ދަ ސެކަންޑް ޗައިނާ-ސައުތު އޭޝިއާ ލީގަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް 2016 ޑިސެންބަރު 12 ވަނަ ދުވަހު ޗައިނާގެ ކުންމިންގ އަށް ފުރާވަޑައިގެންފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މިދަތުރުފުޅަކީ ޗައިނާގެ ލޯ ސޮސައިޓީގެ ނައިބު ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޗައިނާގެ ލޯ ސޮސައިޓީގެ ފަރާތުން އިންތިޒާމްކުރައްވައި، 2016 ޑިސެންބަރު 14 އިން 16 ގެ ނިޔަލަށް ކުރިއަށްދާ މިފޯރަމުގެ ސެޝަނެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ފޯރަމް އާއި އެކުއެކީގައި ކުރިއަށްގެންދާ ގޮތަށް ޗައިނާގެ ލޯ ސޮސައިޓީ އިން އިންތިޒާމްކުރައްވާފައިވާ 'ފަސްޓް ކޯސް އޮން ޗައިނާ-ސައުތު އޭޝިއާ ލީގަލް ޓްރެއިނިންގ ބޭސް' ޓްރެއިނިންގ ޕްރޮގްރާމްގައި މިއޮފީހުގެ 3 ޕްރޮސިކިއުޓަރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. މިދަތުރުފުޅު ނިންމަވާލައްވައި ޕްރޮސިކިއުޓަރ ޖެނެރަލް އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 17 ވަނަ ދުވަހު އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ޗައިނާއަށް ފުރާވަޑައިގެންފި
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025
ޕީޖީ އޮފީހުގެ "ބަންދު ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފި
01 ފެބުރުވަރީ 2025
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަންކުރައްވައިފި
18 ސެޕްޓެންބަރު 2024