ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު، 2016 މާރިޗު 31 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އައްޑޫ ގޮފިން ކޯޓަށް ހުށަހަޅުއްވާ ދަޢުވާތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ އިދާރީ ކަންކަމުގައި، އައްޑޫ ސިޓީ ކައުންސިލްގެ އެއްބާރުލެއްވުން ހޯދުމުގެ ގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ދެމުއައްސަސާދެމެދު ބަދަލުކުރެވެންޖެހޭ މަޢުލޫމާތު ބަދަލުކުރެވުމުގެ ފަސޭހައަށްޓަކައި ފޯކަލް ޕޮއިންޓެއް ކަނޑައެޅުމަށް އެއްބަސްވެވުނެވެ.
31 މާރިޗު 2016