-
05 ޖުލައި 2024
މި އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ - ނިޔާވެހިގެ 2 ވަނަ ޢަދަދު ނެރުން
ވިކްޓިމް ސަޕޯޓްގެ ދާއިރާގައި މަސައްކަތްކުރާ ސޯޝަލް ވަރކަރުންނާއި ޕްރޮސިކިއުޓަރުންނާއި ފުލުހުންނާއި ފަނޑިޔާރުންނާއި އަދި ކިޔަވާ ކުދިންނަށް އަަމާޒުކޮށްގެން މިއޮފީހުން މަހަކު އެއްފަހަރު ނެރޭ، މިއޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" ގެ ދެވަނަ ޢަދަދު ނެރެފީމެވެ.
މިޢަދަދުގައި، ހެކިންގެ ހެކިބަށް ނަގައި ނިމުނަސް، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙުތިމާލު ދެމިއޮތްކަމާށް ބަލަންޖެހޭކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމެވުމެއްގެ ތަފްޞީލާއި، ދައުވާލިބޭ މީހާއާ ވަކި ގެއެއްގައި އަނިޔާ ލިބޭ މީހާ ދިރިއުޅުމަކީ އޭނާގެ ސަލާމަތަށް ނުރައްކާ ނެތް ސަބަބެއްކަމަށް ބަލައިގެން ނުވާނެކަމަށް ބުނާ ސުޕްރީމް ކޯޓުގެ ނިންމުމެއެްގެ ވާހަކަ ތަފްޞީލުކޮށްފައިވާނެއެވެ.
މީގެ އިތުރުން، ކުޑަކުދިންނާ ދެކޮޅަށް ހިންގޭ ކުށަކާ ގުޅިގެން ހެކިބަސް ދިނުމަށް ޢުޛުރުވެރިނުވެވޭނެކަމަށް އޮތް ހެއްކާބެހޭ ޤާނޫނުގެ 56 ވަނަ މާއްދާގެ ތަފްޞީލާބެހޭ ގޮތުންވެސް ލިޔެފައިވާނެއެވެ.
ނިޔާވެހި އަކީ ސަބްސްކްރައިބްކޮށްގެން ކިޔޭގޮތަށް ފަރުމާ ކުރެވިފައިވާ ނިއުސްލެޓަރއެކެވެ. ސަބްސްކްރައިބްކުރެއްވުމުން، މިއޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ނިޔާވެހި ގެ ހުރިހާ ޢަދަދުތަކެއް ފެނިވަޑައިގަންނަވާނެއެވެ.