ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017 އާ ގުޅުވައިގެން، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމްކުރައްވައި، ކޯޓުތަކާއި، ގުޅުންހުރި މުއައްސަސާތަކަށް އަމާޒުކުރައްވައިގެން، ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ކުރިއަށްގެންދެވި 'ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗައިލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް' ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބައިވެރިވެއްޖެއެވެ. ތިންދުވަހުގެ މުއްދަތަށް މިހިނގާ ސެޕްޓެންބަރު 15 އިން 17 އަށް ކުރިއަށްދިޔަ މި ސިމްޕޯޒިމްގައި ގުޅުންހުރި އެކިއެކި މުއައްސަސާތަކުން އެކި މައުޟޫޢަށް ކަރުދާސް ހުށަހަޅައި، މަޝްވަރާތައް ކުރިއަށްގެންގޮސްފައިވެއެވެ. މިގޮތުން މި ސިމްޕޯޒިއަމްގެ ދެވަނަ ދުވަހު 'ޗައިލްޑް ރައިޓްސް އެންޑް ޖުވެނައިލް ޖަސްޓިސް އިން މޯލްޑިވްސް – އިންޑިޕެންޑެންޓް އިންސްޓިޓިއުޝަންސް އެންޑް އެގްޒެކެޓިވް އެޖެންސީސް' މިމައުޟޫޢަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަރުދާހެއް ހުށަހެޅިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިކަރުދާސް ހުށަހަޅާދިނީ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ މަރިޔަމް ޠާޢިފާއެވެ. މިކަރުދާހުގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މިއޮފީހަށް ފާހަގަކުރެވިފައިވާ އެކިއެކި ކަންކަމާގުޅޭގޮތުންނާއި، ދިމާވާ އެކި ގޮންޖެހުންތަކާއި، އެކަމަށް މިއޮފީހުގެ ފަރާތުން ހުށަހަޅާ ހައްލުތަކާމެދު ސިމްޕޯޒިއަމްގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވިފައިވެއެވެ. ސިމްޕޯޒިއަމް ނިންމާލެވިފައިވަނީ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް ހުށަހެޅުނު ކަންކަމުގެ މައްޗަށް އެކުލަވާލެވޭ އެކްޝަން ޕްލޭނުގައި ހިމަނާނެ ކަންކަން ފާހަގަކުރެވިގެންނެވެ.

ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗައިލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމްގައި ބައިވެރިވެއްޖެ
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025
ޕީޖީ އޮފީހުގެ "ބަންދު ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފި
01 ފެބުރުވަރީ 2025
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަންކުރައްވައިފި
18 ސެޕްޓެންބަރު 2024