-
26 ޑިސެންބަރު 2024
ކުރީގެ މެންބަރު ޢަލީ ޙަމީދުގެ ކުންފުންޏަކަށް ދައުލަތުން 44 މިލިއަން ރުފިޔާ ދިން މައްސަލައެއްގެ ތަޙުޤީޤު އަވަސްކުރަން އެންގުން
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙަމީދުގެ މަޞްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކާ ގުޅިގެން، 2023 ވަނަ އަހަރު 44 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެމާލިއްޔަތު ކޮމިޓީއިން ބައްލަވައި، ފުލުހުންގެ ސަމާލުކަމަށް ގެންނަވާފައިވެއެވެ.
މި މައްސަލައަކީ ދިވެހި ދައުލަތާއި، ރައްޔިތުންގެ ޢާންމު މަޞްލަހަތު މަތީ ދަރަޖައަކަށް އޮތް ޙައްސާސް މައްސަލައެއްކަމަށް މި އޮފީހަށް ފެންނާތީ، މި މައްސަލައަށްއިތުރު ސަމާލުކަމެއް ދެއްވައި، މައްސަލައަށް ޚާއްސަ ތަޙުޤީޤު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މިއަދު އެ ޚިދުމަތުގައި ދަންނަވާފައި ވާނެއެވެ.
އަދި މި މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ މި ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ އެކަންކަންވެސް މި މައްސަލައިގެ ތެރެއިން ތަޙުޤީޤުކުރެއްވުމަށްދަންނަވާފައިވާނެއެވެ.