ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ހިންގާ ތަމްރީން ޕްރޮގްރާމްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހދ. ގޮފީގައި މަސައްކަތްކުރާ ޕްރޮސިކިއުޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް 2017 މާރިޗު 22 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ މިތަމްރީން ޕްރޮގްރާމްގައި ހދ. ގޮފީގައި މަސައްކަތްކުރާ 5 ޕްރޮސިކިއުޓަރުން ބައިވެރިވެއެވެ. މިތަމްރީން ޕްރޮގްރާމްގައި ކިޔަވައިދޭނީ އެޓަރނީ ޖެނެރަލްގެ އޮފީހާ ޔޫއެންޑީޕީ އާއި ގުޅިގެން ހިންގި ޓީއޯޓީން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޙަރަކާތްތެރިވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނާއި، އެޕްރޮގްރާމްގެ ދަށުން ޓީއޯޓީންގެ ގޮތުގައި ތަމްރީންވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނެވެ. މިޕްރޮގްރާމް ނިމޭނީ 2017 މާރިޗު 25 ވަނަ ދުވަހުއެވެ.

ހދ. ގޮފީގެ ޕްރޮސިކިއުޓަރުންނަށް އަމާޒުކޮށް ތަމްރީންތައް ފަށައިފި
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025
ޕީޖީ އޮފީހުގެ "ބަންދު ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފި
01 ފެބުރުވަރީ 2025
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަންކުރައްވައިފި
18 ސެޕްޓެންބަރު 2024