-
28 އޮކްޓޫބަރު 2024
ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢަލީ ސަމީރު އިސްތިއުފާދެއްވުން
ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޢަލީ ސަމީރު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.އަލްއުސްތާޛް ޢަލީ ސަމީރު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވައި މި އޮފީހަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްއާއި، މި އޮފީހުގެ މުވައްޒަފުން ޝުކުރު އަދާކުރައްވައެވެ.އަލްއުސްތާޛް ޢަލީ ސަމީރު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވުނީ 12 މޭ 2022 ގައެވެ.