ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޅ. ގޮފި ހުޅުވައިފި

01 އެޕްރީލް 2017

ޅ. އަތޮޅުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕެއް 2017 އޭޕްރީލް 1 ވަނަ ދުވަހު ހުޅުވައިފިއެވެ. ޅ. އަތޮޅު ނައިފަރުގައި ޤާއިމްކުރެވުނު މިގޮފި ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމެވެ. ކުރީގެ ނޫރާނީ ޕްރީސްކޫލްގެ ޢިމާރާތުގެ ތެރެއިން ބައެއްގައި ޤާއިމްކުރި މިގޮފީގައި ޕްރޮސިކިއުޓަރަކާ އިދާރީ މުވައްޒަފަކު މަސައްކަތްކުރާނެއެވެ. ގޮފި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޅ. އަތޮޅުގެ އަތޮޅު ކައުންސިލުންނާއި، ޅ. ނައިފަރު ރަށު ކައުންސިލާއި، ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓު އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވެއެވެ. ޅ. ގޮފި ހުޅުވުމާއެކު އަތޮޅުތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 8 ވަނަ ގޮފި ޤާއިމުކުރެވުނީއެވެ.