އިޓަލީގެ ސިރަކޫސް ގައި މިހިނގާ ޖުލައި މަހުގެ 4 އިން 15 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 'އިންޓަރނޭޝަނަލް ކްރިމިނަލް ލޯ އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އިން ޕީނަލް މެޓަރސް' ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މިމަހުގެ 2 ވަނަ ދުވަހު އިޓަލީ އަށް ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ޕްރޮސިކިއުޓަރ ޖެނެރަލާއެކު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ މަރްޔަމް ނިހާޔަތު ބައިވެރިވެވަޑައިގަންނަވައެވެ. ދަތުރުފުޅު ނިންމަވާލައްވައި، ޕްރޮސިކިއުޓަރ ޖެނެރަލް އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 16 ވަނަ ދުވަހު އެވެ. މިމުއްދަތުގައި އޮފީސް ހިންގުމާ ޙަވާލުވެވަޑައިގެން ހުންނަވާނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދު ސަލީމެވެ.

ރަސްމީ ދަތުރުފުޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އިޓަލީއަށް ފުރާވަޑައިގެންފި
އިތުރު ޚަބަރުތައް

ޖުޑީޝަރީއާއެކު ބަންދު ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި
14 ފެބުރުވަރީ 2025
ޕީޖީ އޮފީހުގެ "ބަންދު ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފި
01 ފެބުރުވަރީ 2025
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަންކުރައްވައިފި
18 ސެޕްޓެންބަރު 2024