-
03 ޑިސެންބަރު 2025
ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރަން ހުއްދަދިން މުވައްޒަފުންތަކެއްގެ މައްޗަށް ދަޢުވާކުރުން
2025 ވަަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ޕޯޓް ކްލިއަރަންސްގައި މަސައްކަތްކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފީލްޑް އޮފިސަރުންތަކެއް، ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތް ސެޓްފިކެޓާ ނުލައި، ކަނޑުމަގުންނާއި، ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ޝިޕްމަންޓްތަކެއް އެތެރެކުރުމަށް ކްލިއަރެންސް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 3 ޑިސެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
ދަފްތަރު ރސ 9244، އަޙްމަދު ހާޝިމްގެ މައްޗަށް:
- ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 512 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ 03 (ތިނެއް) ދަޢުވާ.
ގދ. ތިނަދޫ، ޢަރަފާތު، އަޙްމަދު ޒާހިިރުގެ މައްޗަށް:
- ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 512 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ 03 (ތިނެއް) ދަޢުވާ.
އަދަބު: 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަސް (ކޮންމެ ދަޢުވާއަކަށް)