• 31 ޑިސެންބަރު 2025

    ޔާމީން ރަޝީދު މަރާލި މައްސަލަ އަލުން ބެލުމަށް ތަޙުވީލު ކުރުމާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ޝަރީޢަތް ނިމެންދެން ބަންދު ކުރުން

    23 އެޕްރީލް 2017 ދުވަހުގެ ވަގުތެއްގައި ސ.ފޭދޫ، ޗަބޭލީގެ ޔާމީން ރަޝީދުގެ ދިރިއުޅޭ ގެއަށް ޔާމީން ރަޝީދު ވަތް ވަގުތު ޔާމީން ރަޝީދު ހިފަހައްޓައި ތޫނު ހަތިޔާރުން ޙަމަލާދީ ރަޙުމްކުޑަގޮތަކަށް މަރާލާފައިވާ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފީ މައްސަލަ އެކޯޓުން ބެއްލެވުމަށްފަހު، ހ. އަންނާރުމާގެ އިސްމާޢީލް ހައިޝަމް ރަޝީދުއާއި، ހުޅުމާލެ ގޯތި ނަންބަރު 11399، އަޙްމަދު ޒިހާން އިސްމާޢިލްގެ މައްޗަށް ސާބިތުވި ދައުވާތައް ބާޠިލްކޮށް މި މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙްވީލްކޮށްފައިވެއެވެ.

    ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމެވުމާ ގުޅިގެން، ހ. އަންނާރުމާގެ އިސްމާޢީލް ހައިޝަމް ރަޝީދުއާއި، ހުޅުމާލެ ގޯތި ނަންބަރު 11399 އަޙްމަދު ޒިހާން އިސްމާޢިލްގެ  ބަންދާމެދު ގޮތެއް ކަނޑައަޅުއްވައިދެއްވުމަށް މި  އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓަށް ތަޙްވީލްކުރި މައްސަލައިގެ ޝަރީޢަތް ނިމެންދެން އިސްމާޢީލް ހައިޝަމް ރަޝީދުއާއި، އަޙްމަދު ޒިހާން އިސްމާޢިލް ބަންދުކުރުމަށް އެކޯޓުން ވަނީ ނިންމަވާފައެވެ.