• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ނޫސްބަޔާން
  • ފޮޓޯ ގެލަރީ
  • ޢާންމު ޝައުޤު
  • ޚަބަރު ފީތާ
  • ޢުންޞުރު
  • ރޭޑިއޯ ޕްރޮގްރާމް
  • ސައިޓުން ހޯއްދެވުމަށް
ޕީޖީ އޮފީސް
  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރު ފީތާ
https://pgoffice.gov.mv/short/V1rqB
  • 26 މޭ 2025

    ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލަ

    31 ޖަނަވަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލާގައި 7 (ހަތެއް) މިހެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ދަޢުވާތައް ސާބިތުނުވާކަމަށް އެ ކޯޓުން ނިންމެވި ނިންމެވުމާމެދު މި އޮފީހުން ހިތްހަމަނުޖެހޭތީ، އެ މައްސަލަ އިސްތިއުނާފުކުރުމަށް 26 މޭ 2025 ދުވަހު ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހަޅައިފީމެވެ.

    • 25 އޮގަސްޓް 2024

      ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލަ

      31 ޖަނަވަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް 22 އޮގަސްޓު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

      1. ރ. އަލިފުށި، ރިވެލި، މިދުޙަތު އާދަމްގެ މައްޗަށް؛

      ދަޢުވާ: ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ބ) އާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުން.

      ދަޢުވާކުރާ ސަބަބު: މިދުޙަތު އާދަމް އިތުރު ބަޔަކާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހ. ހިޔާކަން، ޙުސައިން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ 07:42 އެހައިކަށްހައިއިރު، ކ. މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީ.

      2. ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުޙައްމަދު ޖަޒްލާންގެ މައްޗަށް؛

      ދަޢުވާ: ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ބ) އާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުން.

      ދަޢުވާކުރާ ސަބަބު: މުޙައްމަދު ޖަޒްލާން އިތުރު ބަޔަކާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހ. ހިޔާކަން، ޙުސައިން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ ހެދުނު 07:42 އެހައިކަށްހައިއިރު، މީނާއާއެކު މިކަމުގެ ބައިވެރިވި މީހުންގެ ތެރެއިން މިދުޙަތު އާދަމް ގޮވައިގެން ސަކަލެއްގައި ކ. މާލެ، ނޫރު މިސްކިތް ކައިރިއަށް ގެންދިޔުމުން، އެވަގުތު އެތާ ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި،  މިދުޙަތު އާދަމް ސައިކަލުން ފައިބައިގެން ގޮސް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑު ޒަހަމްކޮށްލުމަށްފަހު އައިސް ސައިކަލަށް އެރުމުން، މިދުޙަތު އާދަމް ގޮވައިގެން އެތަނުން ގޮސްފައިވާތީ.

      3. ދަފްތަރު ނަންބަރު ދރ 2247، އަޙްމަދު މައިސާން ހާޝިމްގެ މައްޗަށް؛

      ދަޢުވާ: ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ބ) އާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުން.

      ދަޢުވާކުރާ ސަބަބު: އަހްމަދު މައިސާން ހާޝިމް އިތުރު ބަޔަކާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހ. ހިޔާކަން، ޙުސައިން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ 07:42 އެހައިކަށްހައިއިރު، މީނާއާއެކު ބައިވެރިވި މީހުންގެ ތެރެއިން މިދުޙަތު އާދަމް ސައިކަލެއްގައި ކ. މާލެ، ނޫރު މިސްކިތް ކައިރިއަށް ގޮސް އެވަގުތު އެތާ ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، މިދުޙަތު އާދަމް، ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއާއި، ހަމަލާދިނުމަށް ބޭނުންކުރި ސައިކަލު ހޯދައިދީ އެކަމަށް މީނާ މަގުފަހިކޮށްދީފައިވާތީ.

      4. ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަޠީފްއާއި،

      5. ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ޙުސައިންއާއި،

      6. ތ. ދިޔަމިގިލި، ރުވާ، އަބާން ޢަބްދުލްހަންނާނުއާއި،

      7. އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަޞީރުގެ މައްޗަށް؛

      ދަޢުވާ: ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ބ) އާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުން.

      ސަބަބު: ރަޖުވާން ލަޠީފްއާއި، ޝަމާލް ޙުސައިންއާއި، އަބާން ޢަބްދުލްހަންނާނުއާއި، ޒަޔާން ނަޞީރު، އިތުރު ބަޔަކާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހ. ހިޔާކަން، ޙުސައިން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ ހެދުނު 7:42 އެހައިކަށްހައިއިރު، މީނާއާއެކު މިކަމުގެ ބައިވެރިވި މިދުޙަތު އާދަމް ސައިކަލެއްގައި ގޮސް ކ. މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑު ޒަހަމްކޮށްލާފައިވާތީއާއި، މިހަމާދިން އިރު، ހަމަލާދީ ނިމެންދެން މީނާ ކާރެއްގައި އެތަނުގައި މަޑުކޮށްގެން އިނދެފައިވާތީއާއި، ހަމަލާދީ ނިމުމުން، ހަމަލާދިން މީހުންނާއެކު އެސަރަހައްދުން ގޮސްފައިވާތީ.

ފަހުގެ ޚަބަރުތައް

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފި...

29 ޖުލައި 2025

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މަޢުލޫމާތު ޝާއިޢުކުރުމަށް މި އޮފީހުން ފަންނީ އެހީތެރިކަން ދެނީ

10 ޖުލައި 2025

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޕްރޮސިކިއުޓަރ ޖެނެރަލް ޝަރަފުވެރިކޮށްދެއްވައިފި...

31 މޭ 2025

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި

12 މޭ 2025
[email protected] | 300 0655
aamahi logo | lethun logo | unsuru logo