• 31 ޑިސެންބަރު 2025

    ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ބައެއްގެ މައްޗަށް ކުށް ސާބިތުވުން

    2020 ވަނަ އަހަރު އެކި ދުވަސްމަތިން، އަންހެނަކާއި، އުމުރުން 18 އަހަރު ނުފުރޭ 3 ކުދިންނަށް ރުޤްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާޢީލް ވަޙީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށް ދަޢުވާކުރުމަށް 30 ޑިސެންބަރު 2020 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.  

    މި މައްސަލާގައި ކްރިމިނަލް ކޯޓަށް ހުށެހެޅި 12 (ބާރަ) ދަޢުވާވެސް ސާބިތުވާކަމަށް 31 ޑިސެންބަރު 2025 ގައި ކޯޓުން ޙުކުމްކުރައްވައި އަދަބު ކަނޑައަޅުއްވާފައިވެއެވެ. 

    މުޙައްމަދު އަޞީލްގެ މައްޗަށް ސާބިތުވި ދަޢުވާތަކާއި ކަނޑައެޅުނު އަދަބު:

    ދަޢުވާ

    އަދަބު

    1.     ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުން

    11 އަހަރަށް ޖަލަށްލުން

    2.     ކުޑަކުއްޖެއްގެ ޙާޟިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ޤަބޫލުކޮށްގެން ޖިންސީ ޢަމަލެއް ކުރުން

    07 އަހަރަށް ޖަލަށްލުން

    3.     ޖިންސީ ގޯނާކުރުން

    03 އަހަރަށް ޖަލަށްލުން

    4.     ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުން

    03 އަހަރަށް ޖަލަށްލުން

    5.     ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން

    01 އަހަރާއި 07 މަހާއި 06 ދުވަހަށް ޖަލަށްލުން

    6.     އަނިޔާއެއް ދިނުން

    02 މަހާއި 12 ދުވަހަށް ޖަލަށްލުން

    7.     ގައިގައި އަތްލުން

    01 މަހާއި 06 ދުވަހަށް ޖަލަށްލުން

     ޖުމްލަ އަދަބު

    25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށްލުން

     

    އިސްމާޢީލް ވަޙީދުގެ މައްޗަށް ސާބިތުވި ދަޢުވާތަކާއި ކަނޑައެޅުނު އަދަބު:

    ދަޢުވާ

    އަދަބު

    1.     ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށް

    03 އަހަރަށް ޖަލަށްލުން

    2.     މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯރޓްނުކުރުން

    02 އަހަރަށް ޖަލަށްލުން

    3.     ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން

    01 އަހަރާއި 07 މަހާއި 06 ދުވަހަށް ޖަލަށްލުން

    4.     ގައިގައި އަތްލުން

    01 މަހާއި 06 ދުވަހަށް ޖަލަށްލުން

    5.     ގައިގައި އަތްލުން

    01 މަހާއި 06 ދުވަހަށް ޖަލަށްލުން

     ޖުމްލަ އަދަބު

    6 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުން