-
08 ސެޕްޓެންބަރު 2024
ޕްރޮސްކޮން - 2024 ކާމިޔާބުކަމާއެކު ނިންމާލައިފި
މި ސެޕްޓެންބަރުމަހުގެ 4 އިން 6 އަށް ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްގެންދިޔަ ޕްރޮސިކިއުޓަރުންގެ ކޮންފަރެންސް އަދި ރިޓްރީޓް "ޕްރޮސްކޮން 2024" ގެ ތީމަކީ ވިކްޓިމް ސަޕޯޓް ދާއިރާ ހަރުދަނާ ކުރުމެވެ.
އެގޮތުން މި ކޮންފަރެންސްގައި ވިކްޓިމް ސަޕޯޓާ ގުޅުންހުރި ސެޝަންތަކާއި ގްރޫޕް އެކްޓިވިޓީތައް ކުރިއަށްގެންގޮސްފައިވެއެވެ. ސެޝަންތައް ނަންގަވައިދެއްވީ މި އޮފީހުގެ ވިކްޓިމް ސަޕޯޓް ޔުނިޓުންނެވެ.
މީގެ އިތުރުން ޕްރޮސިކިއުޓަރުންނަށް ޚާއްޞަ ދިވެހި ބަހުގެ ސެޝަނެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.
"ޕްރޮސްކޮން 2024" ގައި މި އޮފީހުގެ 80 ޕްރޮސިކިއުޓަރުން ބައިވެރިވެފައިވެއެވެ.
ޔުނިސެފްގެ އެހީތެރިކަމާއެކު، ޕްރޮސިކިއުޓަރުންގެ ކޮންފަރެންސް އަދި ރިޓްރީޓްއެއްގެ ގޮތުގައި ކުރިއަށްގެންދާ މި މަހާސިންތާ މި ގޮތަށް ކުރިއަށްގެންދިޔަ މިއީ ދެވަނަ ފަހަރެވެ.