ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު މިއަދު، 2016 އޮކްޓޫބަރު 23 ވަނަ ދުވަހު ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ. ފަހުމްނާމާގައި ސޮއިކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ އެވެ. މިރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ދެއްކެވި ވާހަކަފުޅުގައި، މިފަހުމްނާމާ އަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤްކުރައްވައި، ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާ މައްސަލަތަކުގައި މިހާރަށްވުރެ ފުރިހަމަކޮށް، ދެއިދާރާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތުގެ މައްޗަށް އިޖުރާއަތު ކަނޑައަޅައިދޭ ފަހުމްނާމާއެއްކަން ފާހަގަކުރައްވައި، ކުރިއަށްއޮތްތަނުގައި ދެއިދާރާގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރެވި ފުރިހަމަވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމްނާމާއެއްގައި ސޮއިކޮށްފި
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025
ޕީޖީ އޮފީހުގެ "ބަންދު ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފި
01 ފެބުރުވަރީ 2025
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަންކުރައްވައިފި
18 ސެޕްޓެންބަރު 2024