އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީއާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި

11 އޮކްޓޫބަރު 2016

އިންޓަރ ޕާލިމަންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރުންނާ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބައެއް މެންބަރުންނާ ދެކޮޅަށް ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން ކޮމިޓީގެ ބޭފުޅުން މަޢުލޫމާތުތައް އޮޅުންފިލުއްވިއެވެ.

މިއަދު ހެނދުނު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ބޭއްވުނު މިބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޓީގެ ޕްރެޒިޑެންޓް އޭ.ބީ.އެމް ފަޒްލީ ކަރީމް ޗައުދަރީއާއި، އެ ކޮމިޓީގެ އިތުރު 2 މެންބަރުން ބައިވެރިވެވަޑައިގަތެވެ.