ގއ އަދި ގދ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ އިންވެސްޓިގޭޓިންގ އޮފިސަރުންނަށް ސެޝަނެއް ނަގައިދީފި

23 އޮގަސްޓް 2016

ގއ އަދި ގދ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓު ޔުނިޓުގެ ފަރާތުން ސެޝަނެއް ނަގައިދީފިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 21 އަދި 22 ވަނަ ދުވަހު ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައެވެ.

މި ސެޝަންގައި އަލިއަޅުވައިލެވުނީ ޗައިލްޑް ސެންޓަރޑް އިންޓަރވިއުއިންގ ޓެކްނީކްސް މިހާރަށް ވުރެން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދާނެ ގޮތްތަކަށެވެ. މީގެ އިތުރުން މި އޮފީހަށް ހުށަހެޅޭ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކުގައި ތަހުޤީޤް މަރުޙަލާގައި އިތުރަށް ފުރިހަމަ ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލެވުނެވެ.

މިސެޝަން ނަންގަވައިދެއްވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓުގެ ޑިރެކްޓަރ އަލްފާޟިލާ ސިޔާނަތު ހާޝިމެވެ.