• 13 އެޕްރީލް 2025

    މި އޮފީހުގެ ސުލޫކީ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން 2 ޕްރޮސިކިއުޓަރަކު ސަސްޕެންޑުކުރުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2021/R-73) ގެ ދަށުން މި އޮފީހުގައި އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، މި އޮފީހުގެ 2 (ދޭއް) ޕްރޮސިކިއުޓަރަކު، މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑުކުރުމަށް މި އޮފީހުން ނިންމާފައިވާނެއެވެ. 

    ސުލޫކީ ކޮމިޓީން ބަލަމުންދާ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި، މި އޮފީހުން ޤަބޫލުކޮށް ހިފަހައްޓަމުންދާ އަޙްލާޤީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެކެވެ.

    މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ބެލުންތަކެއް ހުރިކަމަށް ފެންނާތީ، އެކަން މި އޮފީހުން ވާނީ އެ ޚިދުމަތަށް ހުށަހަޅާފައެވެ. އެހެންކަމުން، އެ ޚިދުމަތުންވެސް ގެންދަވަނީ މި މައްސަލަ ތަޙުޤީޤުކުރައްވަމުންނެވެ.