭ މީހުންނަށް އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޖެންޑަރ މިނިސްޓްރީއާ ދެމެދު ސޮއިކުރުން

08 މޭ 2022

ފުރަތަމަ ޕްރޮސިކިއުޓަރުންގެ މަހާސިންތާ

15 ޖޫން 2019

ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުން

04 ފެބުރުވަރީ 2019

ދިވެހިރާއްޖެއަށް ޗައިނާއިން ކަޑައަޅުއްވާފައި ހުންނަވާ ސަފީރާއި ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރެއްވުން

08 ޖަނަވަރީ 2018

ޕީޖީ އޮފީހުގެ 9 ވަނަ އަހަރީ ދުވަސް، ކިޔަވާކުދިންނަށް ހުޅުވާލެވުން

11 އޮކްޓޫބަރު 2017

  • ‹
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • ›

ޓެގްސް

  • ޕީޖީ އޮފީސް
  • ޕީޖީ ޝަމީމް
  • Lethun
  • ރައީސް ޔާމީންގެ މައްސަލަ
  • Club220
  • MaryGrace Case
  • ޢުންޞުރު
  • މަރުގެ މައްސަލަތައް
  • ކުށުގެ ރެކޯޑު
  • އޮންލައިން ޚިދުމަތްތައް
  • އެފް.އޭ.އެމް
  • ރޭޕްކުރުން
  • ސްކޭމް ކޯލް
  • ސިޓީމުބާރާތް
  • ވަޒީފާގެ ފުރުޞަތު
  • ކޭ-ޕާރކް މައްސަލަ
  • ބަންދުން ދޫކުރުން
  • ކުޑަކުދިންގެ ޢަދުލުގެ ނިޒާމު
  • އެޕަލް މީޓިންގް
  • PG Shameem
  • ވިކްޓިމް ސަޕޯޓް
  • ގެވެށި އަނިޔާ
  • ނިޔާވެހި
  • އާމަހި
  • ޕްރޮސްކޮން - 2024
  • ޕީޖީ ޢައްބާސް
  • NJJC 2025
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އެކެޑަމީ
  • Prosecutor General's Academy

ޚަބަރު ފީތާ

  • 08 ޑިސެންބަރު 2025

    އެޗް.ޑީ.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި، އައިޓީ ހެޑް ޢަބްދުالله ޝުހޫދު އެ ކުންފުނީގެ ލިޔުންތަކެއް ނައްތާލާފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލަ

    އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި އިބްރާހީމް ފަޒުލް ރަޝީދު އަދި އެ ކުންފުނީގެ އައި.ޓީ ހެޑް ޢަބްދުﷲ ޝުހޫދު، އެ ކުންފުނީގެ ސަރވަރގައި ހުރި ލިޔުންތަކެއް ރިކަވަރ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ޖިނާއީ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާ ނުވާތީ، މައްސަލަ ޑިކްލައިންކޮށްފީމެވެ. 

     

    - މި މައްސަލާގައި އިބްރާހީމް ފަޒުލް ރަޝީދާއި، ޢަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަކީ، ޖިނާއީ ތަޙުޤީޤެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗް.ޑީ.ސީގެ ސަރވަރގެ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، ޢަދުލު އިންޞާފު ޤާޢިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ. 

    - އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗް.ޑީ.ސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ.

    - އަދި ފުލުހުންގެ ތަޙުޤީޤު ރިޕޯޓުގައި، އިބްރާހީމް ފަޒުލް ރަޝީދާއި، ޢަބްދުالله ޝުހޫދު، އެޗް.ޑީ.ސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަޙުޤީޤަށް ހޯދިފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ. 

    - އެހެންކަމުން، އިބްރާހީމް ފަޒުލް ރަޝީދާއި ޢަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވެއެވެ. 

  • 03 ޑިސެންބަރު 2025

    ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައ ގ. މާވަނި، ޙުސައިން ސަނީ ޢުމަރު 30 ދުވަހަށް ބަންދުކުރުމަށް ނިންމުން

    ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާއާއި، 33 ވަނަ މާއްދާގެ ދަށުން އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، 30 (ތިރީސް) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުން އެދި މިއަދު (3 ޑިސެންބަރު 2025) ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ. 

    މި ހުށަހެޅުމާ އެއްގޮތަށް އޭނާ 30 (ތިރީސް) ދުވަހުގެ މުއްދަތަަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައިވެއެވެ.

    މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ޤަޞްދުކުރަމެވެ.

  • 01 ޑިސެންބަރު 2025

    ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ

    ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މ. ފެހިވިދުވަރުގެ، އިސްމާޢީލް ޝަމްޢޫންއާއި، ޏ. ފުވައްމުލައް، ހޯދަޑު، މައިޒާން، މަރްޔަމް ދީނާ ޞާލިހުގެ މައްޗަށް، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ 1 ޑިސެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ. 

    މި ދަޢުވާ ކޮށްފައިވަނީ މަރްޔަމް ދީނާ ޞާލިޙް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ ގޮތުގައި ހުރެ، އަދި  އިސްމާޢީލް ޝަމްޢޫން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕަރޓްމަންޓްގެ ހެޑުގެ ގޮތުގައި ހުރެ، 25 ޖޫން 2018 ދުވަހު ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި، ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރަކާއި، އަދި ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމް ގާއިމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުގައި ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ކެއިރެޓްސޫ ކުންފުނިން ފެނަކަ އަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި މި ދެމީހުންގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީއެވެ.

    އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

    * މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް  އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

[email protected] | 300 0655
aamahi logo | lethun logo | unsuru logo