-
02 އޮކްޓޫބަރު 2024
ދަޢުވާތަކާއި، ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު
މިހާރު ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 1 އޮކްޓޫބަރު 2024 އިން ފެށިގެން 20 (ވިހި) ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލެވިފައެވެ. މުރާޖަޢާކުރުމަށް އެދި ހުށަހަޅާ ފޯމު މި އޮފީހާއި، މި އޮފީހުގެ ގޮފިތަކުން އަދި ޕޮލިސް ސްޓޭޝަންތަކުންނާއި، ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ލިންކުން ފޯމު ޑައުންލޯޑު ކުރެއްވޭނެއެވެ.
އޮންލައިންކޮށް ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ލިންކަށް ވަޑައިގަތުމުން އޮންލައިން ފޯމު ފެނިވަޑައިގަންނަވާނެއެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހެޅުއްވޭނެއެވެ.
އިތުރު މަޢުލޫމާތު މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.