• 30 ނޮވެންބަރު 2023

    ނ. މަނަދޫގައި ނައީމާ މޫސާ މަރާލި މައްސަލަ

    6 އެޕްރީލް 2023 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ނ. މަނަދޫ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ މަރާލި މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 30 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    ނ.މަނަދޫ، ފެހިވިލާގެ، އަޚުޒަމް ޢަބްދުއްޝަކޫރާއި، ނ.މަނަދޫ، ފިނިފެންމާގެ، ޢަބްދުލްވާޙިދު ރިފާސްއާއި، ނ.މަނަދޫ، ވިނަރެސް، ޙަސަން ފަވާޛުގެ މައްޗަށް:

    1. ޤާނޫނު ނަންބަރު: 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ.

    އަދަބު: މަރުގެ އަދަބު

    2. ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ.

    އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހާއި، 4 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުގައި ބަންދުކުރުން

    3. ޤާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 623 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ.

    އަދަބު: 2 މަހާއި 12 ދުވަހާއި، 6 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލުގައި ބަންދުކުރުން