-
11 ޖުލައި 2026
ގެއެއްގެ ތިޖޫރީ ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށްނެގި ބައެއްގެ މައްޗަށް ދަޢުވާކުރުން
15 މާރިޗު 2026 ދުވަހުގެ ވަގުތެއްގައި މ. ނަލަހިޔާ ރެސިޑެންސްގޭގެ އެޕާޓްމަންޓެއްގައި ހުރި 2 (ދޭއް) ތިޖޫރީ ފަޅާލައި، އޭގައި ހުރި 3,992,000 (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށްނެގި މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 25 ޖޫން 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) ގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން:
1. މ. އޭސިޔާ، އަޙްމަދު ފާރިސް
2. ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު
3. ސ. މީދޫ، މޫންލައިޓްވިލާ، މުޙައްމަދު އަފްރާޙް
4. ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފް
5. ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު
މި ދަޢުވާ ކޮށްފައިވާނީ 15 މާރިޗު 2026 ދުވަހު 21:02 އެހައިކަށްހައިއިރު، މި މީހުން ބައިވެރިވެގެން މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ތިޖޫރީތަކަކަށް ގެއްލުންދީ އެ ތިޖޫރީތަކުގައި ހުރި 3,992,000 (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށް ނަގާފައިވާތީއެވެ.
އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން.
ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 230 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުން:
1. މ. އޭސިޔާ، އަޙްމަދު ފާރިސް
2. ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު
3. ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު
މި ދަޢުވާ ކޮށްފައިވަނީ 15 މާރިޗު 2026 ދުވަހު މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަށް އެ އެޕާޓްމެންޓްގެ ވެރިފަރާތުގެ ހުއްދަނެތި ވަދެފައިވާތީއެވެ.
އަސާސީ އަދަބު: 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން.
ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 220 ވަނަ މާއްދާގެ (ހ) ގެ ދަށުން، މުދަލަށް ގެއްލުން ދިނުން:
1. މ. އޭސިޔާ، އަޙްމަދު ފާރިސް
2. ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު
3. ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު
މި ދަޢުވާ ކޮށްފައިވަނީ 15 މާރިޗު 2026 ދުވަހު މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަށް ވަދެ، އެ އެޕާޓްމަންޓުގެ ކޮޓަރިތަކުގެ ދޮރުތަކަށާއި، ތިޖޫރީތަކަށް ގެއްލުންދީފައިވާތީއެވެ.
އަސާސީ އަދަބު: 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
ބަދަލުލިބޭ ފަރާތަށް ނަގާ މުދާ:
މި މައްސަލާގައި ދަޢުވާލިބޭ މީހުން އަތުން ވަގަށްނެގި ފައިސާ ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެއެވެ.