މި އޮފީހުން ބައިވެރިވި އިންޓަރނޭޝަނަލް ޓްރެއިނިގް ޕްރޮގްރާމްތައް

15 ޑިސެންބަރު 2022

މިއަހަރުގެ މިހާތަނަށް ރާއްޖޭން ބޭރުގައި ބޭއްވި 14 ޓްރެއިނިންގ ޕްރޮގްރާމެއްގައި މި އޮފީހުގެ 23 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ތެރޭގައި ޕްރޮސިކިއުޝަންގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ޕްރޮގްރާމްތަކާއި، ތަފާސްހިސާބު ރިޕޯޓްކުރުމާގުޅޭ ޕްރޮގްރާތައް ހިމެނެއެވެ.


#

ޓްރެއިނިންގް ޕްރޮގްރާމްގެ ނަން

ޤައުމު

1

ޖޮއިންޓް ކެޕާސިޓީ ބިލްޑިންގ ވޯކްޝޮޕް

ސްރީލަންކާ

2

ޕްރިންސިޕަލް އޮފް ޑޭޓަ ވިޝުއަލައިޒޭޝަން ފޮރ އޮފިޝަލް ސްޓެޓިސްޓިކްސް

ޖަޕާން

3

ސެކެންޑް އޮންލައިން ކޯސް އޮން ކްރައިމް ސްޓެޓިސްޓިކްސް ފްރޮމް ޖެންޑަރ ޕާރސްޕެކްޓިވް

ޖަޕާން

4

ރީޖަނަލް ކޮންފަރެންސް

ސްރީލަންކާ

5

ޓްރާންސް ރީޖަނަލް މީޓިން އޮން ދަ ސްމަގްލިން އޮފް މައިގްރެންޓްސް

ޑުބާއި

6

ސައުތް އޭޝިއަރ ޕްރޮސިކިޢުޓަރސް އެކްޗޭންޖް އޮން ކައުންޓަރ ޓެރަރިޒަމް

އިންޑޮނޭޝިއާ

7

އިންވިޓޭޝަން ކޮންފަރެންސް އޮން އެންހޭންސް ކޯޕަރޭޝަން އެންޑް ޑިސްކްލޯސަރ އޮފް އިލެކްޓެރިކް އެވިޑެންސް

ފްރާންސް

8

ކްރިމިނަލް ޖަސްޓިސް

ޖަޕާން

9

ވިކްޓިމް ސެންޓަރޑް ޗައިލްޑް އެކްޕްލްއިޓޭޝަން ކޮންފަރެންސް

ތައިލެންޑް

10

އިންޑޯ ޕެސިފިކް ވޯރކްޝޮޕް އޮން އެންފޯސްމަންޓް އެގައިންސްޓް ޓްރޭޑް އިން ކައުންޓަރފީޓް ގުޑްސް

ތައިލެންޑް

11

ރީޖަނަލް އެންޓި ކޮރަޕްޗަން ކޮންފަރެންސް

ތައިލެންޑް

12

ކައުންޓަރ ޓެރެރިޒަމް އެކަޑެމިކް ކޯސް

މޯލްޓަރ

13

ކްރިމިނަލް ޖަސްޓިސް ރެސްޕޯންސް ޓު ކޮރަޕްޝަން

ޖަޕާން

14

ސިކްތް އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ގަވަރނެންސް، ކްރައިމް އެންޑް ޖަސްޓިސް ސްޓެޓިސްޓިކްސް

ކޮރެއާމިއޮފީހުން ނަގައިދީފައިވާ ޓްރެއިނިންގ ސެޝަންތައް

ދައުލަތުގެ އެކި އިދާރާތަކާ ގުޅިގެން މިއޮފީހުން 11 ޓްރެއިނިންގ ސެޝަން މިއަހަރު ނަގައިދީފައިވާނެއެވެ. މި ޓްރެއިނިންގް ތަކުގައި އިންވެސްޓިގޭޝަންއާ ގުޅޭ ދާއިރާތަކާއި، ކުޑަކުދިންގެ ޙައްޤުތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ޖެންޑަރ އިކުލއަރލިޓީ ޤާނޫނާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ޤާނޫނުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކާއި، ކޯޓުތަކުން ނިންމާ މައްސަލަތަކާ ގުޅިގެން ރިޕޯޓްތައް ތައްޔާރުކުރުމާ ގުޅޭގޮތުން މީޑިއާއަށް އަމާޒުކޮށް ބޭއްވުނު ޕްރޮގްރާމްތައް ހިމެނެއެވެ.


#

ޓްރެއިނިންގް ޕްރޮގްރާމްގެ ނަން

1

ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ފަރާތުން އެ ޚިދުމަތުގެ މުވައްޒަފުންނަށް ހިންގުނު "އިންވެސްޓިގޭޝަން ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް".

2

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކުޑަކުދިން ކުށްކުރުމުން މުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އަލަށް އެކުލަވާލެވިފައިވާ ދެ ޤާނޫނުކަމަށް ވާ، ޤާނޫނު ނަންބަރު: 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު: 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އަށް، މ، ފ އަދި ދ އަތޮޅުގައި މަސައްކަތްކުރައްވާ ފުލުހުން ސެންސިޓައިޒް ކުރުމަށް ހިންގުނު ސެންސިޓައިޒޭޝަން ޕްރޮގްރާމް.

3

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޔޫ.އެސް ޑިޕާރޓްމަންޓް އޮފް ޖަސްޓިސްއާ ގުޅިގެން ހިންގި އެސެޓް ރިކަވަރީ ވަރކްޝޮޕ

4

2022 ވަނަ އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ގެވެށި އަނިޔާގެ ޤާނޫނު، ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގެ ޤާނޫނު އަދި ވިސިލް ބްލޯވަރގެ ޤާނޫނަށް އަޙުލުވެރިކޮށް ހޭލުންތެރިކުރުމުގެ ގޮތުން، ހދ.ކުޅުދުއްފުށީ ސިޓީގެ އަންހެން ބޭފުޅުންނަށް ބޭއްވުނު ސެޝަން.

5

ޤާނޫނު ނަންބަރު: 2016/18 (ޖެންޑަރ އީކުއަލިޓީ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޛުކުރުމުގެ ގޮތުން، ޅ.އަތޮޅުގެ ކައުންސިލަރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި ޑިރެކްޓަރ ޖެނެރަލް އަށް ހިންގުނު "ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ފޯރ ކައުންސިލް އެންޑް ޑަބްލިޔުޑީސީއެސް" ވޯކްޝޮޕް.

6

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މުވައްޒަފުން ޤާނޫނު ނަންބަރު: 2016/12 (ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު) އަށް އަހުލުވެރިކުރުމުގެ ގޮތުން ސެޝަން

7

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން 2026-2022 ތަންފީޒު ކުރުމުގެ މަސައްކަތުގެ ތެރެއިން، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން އަށް ސެންސިޓައިޒް ކުރުމުގެ ގޮތުން ގދ.ގައްދޫ އަދި ގދ.ވާދޫގެ މުއައްސަސާތައް ހިމެނޭ ގޮތަށް ބޭއްވި ފޯރަމް.

8

ކޯޓުތަކުގެ މައްސަލަތަކާއި ގާނޫނީ މައްސަލަތަކުގެ ވަށައިގެންވާ ކަންކަމާއި ގުޅޭ ގޮތުން ނޫސްވެރިންނަށް އިތުބާރާއެކު ލިޔެ، ރިޕޯޓު ކުރުމަށް ބާރު އެޅުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލްއިން އިސް ނަގައިގެން ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ ނޫސްވެރިންނަށް އަމާޒުކޮށްގެން "ކޯޓް ރިޕޯރޓިން" ގެ ނަމުގައި ބެއްވުނު ވޯކްޝޮޕްގައި ސެޝަން.

9

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން އިންތިޒާމުކޮށްގެން ކ.މާލޭގައި ހިންގި ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގް ޕްރޮގްރާމް.

10

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން އިންތިޒާމުކޮށްގެން ޏ.ފުވައްމުލަކު ސިޓީގައި ހިންގި ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގް ޕްރޮގްރާމް.

11

ދިވެހި ފުލުހުންގެ ޚިދުމަތުގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ ލޯ އެންފޯސްމެންޓްގެ ފަރާތުން އެ ޚިދުމަތުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އިންސްޕެކްޓަރ ކޯހުގެ ބައިވެރިންނަށް މިއޮފީހުގެ މަސައްކަތްތައް ކިޔާދިނުމަށް ބޭއްވުނު ސެޝަން.