ޕްރޮސިކިއުޓަރ ޖެނެރަލް ޔުނާން ޕްރޮވިންސްގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރެޓް އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އާއި ބައްދަލުކުރައްވައިފި

16 ޑިސެންބަރު 2016

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ޔުނާން ޕްރޮވިންސްގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރެޓް އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ގެ ސްޓޭންޑިންގ ކޮމިޓީ، ސެކަންޑް ގްރޭޑް ގްރޭންޑް ޕްރޮސިކިއުޓަރ މރ. ޗެން ލިއަންފު އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ޗައިނާގެ ކުންމިންގ ގައި މިހާރު ކުރިއަށްދާ ޗައިނާ-ސައުތު އޭޝިއާ ލީގަލް ފޯރަމްގެ ހަވާސާގައެވެ.

މިބައްދަލުވުމުގައި ޕްރޮސިކިއުޝަންގެ ދާއިރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމާގުޅޭގޮތުން ދެޤައުމުގެ ދެމެދުގައި ކުރެވިދާނެ ކަންކަމާގުޅޭގޮތުންނާއި ޕްރޮސިކިއުޝަންގެ ދާއިރާއިން މަޢުލޫމާތު ބަދަލުކޮށް ތަރުޖިބާ ޙިއްޞާކުރުމާގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި މިދާއިރާގެ އެއްބާރުލުން ދިނުމާގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގައި ސޮއިކުރުމާގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މިބައްދަލުވުމުގައި އެކަމަނާގެ އަރިހުގައި ޕަރސަނަލް އެސިސްޓަންޓް އަލްފާޟިލް މުޙައްމަދު ޝަމްހީލް ބައިވެރިވެވަޑައިގަތެވެ.